Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންސްޕާ

ކުއްލިއަކަށް އެންސްޕާ އަށް ގިނަ އަދަދަކަށް އެސިސްޓެންޓް ޑިރެކްޓަރުން ބޭނުންވެއްޖެ

މިހާރު އިއުލާނު ކޮށްފައިވާ 8 އެސިސްޓެންޓް ޑިރެކްޓަރުންނަށް ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން އަހަރެއްގެ މައްޗަށް ހޭދަވާނެ.

ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2024 | ހުކުރު 10:19
އެންސްޕާގެ ސީއީއޯ އަދި ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު

އެންސްޕާގެ ސީއީއޯ އަދި ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށް ގިނަ އަދަދެއްގެ އެސިސްޓެންޓް ޑިރެކްޓަރުން ހޯދަން އިއުލާނު ކޮށްފައެވެ.

މިގޮތުން ސަރުކާރުގެ ގެޒެޓުގައި އެސިސްޓެންޓް ޑިރެކްޓަރގެ މަގާމަށް 8 މީހުން ހޯދަން އިއުލާނު ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

މިހާރު އިއުލާނު ކޮށްފައިވާ ބައެއް މަގާމު ތަކުގެ ސުންގަޑި ޑިސެމްބަރު 3ށް ހަމަވާއިރު އަނެއް ބައި މަގާމުތަކުގެ ސުންގަޑި ހަމަވަނީ ޑިސެމްބަރު 5 ވަނަ ދުވަހަށެވެ.

އޭގެ އިތުރުން އެސިސްޓެންޓް ޕޮލިސީ އޮފިސަރ ޕްރޮކިއުމެންޓް އޮފިސަރ، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމަށް މީހުން ހޯދަން ވެސް ދާދި ފަހުން ވަނީ އިއުލާނު ކޮށްފައެވެ.

އެސިސްޓެންޓް ޑިރެކްޓަރ އެއްގެ އަސާސީ މުސާރަކީ 7035 ރުފިޔާ އެވެ. އަދި ސާވިސް އެލަވަންސް ގެ ގޮތުގައި 2000ރުފިޔާ ކަނޑައަޅާފައިވެއެވެ.

އޭގެ އިތުރުން ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭ ނަމަ، އެ އަދުދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ ކަމަށާއި، މުސާރައާއި ސަރވިސް ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 (މަހަކު 2,462.25 ރުފިޔާ) ލިބޭނެ ކަމަށާއި، ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް 50.00 ރުފިޔާ ލިބޭނެ ކަމަށާއި، ޓެކްނިކަލް ކޯ އެލަވެންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޓެކްނިކަލް ކޯ އެލަވެންސް ގެ ގޮތުގައި މަހަކު 1,969.80 ރުފިޔާ ލިބޭނެ ކަމަށާއި. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި 900.00 ރުފިޔާ ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އަސާސީ މުސާރަ އާއި އެލަވަންސްތައް ހިމަނައިގެން މަހެއްގެ މައްޗަށް އެސިސްޓެންޓް ޑިރެކްޓަރަކަށް ގާތްގަނޑަކަށް 15،366 ރުފިޔާ ލިބޭނެ ކަމަށް ބެލޭއިރު މިހާރު އިއުލާނު ކޮށްފައިވާ 8 އެސިސްޓެންޓް ޑިރެކްޓަރުންނަށް ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން އަހަރެއްގެ މައްޗަށް ހޭދަވާނެއެވެ.

އެންސްޕާ އަށް ގިނަ އަދަދަކަށް މުވައްޒަފުން ހޯދަން އިއުލާނު ކުރި މި ދަނޑިވަޅަކީ، ގާނޫނުއަސާސީ އަށް ރެކޯޑް މިންވަރެއްގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރައީސް މުއިއްޒަށް ފަހިވާ ގޮތައް ބޮޑެތި ބަދަލުތަކެއް ސަރުކާރަށް ނިސްބަތްވާ މެންބަރުން ގެނެސްދިނުމާ ގުޅިގެން ސަރުކާރުގެ ކުންފުނިތަކަށް ގިނަ އަދަދަކަށް މުވައްޒަފުން ނަގަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރެވެއެވެ.

އެންސްޕާ އިން މުވައްޒަފުން ހޯދަން އިއުލާނު ކުރިއިރު ސަރުކާރުގެ ރިކަރަންޓު ޚަރަދުތައް ބޮޑުވެ، ތަރައްގީ އަށް ކުރާ ހޭދަ އިންތިހާ އަށް ކުޑަވެފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.

އަނެއްކޮޅުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ކަމަށް ބުނެ އާސަންދަ އާއި އެންސްޕާ އިން އާންމުންނަށް މިހާތަނަށް ދެމުން އައި ލުއިތަކަށް ބަދަލު ގެނެސް ހަމަ އެކަނި ޓާގެޓް ކުރެވޭ ބަޔަކަށް އެކަނި އިނާޔަތްތައް ދިނުމަށް ސަރުކާރުން ގެންދަނީ ރާވަމުންނެވެ.

މިދިޔަ ދެ ހަފްތާ އެއްހާ ދުވަހުގެ ތެރޭގައި އެންސްޕާ އިން ވަނީ ދާއިމީ 12 ވަޒީފާ އަށް މީހުން ހޯދަން އިއުލާނު ކޮށްފައެވެ.                                                            

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު