Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއޯލެވެލް ގަދަ-10ގެ ޖަލްސާ

އޮކްޓޯބަރު މަހު ބާއްވަން އިއުލާންކުރި އޯލެވެލް ގަދަ-10ގެ ޖަލްސާ ވާނުވާގައި، މިނިސްޓަރުގެ ބަހެއް ނެތް!

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ 12 ސެޕްޓެމްބަރު 2024 ގައި ބޭއްވި އޭލެވެލް ޓޮޕް 10 ޖަލްސާގައި އޯލެވެލްއިން 1 ވަނަ ލިބުނު ދަރިވަރުންނަށް އިނާމު ދީފައެވެ. އެކަން ބައެއް ބެލެނިވެރިން ރާއްޖެއެމްވީއަށް ވަނީ ކަށަވަރު ވެސް ކޮށްދީފައެވެ. އެދުވަސްވަރު މިމައްސަލަ ބޮޑުވުމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވަނީ މިކަން ދޮގު ކުރައްވާފައެވެ. އަދި އޭރު ވިދާޅުވީ އޭލެވެލް އަދި އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބާއްވާ ޓޮޕް-10 ޖަލްސާއާ ގުޅޭގޮތުން ރަނގަޅު ނޫން މައުލޫމާތު ނުފެތުރުމަށެވެ.

އަމްނާ އިމާދު
އަމްނާ އިމާދު | 29 ނޮވެމްބަރު 2024 | ހުކުރު 11:54
އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު

އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު

ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ އެއް ޖަލްސާއަކީ އޯލެވެލް ނިންމައި ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް ބާއްވާ ޚާއްސަ ޖަލްސާއެވެ. އެޖަލްސާއަށް ބެލެނިވެރިންނާއި، ދަރިވަރުންނަށް ވަރަށް އުފަލާއެކު ވަރަށް ކުރީ ބައިގައި ތައްޔާރުވެއެވެ. ނަމަވެސް މިއަހަރުގެ މިޖަލްސާ ސަރުކާރުން މިވަނީ އޮޅުވާލާފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ 12 ސެޕްޓެމްބަރު 2024 ގައި ބޭއްވި އޭލެވެލް ޓޮޕް 10 ޖަލްސާގައި އޯލެވެލްއިން 1 ވަނަ ލިބުނު ދަރިވަރުންނަށް އިނާމު ދީފައެވެ. އެކަން ބައެއް ބެލެނިވެރިން ރާއްޖެއެމްވީއަށް ވަނީ ކަށަވަރު ވެސް ކޮށްދީފައެވެ. އެދުވަސްވަރު މިމައްސަލަ ބޮޑުވުމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވަނީ މިކަން ދޮގު ކުރައްވާފައެވެ. އަދި އޭރު ވިދާޅުވީ އޭލެވެލް އަދި އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބާއްވާ ޓޮޕް-10 ޖަލްސާއާ ގުޅޭގޮތުން ރަނގަޅު ނޫން މައުލޫމާތު ނުފެތުރުމަށެވެ.

ޖީސީއޯ އޯލެވެލް އިމްހާނުތަކުން އެކިއެކި ވަނަތައް ހާސިލް ކުރި ދަރިވަރުންގެ ކާމިޔާބީތައް ފާހަގަނުކުރާނެ ވާހަކަތަކަށް ވެސް މިނިސްޓަރު ޝަފީއު ވަނީ ރައްދު ދެއްވާފައެވެ. މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަފީއު ވިދާޅުވެފައިވަނީ އޯ ލެވެލް ނިންމާ ގަދަ 10 އަކަށް ދިޔަ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ޖަލްސާ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ޝަފީއު ވަނީ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ރަނގަޅު ޕޮލިސީއެއް އެކުލަވާލެވިފައިވާކަން ވެސް އިއުލާން ކުރައްވާފައެވެ. އަދި އެ ޕޮލިސީގައި އޮތް ގޮތަށް ތުނޑުންތުނޑަށް ދަރިވަރުންގެ ކާމިޔާބީތައް ފާހަގަކުރާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ. އަދި ވިދާޅުވީ އޮކްޓޯބަރު މަހުގެ އިމްހާނު ނިމި ކިޔަވަން ފެށުމުން، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ޓީޗަރުންނާއި މަޝްވަރާކޮށް ރަނގަޅު ދުވަހެއް އެކަމަށް ކަނޑައެޅޭނެ ކަމަށެވެ.

ނަމަވެސް އޮކްޓޫބަރު މަސް ނިމި، މިއަހަރު ނިމެންދާއިރު، މި ޖަލްސާ މަތިން ހަނދުމަ ހުރި އެއްވެސް ބޭފުޅަކު ސަރުކާރުގައި ނެތް ކަހަލައެވެ. މި މައްސަލައާ ގުޅޭގޮތުން މިނިސްޓަރު ޝަފީއުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. ރާއްޖެއެމްވީން ގުޅައި، މެސެޖް ކުރި ނަމަވެސް އެއްވެސް ރެސްޕޮންސެއް ދީފައެއް ނުވެއެވެ.

ނަމަވެސް މިއަދު ވެސް ބެލެނިވެރިންނާއި ދަރިވަރުން ތިބީ ޖަލްސާ ބާއްވާނެތޯ ނުބާއްވާނެތޯ މިސުވާލުގެ މަތީގައެވެ. އެހެންކަމުން މި ސުވާލަށް އެޑިޔުކޭޝަން މިނިސްޓްރީން ޖަވާބު ދޭން އެބަ ޖެހެއެވެ. އޭލަވަލްގެ ޓޮޕް-10 ޖަލްސާގައި އޯލެވެލްގެ ވެސް އެއްވަނަ އަށް ދިޔަ ދަރިވަރުންނަށް އިނާމު ދީފައިވާތީ ދެން އިތުރު ޖަލްސާއެއް ނުބާއްވާނެ ކަމަށް ބައެއް ބެލެނިވެރިން ތުންތުން މަތިން ކިޔަމުން ދިޔަ ނަމަވެސް ސަރުކާރުން މިކަން ހާމަކުރަން ޖެހެއެވެ. ރައްޔިތުންނަށް ދޮގުހަދައި އޮޅުވާލުމަކުން ފައިދާއެއް ނެތެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2019

ރުއްގަސް ކަނޑަން މަޖުބޫރު ކުރުވާ މަހުޖަނުންގެ ނަން އާއްމު ނުކުރޭތަ؟

07 ޖެނުއަރީ 2019
ރުއްގަސް ކަނޑަން މަޖުބޫރު ކުރުވާ މަހުޖަނުންގެ ނަން އާއްމު ނުކުރޭތަ؟
27 ޑިސެމްބަރު 2018

ފުޓުބޯޅަ ސީޒަން ޖޫން މަހު ފަށަނީ ކުޅުންތެރިން ހާލުގައި ޖައްސަން؟

27 ޑިސެމްބަރު 2018
ފުޓުބޯޅަ ސީޒަން ޖޫން މަހު ފަށަނީ ކުޅުންތެރިން ހާލުގައި ޖައްސަން؟
22 ޑިސެމްބަރު 2018

މިނިސްޓަރު މަހުލޫފް އާއި ބައްސާމް ބޮޑު ކޯޅުމަކަށް؟

22 ޑިސެމްބަރު 2018
މިނިސްޓަރު މަހުލޫފް އާއި ބައްސާމް ބޮޑު ކޯޅުމަކަށް؟
30 މާރިޗު 2018

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

30 މާރިޗު 2018
ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
31 ޑިސެމްބަރު 2017

ފާރިސްއާއި މަހުލޫފް: ސިޔާސީ މައިދާނުގައި އަލިގަދަ ދެ ތަރިން

31 ޑިސެމްބަރު 2017
ފާރިސްއާއި މަހުލޫފް: ސިޔާސީ މައިދާނުގައި އަލިގަދަ ދެ ތަރިން
10 ސެޕްޓެމްބަރު 2017

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ
05 ސެޕްޓެމްބަރު 2017

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!
25 ޖޫން 2017

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!
25 މެއި 2017

ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން

25 މެއި 2017
ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން
29 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ދީލަތި 10 މަހުޖަނުން

29 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ދީލަތި 10 މަހުޖަނުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު