Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިސަރުކާރުގެ ތަސައްވުރު

މިހާރު ''ކިއްލި ގޮއްޓެއްހެން'' މި ސަރުކާރުގެ ތަސައްވުރު ސިފަ ކުރެވޭ: މެންބަރު ޒިޔާދު

ރައްޔިތުން މިހާރު ރައީސް މުއިއްޒުގެ ފަޅީގައެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު | 29 ނޮވެމްބަރު 2024 | ހުކުރު 07:58
މިހާރު ''ކިއްލި ގޮއްޓެއްހެން'' މި ސަރުކާރުގެ ތަސައްވުރު ސިފަ ކުރެވޭ: މެންބަރު ޒިޔާދު

މިހާރު ''ކިއްލި ގޮއްޓެއްހެން'' މި ސަރުކާރުގެ ތަސައްވުރު ސިފަ ކުރެވޭ: މެންބަރު ޒިޔާދު

މިހާރު ކިއްލި ގޮއްޓެއްހެން ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ތަސައްވުރު ސިފަ ކުރެވޭ ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި މެންބަރު ޒިޔާދު ވިދާޅުވީ ރައްޔިތުންގެ ތިބި ހާލަތު ވަޒަން ކުރާނީ ރައްޔިތުން ކަމަށާއި، ދިރިއުޅުމުގެ ހާލަތު ދަށްވި ނަމަވެސް މިސަރުކާރުން 55 ބިލިއަން ރުފިޔާ ހުސްކޮށްލާފައިވާ ކަމަށެވެ. ރައްޔިތުންގެ ފަޅީގައި ހުންނެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އެކަމަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ އެމަނިކުފާނު އެންމެ ފަހަރަކު ވެސް ފަހަތަށް އެނބުރި ރައްޔިތުން މިހާރު ތިބިފަޅިއެއް ބަލާލާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން މިހާރު ރައީސް މުއިއްޒުގެ ފަޅީގައި ނެތް ކަމަށެވެ.

މެންބަރު ޒިޔާދު ވިދާޅުވީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް މިސަރުކާރުން ވަރަށް މަސައްކަތް ކުރާ ކަމަށާއި، އެކަމަށް ބޮޑު ހޭދައެއް ވެސް ކުރަ ކަމަށެވެ. އެގޮތުން މިސަރުކާރުގެ ޕީއާރް ޑިޕާޓްމަންޓަށް އިޝާރަތް ކުރައްވައި މެންބަރު ޒިޔާދު ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

މެންބަރު ޒިޔާދު ވިދާޅުވީ މިސަރުކާރުގެ ކާމިޔާބީ އެއް އަހަރު ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވާ ކަމަށާއި، މިސަރުކާރު ބުނާ ގޮތަށް އެއް އަހަރުގެ ކާމިޔާބީ ލޮލަކަށް ނުފެންނާނެ ކަމަށާއި، އޭގައި އަތެއް ނުލެވޭނެ ކަމަށެވެ. އަދި އޭގައި ކުލައެއް ރަހައެއް ވަހެއް ނުހުންނާނެ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ. ބަޖެޓަށް ވެސް ވީ އެހެންކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ވީގޮތް ނޭނގުނު ނަމަވެސް ބަޖެޓު ހުސްވެފައިވާ ކަމަށާއި، ލިބުނު ކާމިޔާބުތަކާއެކު ޒުވާނުންނަށް މިއަދު އިސް އުފުލާ ބަލާނުލެވޭ ކަމަށެވެ.

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ ގައުމު ހިންގުމަށް މިސަރުކާރަށް ވެސް އެއް އަހަރު ދީފައިވާ ކަމަށާއި، ނަތީޖާ ވަރަށް ހިތި ކަމަށެވެ. އެއް އަހަރު ތެރޭގައި ސަރުކާރުން ހަދާފައިވާ ދޮގުތަކާއެކު މިއަދު ރައްޔިތުން ތިބީ ސަރުކާރުން ތެދެއް ހަދާނެ ކަމުގެ އިންތިޒާރުގައި ކަމަށެވެ. އަދި ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ވަރަށް އުންމީދީ ތަސައްވުރެއް ދެއްކި ކަމަށާއި، ނަމަވެސް އެ ތަސައްވުރު މިއަދު ސިފަވެގެންދަނީ ކިއްލި ގޮއްޓެއްހެން ކަމަށެވެ.

މެންބަރު ޒިޔާދު ވިދާޅުވީ މިއަދު ރާއްޖޭގެ އިގްތިސާދު ފުޑުފުޑު ވެގެންދާއިރު، ރައްޔިތުން އަޅާނުލާ ކަަމަށްވާނަމަ ނުފެންނަ ކާމިޔާބީއާއި، ތަރައްގީއަށް ވީ ގޮތަށް އަންނަ އަހަރުގެ ބަޖެޓު ވެސް ނުފެނި ގެއްލޭނެ ކަމަށެވެ. އަދި މިސަރުކާރަކީ އުނބަށް ޖަހާ ސަރުކާރެއް ކަމަށާއި، ގާނޫނު އަސާސީއަށް ގެނައި ބަދަލުތައް އުނބަށް ޖަހަންދެން އެ ނަތީޖާ ނެރުމަށް ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު