Advertisement
ކ. މާލެ
|
13 އޯގަސްޓް 2025 | ބުދަ 23:45
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން - 13 އޮގަސްޓް 2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން - 13 އޮގަސްޓް 2025
ރައީސް އޮފީސް
ބ. ދަރަވަންދޫ
ދަރަވަންދޫ ގައި ކުރަން ހުރި ކަންކަން ކައުންސިލުން ބަންޑުން ކޮށްލައިފި، ރައީސް ވިދާޅުވީ ބައްލަވާނެ ކަމަށް
ރަށުގެ ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފްލެޓް އެޅުމަށް ކައުންސިލުން ހުށަހަޅައިފި
ދަރަވަންދޫ އެއަރޕޯޓަށް 12 އަހަރު ދުވަހު އެއްވެސް ސަރުކާރަކުން އަޅާނުލާ ކަމަށް ކައުންސިލުން ރައީސް މުއިއްޒު އަށް ދަންނަވައިފި
ރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް ގާއިމްކުރުމާއި، ޑޮލަރު އޭޓީއެމްއެއް ގާއިމު ކުރުމަށް ކައުންސިލުން އެދިފައިވޭ

ދަރަވަންދޫ އެއަރޕޯޓަށް މި ވޭތުވެދިޔަ 12 އަހަރު ދުވަހު އެއްވެސް ސަރުކާރަކުން އަޅާނުލާ ކަމަށާއި އެއަރޕޯޓުގެ ހާލަތު ދަށްވަމުންދާތީ މި މައްސަލައަށް ހައްލެއް ހޯދައި ދިނުމަަށް ދަރަވަންދޫ ކައުންސިލުން ރައީސް މުއިއްޒު އަށް ދަންނަވައިފިއެވެ.

ރައީސް މުޙައްމަދު މުޢިއްޒު، ބ. ދަރަވަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ އެކު ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ދަރަވަންދޫ ގައި ރަނގަޅު ކުރަން ހުރި ގިނަ ކަންތައްތަކެއް ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

ދަރަވަންދޫ ކައުންސިލް އިދާރާގައި އޮތް މި ބައްދަލުވުމުގައި އެރަށުގައި ޑޮލަރު އޭ.ޓީ.އެމް. އެއް ގާއިމުކޮށްދެއްވުމަށާއި ހަނިފަރު ބަލަހައްޓާ ތަނެއްގެ ގޮތުގައި، ދަރަވަންދޫގައި ބަޔޮސްފިޔަރ ރިޒަރވް އޮފީހެއް ގާއިމު ކޮށްދިނުމަށް ކައުންސިލުން އެދިފައިވެއެވެ. މީގެ އިތުރުން ރަށުގެ ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، ރަށުގައި ފްލެޓް އަޅުއްވައި ދެއްވުމަށާއި ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ވެސް އެކަމަށް ސަރަހައްދެއް އެކަށައަޅާފައި ވާނެކަން ކައުންސިލްގެ ފަރާތުން ފާހަގަކުރިއެވެ. ދަރަވަންދޫގެ ގޮނޑުދޮށުން ގިރަމުންދާ ސަރަހައްދުގައި ޖިއޯބޭގް ޖަހައި ދިނުމަށާއި، މޫދަށް އެރެވޭނެ ސަރަހައްދެއް ގާއިމު ކޮށްދިނުމަށް ކައުންސިލްގެ ފަރާތުން އެދިފައިވެއެވެ.މިބައްދަލުވުމުގައި، ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށާއި، 30 އެނދުގެ ހޮސްޕިޓަލެއް، ސްކޭން ކުރުން ފަދަ ޚިދުމަތްތަކާ އެކުގައި ގާއިމު ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރިއެވެ.

މީގެ އިތުރުން ކައުންސިލް އިދާރާގައި ޖާގައިގެ ދަތިކަން އޮތް ކަމަށާއި، ދަރަވަންދޫ ކައިރީގައި ޑައިވް ކުރުމުގެ ގިނަ ހަރަކާތްތަކެއް ހިނގަމުން ދާކަން ފާހަގަކޮށް، ރަށުގައި އިކޯ ސެންޓަރެއް ގާއިމު ކުރުމުގެ މުހިންމު ކަމުގެ އިތުރުން ރަށުގައި ކޮންވެންޝަން ސެންޓަރެއް އަޅައި ދިނުމަށް ކައުންސިލްގެ ފަރާތުން އެދިފައިވެއެވެ. މީގެ އިތުރުން ރަށު ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުމާއި ރަށުގެ މަގުތައް ތަރައްގީ ކުރުމުގެ ބޭނުން ކައުންސިލުން ފާހަގަ ކުރިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެ ކަމުގައި ވިދާޅުވެފައެވެ.

- ކޮމެންޓް