Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު މުހައްމަދު އައްބާސް

މިހާރު ވެސް ރިކޯލް ވޯޓަކަށް ގޮސްފި ނަމަ ރައްޔިތުންގެ 80 އިންސައްތަ ވޯޓުން ރައީސް މުއިއްޒު ބޭރުކޮށްލާނެ: އައްބާސް

9 އޯގަސްޓު 2025 | ހޮނިހިރު 13:12

ރިކޯލް ވޯޓު ނެގުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ޕީއެންސީގެ މެންބަރުންނަށް އައްބާސް ގޮވާލެއްވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 9 އޯގަސްޓު 2025 | ހޮނިހިރު 13:12
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް: ޕީ.އެން.ސީ ގެ މެންބަރުން ގެ ގަޓު ހުރިއްޔާ ރިކޯލް ވޯޓަކަށް ދާން ޤާނޫނުއަސާސީ އިސްލާހުކުރުމަށް އައްބާސް ވަނީ ގޮވާލައްވާފަ

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް: ޕީ.އެން.ސީ ގެ މެންބަރުން ގެ ގަޓު ހުރިއްޔާ ރިކޯލް ވޯޓަކަށް ދާން ޤާނޫނުއަސާސީ އިސްލާހުކުރުމަށް އައްބާސް ވަނީ ގޮވާލައްވާފަ

ރިކޯލް ވޯޓަކަށް ގޮސްފި ނަމަ ރައްޔިތުންގެ 80 އިންސައްތަ ވޯޓުން މުއިއްޒު ބޭރުވާނޭ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އައްބާސް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Advertisement - newsAdvertisement

އައްބާސް ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުގެ މެމްބަރުންނަށް ގޮވާލެއްވީ ގަޓެއް ހުރި ނަމަ ރިކޯލް ވޯޓެއް ނަގަން ގާނޫން އަސާސީ އިސްލާހު ކުރުމަށެވެ. އަދި އެގޮތަށް ކަންކަން ކޮށްފި ނަމަ އެންމެ ފުރަތަމަ ވެސް ރައްޔިތުންގެ 80 އިންސައްތަ ވޯޓުން މިހާރު ވެރިކަމުގައި ހުރި ރައީސް މުއިއްޒު ބޭރުވެގެން ދާނޭ ކަމަށެވެ.

މީގެ އިތުރުން ރިކޯލް ވޯޓެއް ނަގައިފި ނަމަ ރައީސް މުއިއްޒު ބޭރުކުރުމަށް ފަހު ދެން ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައި ތިއްބެވި ޕީ.އެން.ސީ ގެ މަޖުލީސް ހުރިހާ މެންބަރުން އެދާއިރާގެ ރައްޔިތުން ނިކުމެ ބޭރުކޮށްލާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ރައީސުލް ޖުމުހުރިއްޔާ ހިމެނޭގޮތަށް ރިކޯލް ވޯޓު ނަންގަވާ ނަމަ އެންމެފުރަތަމަ އެބިލަށް ވޯޓު ދޭނެމީހަކަށް އޭނާ ހުންނަވާނޭ ކަމަށާއި އެހިސާބުން ދިވެހި ރައްޔިތުންގެ ވިންދާ އިހުސާސް ހުރިގޮތް ރިޝްވަތުގެ ހުތުރު ފައިސާއިން ނަފުސު ކިލަބުވެފައިވާ މެންބަރުންނަށް ސާފުކޮށް އެނގިހާމަވާނެ ކަމަށެވެ.

އަދި އޭގެ ފަހުގައި ފޮނި އުންމީދު ތަކާއެކު ރައްޔިތުން އިންތިހާބު ކުރެއްވި މެންބަރުން ދޮގުވެރި މަކަރުން ފުރިފައިވާ ވެރިއެއްގެ ފޫބުޑުގައި ދޫލަމުން ރިޝްވަތުގެ ހުތުރު ފައިސާގެ ދަހިވެތި ކަމުގައި ބޮލުރޮދި ކެޑި،ބުއްދި ސަލާމަތުން ނެތްބޭފުޅުން ހާމަވެ ބޭޒާރު ވެގެންދާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖުލީސްގައި ތިއްބެވި ޕީ.އެން.ސީ ގެ މެންބަރުން ގެ ގަޓު ހުރިއްޔާ ރިކޯލް ވޯޓަކަށް ދާން ޤާނޫނުއަސާސީ އިސްލާހުކޮށްލައްވާ.. ދިވެހި ރައްޔިތުންގެ %80 ވޯޓުން އެންމެ ފުރަތަމަވެސް ރައީސް ޑރ.މުއިއްޒު ބޭރުކޮށްލާނެ.. އޭގެ ފަހުގައި ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައި ތިއްބެވި ޕީ.އެން.ސީ ގެ މަޖުލީސް ހުރިހާ މެންބަރުން އެދާއިރާގެ ރައްޔިތުން ނިކުމެ ބޭރުކޮށްލާނެ.. ގަޓުހުރިއްޔާ ލަސްނުކޮށް މިކަން ކޮށްލައަވާ..ރައީސުލް ޖުމުހުރިއްޔާ ހިމެނޭގޮތަށް ރިކޯލް ވޯޓު ނަންގަވާ ނަމަ އެންމެފުރަތަމަ އެބިލަށް ވޯޓު ދޭނެމީހަކަށް އަޅުގަނޑު ވާނަން
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

އައްބާސް ވިދާޅުވީ ރިޝްވަތުގެ ކިތަންމެ ދަޅައެއް ދެއްކިޔަސް، ބިރު ދެއްކިޔަސް، ރައްޔިތުންގެ ހައްޤުތަކުގެ ވާހަކަ ތައް ދޫކޮށް ނުލައްވާނޭ ކަމަށާއި ރައްޔިތުންގެ ވިންދާ އިހުސާސްތައް ދޫކޮށްލާފައި ރައްޔިތުން އެދޭ ތަރައްޤީ ނުވާ ވާހަކަ ދޫކޮށްލާފައި ފަސްއެބުރި ނުބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ދައްކާ ބިރަކަށް އެންމެ ފިޔަވަޅެއް ވެސް ފަހަތައް ނުޖެހޭނޭ ކަމަށް ވެސް އަސްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ މިހުރީ ރައްޔިތުންގެ ފަޅީގައި ރައްޔިތުން ވާހާލެއްގައި ވާން ރައްޔިތުންނާއި އެކުގައި ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް