Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސްކީލާން ޑޮކިއުމެންޓަރީ

ބައްޕާފުޅުގެ ތަރިކަ މުދަލުގެ ބައިކުޅަބައި އެއްކޮށް އެމަނިކުފާނަށް ދޮން މަންމަ ދޫކޮށްލި: ރައީސް މުއިއްޒު

ރައީސް ވިދާޅުވީ ބައްޕާފުޅުގެ ހުވަފަތް އަނބިކަނބަލެއްގެ ގޮތުން މާލެއިން ލިބިވަޑައިގަންނަވާ ބައްޕާފުޅުގެ ތަރިކަ މުދަލުގެ ބައިކުޅަބައި އެއްކޮށް އެމަނިކުފާނަށް ދޫކޮށްލި ކަމަށް ދޮންމަންމަ ބުނެފައިވާ ކަމަށް

މަރްޔަމް ޝާނާ
މަރްޔަމް ޝާނާ, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2024 | ބުދަ 09:04
ރައީސް މުއިއްޒު މާލެ ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސް މުއިއްޒު މާލެ ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވަނީ އެމަނިކުފާނުގެ ދޮންމަންމަ އާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. މި ވާހަކަތަކަކީ ސިޔާސީ ވިސްނުމެއްގައި އެމަނިކުފާނުގެ އަގުވައްޓާލުމަށް ދައްކާ ވާހަކަތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަރވިއުއެއްގައި މިހެން ރައީސް ވިދާޅުވިއިރު، ރައީސް މުއިއްޒުގެ ދޮންމަންމަ، ސްރީލަންކާގެ ރައްޔިތެއް ކަމުގައިވާ ޖީ ސްކީލާން ރާއްޖޭން ޑީޕޯޓު ކޮށްލުމާއި އޭނާ އާ މެދު ޑރ. މުއިއްޒު ކަންތައް ކުރެއްވީ އިހާނެތިކޮށް ކަމަށް ބުނެ އޭނާގެ އަމިއްލަ ތަޖުރިބާ ތަކުގެ މައްޗަށް ތައްޔާރު ކުރި ޑޮކިއުމެންޓްރީ އަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ތަހުގީގީ ދާއިރާ އިން ދޭ އެވޯޑު ލިބުނު މައްސަލަ ގޯސްވެ ސަރުކާރުން އަންގައިގެން އޭސީސީން މީޑިއާ ކައުންސިލަށް ވަދެ، އެ ޑޮކިއުމެންޓަރީ އަށް އެވޯޑު ލިބިފައިވަނީ އިންސާފުން ނޫން ކަމަށް ތުހުމަތުކޮށް ވަނީ ތަހުގީގެއް ފަށާފައެވެ.

Advertisement - newsAdvertisement

މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ދޮންމަންމަ އަށް ބައްޕާފުޅުގެ ވާރުތަ މުދަލުން އެއްވެސް އެއްޗެއް ނުދޭ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމުގައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި މީހެއްގެ ޒާތީ ވާހަކަތައް ދައްކާ ބޭފުޅެއް ނޫން ކަމަށާއި، ޚާއްޞަކޮށް ޢާއިލީ ޒާތީ ކަންކަމުގެ ތަފްސީލު ވާހަކަތައް ހިއްސާކުރަން ވަރަށް ދަތިކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ބައްޕާފުޅު އަވަހާރަވުމުން ތަރިކަ ބެހުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އެކަން އޮންނަ އުސޫލުން ކޯޓު މަރުހަލާއިންނެވެ.

ބައްޕާފުޅުގެ ސްރީލަންކާގައި އޮތް ތިން ބިމާއި، އެ ބިންތަކުގައި ޢިމާރާތްކޮށްފައިވާ ޢިމާރާތްތަކާއި ވިޔަފާރިތަކާއި، ލަންކާގައި ބައްޕާފުޅުގެ އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ހިމެނޭ ގޮތަށް ހުރިހާ އެއްޗެއް ދޮންމަންމަ އަށް ހިލޭ، އެއްވެސް ބަދަލަކާ ނުލައި ދީފައިވާނެ ކަމަށެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ ބައްޕާފުޅުގެ ހުވަފަތް އަނބިކަނބަލެއްގެ ގޮތުން މާލެއިން ލިބިވަޑައިގަންނަވާ ބައްޕާފުޅުގެ ތަރިކަ މުދަލުގެ ބައިކުޅަބައި އެއްކޮށް އެމަނިކުފާނަށް ދޫކޮށްލި ކަމަށް ދޮންމަންމަ ބުނެފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މިކަން އޮޅުވާލައި ދައްކާ ވާހަކަތަކަކީ ސިޔާސީ ބޭނުމެއްގައި އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވާ ދޮގު ވާހަކަތަކެއް ކަމަށާއި، މިއާ ޚިލާފަށް އެމަނިކުފާނު ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ރައީސް މުއިއްޒުގެ ދޮންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓްރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދެއްކި މައްސަލަ ހޫނުވެ، ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ޚިލާފު އަދިނޫސްވެރި ކަމުގެ މިންގަނޑުތަކާ ޚިލާފު ވީޑިއޯއެއް މޯލްޑިވްސް މީޑިއާ ކައުންސިލުން "ގަސްދުގައި" ދެއްކި ކަމަށް ބުނެ ޕީއެސްއެމް އިން ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަހްމަދު މުސްތަފާ ޕީއެސްއެމް ގައި އަދާކުރައްވަމުން ގެންދަވާ ވަޒީފާއިން އެތާނގެ ބޯޑުން ނިންމައިގެން ކުއްލި ގޮތަކަށް ވަކި ކުރުމަށް ފަހު އަލުން ވަޒީފާ ވަނީ އިއާދަކޮށްފައިވެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފައިވަނީ އެ ޑޮކިއުމެންޓަރީ އަށް އެވޯޑް ލިބިފައިވަނީ، ފަނޑިޔާރުންގެ ޕެނެލުން ދިން މާކްސް އިން އެވޯޑް ލިބޭ މިންވަރަށް މާކްސް ލިބިގެން އިންސާފުވެރި ކަމާއެކު ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޫރިޒަމް މިނިސްޓްރީގެ ހަރުމުދަލުގެ އަގުގެ ސައްހަކަން ކަށަވަރެއް ނުވޭ: އޮޑިޓަރ ޖެނެރަލް

ޓޫރިޒަމް މިނިސްޓްރީގެ ހަރުމުދަލުގެ އަގުގެ ސައްހަކަން ކަށަވަރެއް ނުވޭ: އޮޑިޓަރ ޖެނެރަލް

31 މެއި 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެއް ލައްކަ ރުފިޔާ ފަރަގު އެބަހުރި: އޮޑިޓް ރިޕޯޓް

ބްރޮޑްކާސްޓިން ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެއް ލައްކަ ރުފިޔާ ފަރަގު އެބަހުރި: އޮޑިޓް ރިޕޯޓް

30 މެއި 2017
މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު

މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު

16 މެއި 2017
ޒައިދަށް ތިން ދައުވާއެއްކޮށް އަންގާރަ ދުވަހު ޝަރީއަތް ފަށަނީ

ޒައިދަށް ތިން ދައުވާއެއްކޮށް އަންގާރަ ދުވަހު ޝަރީއަތް ފަށަނީ

24 އެޕްރީލު 2017
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

20 މާރިޗު 2017

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު