Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މި ސަރުކާރުން އައްޑޫ އިން މަސް އެކްސްޕޯޓު ކުރަން ތައްޔާރުވާ ކަމަށް ބުނާއިރު، އެކަމުގެ ހުރިހާ ކަމެއް ކުރީ، ކުރީ ސަރުކާރު ތަކުން!

އައްޑޫ އިން ސީދާ މަސް އެކްސްޕޯޓް ކުރުމަށް ބޭނުންވާ އެންމެހާ މަސައްކަތްތައް ވަނީ ކުރީ ސަރުކާރުތަކުން ނިންމާފައި، މިސަރުކާރުން އެކަމުގައި އަލަށް ކުރަން ޖެހޭ މާ ބޮޑު ކަމެއް ނެތް.

ރާއްޖެ އެމްވީ | 11 އޯގަސްޓު 2025 | ހޯމަ 10:21
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ސީދާ އައްޑޫ އަތޮޅުން މަސް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ފަށަށް ތައްޔާރުވެފައިވާ ކަމަށް ރައީސް މުއިއްޒު ސަރުކާރުން ހާމަ ކުރި އިރު، ރައީސް ސާލިހްގެ ސަރުކާރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ސީދާ މަސް އެކްސްޕޯޓް ކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ހުރީ ކޮށް ނިންމާފައެވެ.

އައްޑޫ އަތޮޅުން ގަންނަ މަސް، ހުވަދު އަތޮޅަށް ގެންދިއުމުގެ ބަދަލު ގައި ސީދާ އައްޑޫ އަތޮޅުން އެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި ފެށުމަށް ރޭވިފައިވާ ކަމަށް މުއިއްޒު ސަރުކާރުން 9 އޮގަސްޓް ގައި މިފްކޯ އިން ނެރުނު ބަޔާނެއް ގައި ބުނެފައިވެއެވެ.

Advertisement - businessAdvertisement

މިކަމާ ބެހޭ ގޮތުން، މި ނޫހާ ވާހަކަ ދެއްކެވި އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގެ މަސައްކަތްތައް ވަރަށް ގާތުން ބެއްލެވި ފަރާތަކުން ވިދާޅުވީ، އައްޑޫ އިން ސީދާ މަސް ބޭރު ކުރަން ކުރަން ޖެހޭ ހުރިހާ ކަމެއް ހުންނަނީ އެމްޑީޕީ ސަރުކާރުގެ ތެރޭގައި ފަށާ އަދި ސަރުކާރު ނިމުނު އިރު ނިމުމަކާ ކައިރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"މި ސަރުކާރުން އަލަށް ފަށަން ޖެހޭ ކަމެއް ނޯންނާނެ، އެބޭފުޅުންގެ ބަޔާންތަކުން ހީވެދާނެ، މި ސަރުކާރު އައިސްފައ ކުރި މަސައްކަތުންނޭ އެކަން އެހެން އެވީ، އެހެންނެއް ނޫން، މިސަރުކާރުން އަލަށް ފެށި އެއްވެސް ކަމެއް ނޯންނާނެ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ރަނގަޅު ކުރާކަށް،" އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ރިބަން ކަނޑާ ހުޅުވި ނަމަވެސް، އޭރު އެތަނުގެ ގިނަ ވަސީލަތްތައް ހުރީ ފުރިހަމަ ނުކޮށެވެ. އެ ގޮތުން ގަންނަ މަސް ސޯޓް ކުރުމަށް ބޭނުންވާ ސޯޓިންގ ކޮންވެޔަރ އެތަނުގައި ގާއިމްވެފައި ނެތެވެ.

އޭގެ އިިތުރުން އީޔޫ މިންގަޑަށް ފެސިލިޓީ ގެނައުމަށް ކުރަން ޖެހޭ ގިނަ ކަންކަން ހުރީ ނުކުރެވި އެވެ.

މި ގޮތުން މަސް އެކްސްޕޯޓް ކުރުމަށް ބޯޓް ފަހަރު ކައިރި ކުރެވޭނެ މަގަތު ފާލަމެއް ނެތުމުގެ ސަބަބުން ސެންޓަރަށް ކިރުވާ މަސް އެކްސްޕޯޓް ކުރަމުން އައީ ކޫއްޑޫ އަށް މަސްތައް ގެން ގޮސް އެތަނުގައި ސޯޓް ކޮށްގެންނެވެ.

ކޫއްޑޫ އަށް މަސް ގެންދަނީ ހުޅުމީދޫ ބޭރު ބަދަރުގައި މަދަރ ވެސެލް އެއް ބާއްވައިގެން ކަމަށް އެ އޮޕަރޭޝަން ގައި އިސްކޮށް ހަރަކާތްތެެރިވި އޮފިޝަލު ކިޔައިދެއްވިއެވެ. އޭނާ ސާފުކޮށް ދެއްވި ގޮތުގައި ސެންޓަރާއި ބޭރުގައި އޮންނަ ބޯޓާއި ދެމެދު 2 މޭލުހުއެވެ. އެހެން ކަމުން ދޯންޏެއްގެ ތައްޓުމަތީ ގައި ޖަންބޯ ގޯންޏަށް މަސް އަޅައިންގެން ބޯޓަށް މަސް ގެންގޮސް ލޯޑް ކުރަމުން ގެން ދިޔަ ކަމަށް އޭނާ ކިޔައިދެއްވިއެވެ.

މި ދަތި އުނދަގޫ މައްސަލަ ހައްލު ކޮށް، އެ ތަނުގެ އޮޕަރޭޝަން ރަނގަޅަށް ހިންގުމަށް އެމްޑީޕީ ސަރުކާރުން، ސަރުކާރުގެ ޚަރަދުގައި ހުޅުމީދޫ މިފްކޯ ޖެޓީ ގާއިމް ކުރުމަށް އެމްޓީޓީސީ ހަވާލު ކުރިއެވެ. އެމްޑީޕީ ސަރުކާރު ނިމުނު އިރު އެ މަސައްކަތުގެ ބޮޑު ބައި ފުރިހަމަ ކުރެވި މިހާރު އެމަސައްކަތް ވަނީ ނިމުމަކާއި ކައިރިވެފައެވެ. މި މަސައްކަތައް ރައީސް ސާލިހް ސަރުކާރުން 68 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވެއެވެ.

ބޯޓުފަހަރާއި ދޯނިފަހަރު ވަދެނިކުމެވޭ ޗެނަލަކާ އެކު ހުޅުމީދޫ މިފްކޯ ޖެޓީ ގާއިމު ކުރަން ފެށި މަސައްކަތް އޭރު ނިމޭނެ ކަމަށް ލަފާ ކުރީ މާރޗް 2025 ގައެވެ. މި މަސައްކަތް ފުރިހަމަ ވުމުން ސީދާ ރާއްޖެ އިން މަސް އެކްސްޕޯޓް ކުރުމަށް އަންނަ 3500 ޓަނުގެ ބޯޓު ފަހަރު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާ ކައިރި ކުރެވޭނެ އެވެ.

ހަމަ އެއާ އެކު ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމުނު އިރު އީޔޫ ލައިސަންސް ފުރިހަމަ ކުރުމަށް ބޭނުންވި ހުރިހާ ކަމެއް ވަނީ ފުރިހަމަ ކޮށް ނިމިފައެވެ.

އެހެން ކަމުން ސަރުކާރު ނިމުނު އިރު އައްޑޫ އިން މަސް އެކްސްޕޯޓު ކުރަން ބޭނުންވާ އެންމެ މުހިންމު ކަންކަން ހުރީ ސަރުކާރުން ކޮށްފައެވެ.

އޭގެ އިތުރުން މަސްވެރިކަމުގެ ސިނާއަތު އައްޑޫ ގައި އިތުރަށް ތަރައްގީ ކުރުަމށް ރައީސް ސާލިހް ގެ ސަރުކާރުން ވެލިއު އެޑް ކުރުމާއި ކޭނިންގ ފެކްޓްރީ ޤާއިމް ކުރުމަށް ފިޝަރީޒް މިނިސްޓްރީ މެދުވެރިކޮށް ވޯލްޑް ބޭންކް އިން 50 މިލިއަން ޑޮލަރު އޮތީ ހަމަ ޖެހިފައެވެ.

ފަހުން އައި ސަރުކާރަށް ކުރަން އޮތް ކަމަކީ ފެކްޓަރީ އަޅާނެ ބިން ހަމަ ޖައްސާ، މަސައްކަތް ފަށައިގަތުމެވެ.

އެހެން ކަމުން، މި ސަރުކާރު އައި އިރު ވެސް މިފްކޯއިން ރާއްޖޭގެ އެންމެ ދެކުނުގައި، އައްޑޫ ހުޅުމީދޫ ގައި 1500 މެޓްރިކް ޓަނުގެ ފިނިކުރާ ގުދަނަކާއި މަސް ޕްރޮސެސްކުރާ ތަނަކަށް އިންވެސްޓް ކޮށް އެތަން ވަނީ ފުރިހަމަ ކޮށްފައެވެ.

މި ސަރުކާރު އައި އިރު ހުޅުމީދޫ ގައި ތަރައްގީ ކޮށްފައިވާ ވަސީލަތްތަކުގެ ތެރޭގައި މަސްބޯޓު ފަހަރާއި ކަލެކްޓަރ އުޅަނދުފަހަރު ބަނދަރު ކުރުމަށް 210 މީޓަރުގެ ދިގު ޖެޓީއަކާއި، ލޮނުފެން މީރުފެނަށް ބަދަލުކުރާ ޕްލާންޓާއި، މުޅި ޕްލާންޓުން އުފެދޭ މަހުގެ ވޭސްޓުން ފިޝްމީލް އުފައްދާ ޕްލާންޓަކާއި، ފެން ރައްކާކޮށް ޑިސްޓްރިބިއުޓް ކުރުމުގެ ނިޒާމާއި ގުދަނަތައް ހުރީ ތައްޔާރު ކޮށް ނިމިފައެވެ. މީގެ އިތުރުން، ބާނާ މަހުގެ ފެންވަރު ބެލުމަށްޓަކައި ލެބޯޓަރީ އެއްވެސް މި ޕްލާންޓުގައި ހުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި

ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި

20 މެއި 2017
އައްޑޫ އިންވެސްޓާސް ފޯރަމް އޭޕްރިލް 22ގައި

އައްޑޫ އިންވެސްޓާސް ފޯރަމް އޭޕްރިލް 22ގައި

17 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު