Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދުހާލީ އަތުން ރާއްޖެ ބަލިވުން

ގަތަރުގެ ޗެމްޕިއަން ދުހާލީ އެސްސީ އަތުން ރާއްޖެ ބަލިވެއްޖެ

ރާއްޖެ އަދި އޮމާން ބައްދަލުކުރާ މެޗު އޮންނާނީ އަންގާރަ ދުވަހު

ލީވާން އަލީ
ލީވާން އަލީ | 31 އޯގަސްޓު 2017 | ބުރާސްފަތި 05:12
ދުހާލީ އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

ދުހާލީ އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު ގަތަރުގައި ކޭމްޕްކުރަމުން އަންނަ ރާއްޖޭ ގައުމީ ޓީމު ކުޅުނު ރަހްމަތްތެރިކަމުގެ މެޗުން ގަތަރުގެ ޗެމްޕިއަން އަތުން ބަލިވެއްޖެ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި އޮމާންއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވަމުން އަންނަ ރާއްޖެ އަދި ދުހާލީ އެފްސީ ބައްދަލުކުރި މެޗުން ރާއްޖެ ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 21 ވަނަ މިނެޓުގައި ދުހާލީ އަށް ކާމިޔާބުކޮށްދިނީ ޔޫސުފް އަލް އަރަބީ އެވެ. މެޗުގައި އަލް ދުހާލީ ޓީމަށް ވަނީ ލަނޑު ޖެހުމަށް ދެވަނަ ހާފްގައި ހުސް ގިނަ ފުރުސަތުތައް ލިބިފައެވެ.

މި މެޗުގައި ރާއްޖޭ ޓީމުގެ ގިނަ ކުޅުންތެރިންނަށް ކޯޗު ފުރުސަތު ދީފައިވާއިރު، ކެޕްޓަން ބޭންޑް އަޅައިގެން މެޗަށް ނިކުތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އަސްހަދު އަލީ (އަޑުބަރޭ) އެވެ.

މެޗަށް އަލް ދުހާލީ ޓީމު ނިކުތީ އެޓީމުގައި ހިމެނޭ ގަތަރު ގައުމީ ޓީމު ކުޅުންތެރިން ނުލައެވެ. މީގެއިތުރުން އެޓީމުގައި ހިމެނޭ ބައެއް ބިދޭސީ ކުޅުންތެރިންވެސް މި މެޗުގައި ނުކުޅެއެވެ.

ޖުމްލަ 23 ކުޅުންތެރިންނާއެކު ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލާފައިވާއިރު، ސްކޮޑްގައި ނިއުރޭޑިއަންޓްގެ ނުވަ ކުޅުންތެރިޔަކު ހިމެނެއެވެ. މީގެ އިތުރުން ސްކޮޑްގައި މާޒިޔާގެ ހަ ކުޅުންތެރިއަކު ހިމެނޭއިރު، ޓީސީގެ ތިން ކުޅުންތެރިންނާއި، ގްރީން ސްޓްރީޓްގެ ދެ ކުޅުންތެރިންނާއި، ތިނަދޫގެ ދެ ކުޅުންތެރިންގެ އިތުރުން މިލަންދޫގެ ކުޅުންތެރިއަކު ވެސް ހިމެނެއެވެ.

ގައުމީ ޓީމު ގަތަރުގައި ކޭމްޕް ކުރުމަށް ފަހު އެނބުރި މާލެ ނައިސް ސީދާ ޓީމު ފުރާނީ މެޗު ކުޅުމަށް އޮމާން އަށެވެ. ރާއްޖެ އަދި އޮމާން ބައްދަލު ކުރާ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ. ރާއްޖެ ވަނީ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ފަލަސްތީން އަތުން ބަލިވެފައެވެ. އެހެން ނަމަވެސް ރާއްޖެ ވަނީ ދެވަނަ މެޗުން ބޫޓާނާ ވާދަކޮށް މޮޅުވެފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު