Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ރިޔާސީ އިންތިޚާބު

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިކަން ޓްރަމްޕް އިއުލާން ކުރައްވައިފި

6 ނޮވެމްބަރު 2024 | ބުދަ 08:03

ރައީސްކަން ކާމިޔާބުކުރުމަށް ކެންޑިޑޭޓަކަށް މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ބޭނުންވާއިރު، ރާއްޖޭ ގަޑިން މެންދުރުވީ އިރު ޓްރަމްޕް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ބޭނުންވަނީ އެންމެ 3 އިލެކްޓޯރަލް ވޯޓެވެ.

ރައީސްކަން ކާމިޔާބުކުރުމަށް ކެންޑިޑޭޓަކަށް މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ބޭނުންވާއިރު، ރާއްޖޭ ގަޑިން މެންދުރުވީ އިރު ޓްރަމްޕް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ބޭނުންވަނީ އެންމެ 3 އިލެކްޓޯރަލް ވ

ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2024 | ބުދަ 08:03
ފްލޮރިޑާގެ ވެސްޓް ޕާމްބީޗްގައި ބުދަ ދުވަހު ހެނދުނު ސަޕޯޓަރުންނާ ބައްދަލުކުރައްވާ އިންތިޚާބު ކާމިޔާބު ކުރެއްވީ އެމަނިކުފާނު ކަން ވަނީ އިއުލާން ކުރައްވާފައި

ފްލޮރިޑާގެ ވެސްޓް ޕާމްބީޗްގައި ބުދަ ދުވަހު ހެނދުނު ސަޕޯޓަރުންނާ ބައްދަލުކުރައްވާ އިންތިޚާބު ކާމިޔާބު ކުރެއްވީ އެމަނިކުފާނު ކަން ވަނީ އިއުލާން ކުރައްވާފައި

ފޮކްސް ނިއުސްގެ ޕްރޮޖެކްޝަންތަކުން ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަމްޕް 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯއްދަވައިފި ކަމަށް ކަމަށް ބުނުމާއެކު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިކަން ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.

ހަތަރު އަހަރު ފަހުން ޓްރަމްޕް ވައިޓް ހައުސް އަށް އެނބުރި ވަޑައިގަތުމަށް ވާދަ ކުރެއްވި މި ރޭހުގައި، އެހެން މީޑިއާ ރިޕޯޓުތަކުގައިވެސް ވަނީ އޭނާ ކުރި ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

"އެމެރިކާއިން އަޅުގަނޑުމެންނަށް މި ދިނީ މިހާތަނަށް ދުވަހަކުވެސް ނުދޭފަދަ ބާރުގަދަ މެންޑޭޓެއް،" ބުދަ ދުވަހުގެ ހެނދުނު ޕާމް ބީޗް ކައުންޓީ ކޮންވެންޝަން ސެންޓަރުގައި އެއްވެފައިވާ ސަޕޯޓަރުންގެ ކުރިމަތީގައި އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ މަޝްހޫރު އެހެން މީޑިއާ ތަކުން ޓްރަމްޕަށް ރިޔާސީ ރޭސް ކާމިޔާބުވެއްޖެ ކަމަށް ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް އެޑިސަން ރިސާރޗްގެ މަޢުލޫމާތުތަކުން ދައްކާގޮތުގައި "ބެޓްލްގްރައުންޑް ސްޓޭޓް" ތަކުގެ ތެރެއިން ޕެންސިލްވޭނިއާ، ނޯތު ކެރޮލައިނާ އަދި ޖޯޖިއާ ޓްރަމްޕް ކާމިޔާބު ކުރައްވާފައި ވުމާއެކު އަދި އަނެއް ހަތަރު ސްޓޭޓުގައި ޓްރަޕް ކުރީގައި އުޅުއްވާތީ ޓްރަމްޕް އަށް އިންތިޚާބު ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކޮށްފައިވެއެވެ.

އަނެއްކޮޅުން އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ލަފާކުރާ ގޮތުގައި އެމެރިކާގެ ސެނެޓުގެ ކޮންޓްރޯލް ރިޕަބްލިކަން ޕާޓީން ހޯދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ނޮވެމްބަރު 5 ގެ އިންތިޚާބުގައި އެމެރިކާގައި ވޯޓުލުން ކުރިއަށް ދިޔައީ އާންމު ގޮތެއްގައި އޮމާންކަމާއެކު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރައީސްކަން ކާމިޔާބުކުރުމަށް ކެންޑިޑޭޓަކަށް މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ބޭނުންވާއިރު، ރާއްޖޭ ގަޑިން މެންދުރުވީ އިރު ޓްރަމްޕް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ބޭނުންވަނީ އެންމެ 3 އިލެކްޓޯރަލް ވޯޓެވެ.

އިންތިޚާބުގެ ދުވަހަށް ޓްރަމްޕް ނުކުންނެވީ ވައިޓް ހައުސް އަނބުރާ ހޯއްދެވުމުގެ 50-50 ފުރުސަތެއްގައި ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޓްރަމްޕް ވަނީ އޭނާ އަށް ތާއިދު ކުރާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

"މި އާދަޔާ ޚިލާފް ސިޔާސީ ހަރަކާތުގައި އަޅުގަނޑުމެންގެ އެތައް ހާސް ރަހުމަތްތެރިން ޝާމިލުވޭ،" ޓްރަމްޕް ވިދާޅުވިއެވެ. "މިއީ މީގެ ކުރިން އެއްވެސް މީހަކު ދެކިފައިނުވާ ފަދަ މޫވްމަންޓެއް، އަދި ތެދުތެދަށް ދަންނަވަންޏާ، މިއީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ތާރީޚުގައި އެންމެ މަތިވެރި ސިޔާސީ މޫވްމަންޓް."

"އަޅުގަނޑުމެންގެ ޤައުމު ހަމަ މަގަށް އެޅުވުމަށް އެހީތެރިވާނަން. އަޅުގަނޑުމެންގެ ޤައުމު ރަނގަޅު ކުރުމަށް އެހީތެރިވާނަން،" އާންމު ގޮތެއްގައި ބައިބައިވުން އުފެދޭ ގޮތައް ބަސްމަގު ބަހައްޓަވާކަން ފާހަގަ ކުރެވޭ ޓްރަމްޕްގެ ރާގު ބަދަލު ކުރައްވާ ގައުމީ އެއްބައިވަންތަ ކަމުގެ ރޫހުގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދަރިންނަށާއި އަދި އެންމެންނަށް ޙައްޤުވާ ވަރުގަދަ، ރައްކާތެރި އަދި ކުރިއަރާފައިވާ އެމެރިކާއެއް ގެނެސްދިނުމަށް ޓަކައި އަޅުގަނޑުމެން ހުއްޓުމެއްނެތި މަސައްކަތްކުރާނަން،" އޭނާ ވިދާޅުވިއެވެ. "މިއީ ޙަޤީޤަތުގައިވެސް އެމެރިކާގެ ރަން ޒަމާން ކަމުގައި ވާނެ."

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އަދިވެސް ގުނަން ޖެހޭ އެތައް ލައްކަ ވޯޓު ހުރި އިރު އަދި ރަސްމީ ނަތީޖާ އިއުލާނު ކުރަން ދެތިން ދުވަސް ނަގާނެ ކަމަށް ބެލެވޭއިރު، ދުނިޔޭގެ ގައުމުތަކުގެ ވެރިން ގެންދަވަނީ ޓްރަމްޕަށް މަރުހަބާ ވިދާޅުވަމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ޔޫކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވަނީ އިންތިޚާބުން ހޯއްދެވި ކާމިޔާބީ އަށް ޓްރަމްޕް އަށް މަރުހަބާ ވިދާޅުވެފައެވެ.                

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް