Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަސްރަނި ބަގީޗާ

142 ބިދޭސީން ރަސްރަނި ބަގީޗާއަށް ވަދެފައިވޭ: ހައުސިންގ މިނިސްޓްރީ

ރައީސް ޔާމީން ވިދާޅުވީ ރަސްރަނި ބަގީޗާއަކީ އެންމެ މުގައްދަސް އެއް ބިން ކަމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 އޯގަސްޓު 2017 | ބުދަ 23:20
ރަސްރަނި ބަގީޗާ

ރަސްރަނި ބަގީޗާ

އޮގަސްޓް މަހުގެ 25 ވަނަ ދުވަހުން 29 އަށް 142 ބިދޭސީން ރަސްރަނި ބަގީޗާއަށް ވަދެފައިވާކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީން ބުދަ ދުވަހުގެރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ހަތަރު ދުވަސް ތެރޭގައި 10650 ރުފިޔާ ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރަސްރަނި ބަގީޗާ ބިނާކުރުމުގައި އިސްކޮށް އުޅުއްވި ސިފައިންގެ ބޭކަލުންނާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ މި މަހު 27 ވަނަ ދުވަހު ބައްދަލު ކުރައްވާ ޝުކުރު ދަންނަވާފައެވެ.

ސިފައިން ލައްވާ ނިމިދިޔަ ރޯދަމަހުގެ ފަހު ދިހައިގެ ރޭގަނޑުގެ ވަގުތުތަކުގައި ވެސް ހުއްޓުމެއް ނެތި އެތަނުގެ މަސައްކަތް ކުރުވާފައިވާއިރު ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ބޭއްވި ސާރކް ސަމިޓަށް އައްޑޫ ކޮންވެންޝަން ސެންޓަރ ޤާއިމް ކުރުމުގައި ސިފައިން ބޭނުން ކުރުމުން ސިފައިންނާއި އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ރަސްރަނި ބަގީޗާއަކީ ތަފާތު އެކި ބައިތަކާއި ވަޞީލަތްތައް ހިމަނައިގެން ތަރައްޤީކުރެވުނު ބަގީޗާއެކެވެ. މި ބަގީޗާގައި ކުޑަކުދިންނަށް ޚާއްޞަ ޙަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެފަދަ އިންތިޒާމުތައް ހަމަޖެހިފައިވުމުގެ އިތުރުން، މި ބަގީޗާއަކީ އެކި ޢުމުރުފުރާތަކަށް ވެސް ހިތްހަމަޖެހޭ އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރެވޭނެ ގޮތަށް ތައްޔާރު ކުރެވިފައިވާ ހިތްފަސޭހަ މައިދާނެކެވެ.

މި ބަގީޗާ ހުޅުއްވައިދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ރަސްރަނި ބަގީޗާއަކީ އެންމެ މުގައްދަސް އެއް ބިން ކަމަށެވެ.

އިތުރަށް ކިޔާލަން

13 އޯގަސްޓު 2017

ކުންފުނިތަކުގެ މުވައްޒަފުން ނުނިކުންނަންޏާ، ދެން ނެރެންޖެހޭނީ ބިދޭސީން: ޒަމީރު

13 އޯގަސްޓު 2017
ކުންފުނިތަކުގެ މުވައްޒަފުން ނުނިކުންނަންޏާ، ދެން ނެރެންޖެހޭނީ ބިދޭސީން: ޒަމީރު
23 ޖުލައި 2017

ވައްކަރު ރިސޯޓުގައި ބިދޭސީއަކަށް އަނިޔާކުރި މައްސަލައިގައި 3 ބިދޭސީން ހައްޔަރުކޮށްފި

23 ޖުލައި 2017
ވައްކަރު ރިސޯޓުގައި ބިދޭސީއަކަށް އަނިޔާކުރި މައްސަލައިގައި 3 ބިދޭސީން ހައްޔަރުކޮށްފި
18 ޖުލައި 2017

އިހަވަންދޫ މަރުގެ މައްސަލާގައި ހައްޔަރުކުރި 6 ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

18 ޖުލައި 2017
އިހަވަންދޫ މަރުގެ މައްސަލާގައި ހައްޔަރުކުރި 6 ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
16 ޖުލައި 2017

ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާނުކުރުމުން ޖޫރިމަނާކުރުން ފަސްކޮށްފި

16 ޖުލައި 2017
ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާނުކުރުމުން ޖޫރިމަނާކުރުން ފަސްކޮށްފި
02 ޖުލައި 2017

އިސްމާއިލްގެ މަރު: 6 ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި

02 ޖުލައި 2017
އިސްމާއިލްގެ މަރު: 6 ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު