Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

އެމްޑީޕީގެ ސަރުކާރުން ސިއްރުން, ދައުލަތަށް މަންފާއެއް ނުވާގޮތަށް ރަށްތަކެއް ދޫކުރި ކަމަށް ބުނެ ހަދަނީ ދޮގު: މައުރޫފް

އެމްޑީޕީ ސަރުކާރުން ރަށްތައް ދޫކޮށްފައިވަނީ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް

ރާއްޖެ އެމްވީ | 3 އޯގަސްޓު 2025 | އާދީއްތަ 14:25
ދަތުރުކޮށްފައި އަންނަ މަތިންދާ ބޯޓަކުން ނަގާފައިވާ ރާއްޖޭގެ ރަށެއްގެ މަންޒަރެއް

ދަތުރުކޮށްފައި އަންނަ މަތިންދާ ބޯޓަކުން ނަގާފައިވާ ރާއްޖޭގެ ރަށެއްގެ މަންޒަރެއް

އެމްޑީޕީގެ ސަރުކާރުން، ޤާނޫނާ ހިލާފަށް، ސިއްރުން އަދި ދައުލަތަށް އެއްވެސް މަންފާ އެއް ނުވާ ގޮތަށް، ނ. އަތޮޅުން ރަށްތަކެއް ދޫކުރި ކަމަށް ބުނެ ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެމްޑީޕީ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ އަހްމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

މައުރޫފް ވިދާޅުވީ، ނިމިދިޔަ ސަރުކާރު އައި އިރު، ދަނޑުވެރިކަމަށް ނުވަތަ މަސްވެރިކަމަށް ނުވަތަ ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްރަށުގެ މުއްދަތު ހަމަވުމުން، ޤާނޫނާ އެއްގޮތަށް މުއްދަތު އިތުރުކޮށްދީ، އެއްބަސްވުން އައުކޮށްދީފައިވާނެ ކަމަށެވެ. ހަމަ އެއާއެކު އެއްވެސް މަސައްކަތެއް ނުކުރާ އަދި ގަވާއިދު ބުނާ ގޮތުން މުއްދަތު އިތުރު ކޮށްދެވެން ނެތް ރަށްރަށުގެ އެއްބަސްވުން އައުކޮށްދީފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ސާލިހް ގެ ސަރުކާރުގައި ރައީސް އޮފީހުގައި ގާނޫނީ މަސައްކަތްތައް ކުރެއްވި މައުރޫފް މި ކަމުގެ ތަފްސީލު ދެއްވަމުން ވިދާޅުވީ، އެ ސަރުކާރު އައި އިރު ހުހަށް ހުރި މަދު ރަށްތަކުގެ ތެރެއިން އެ ސަރުކާރުން އަލަށް ދޫކޮށްފައި ވަނީ ވެސް މަދު ރަށެއް ކަމަށެވެ. މިގޮތުން، މަސްވެރިކަމަށް ނުވަތަ ދަނޑުވެރިކަމަށް ނުވަތަ ސިނާއީ މަސައްކަތަށް ނުވަތަ ޓޫރިޒަމަށް ބައެއް ރަށްރަށް ދޫކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއިން ކޮންމެ ރަށެއްވެސް ދޫކޮށްފައިވާނީ، ޤާނޫނާއި ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކުގެ ތެރެއިން، ކުއްޔަށެވެ. އަދި އޭގެ އެއްވެސް މުއާމަލާތެއްގައި، ޤާނޫނާ ހިލާފަށް، ސިއްރުން އަދި ދައުލަތަށް މަންފާ ނުވާގޮތަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެއެވެ." މައުރޫފް ވިދާޅުވިއެވެ.

މިގޮތުން، އެކަންކަމުގެ ހަގީގަތް އޭނާ ވަނީ ބަޔާން ކުރައްވާފައެވެ.

"1. ޤާނޫނާ ހިލާފަށް ރަށްތަކެއް ދޫކުރިކަމަށް ބުނާ ބުނުން.

ޓޫރިސްޓް ރިސޯޓް ހެދުމަށް ރަށް ކުއްޔަށް ދޫކޮށްފައި ވާނީ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން، ޓޫރިޒަމް މިނިސްޓްރީންނެވެ.

މަސްވެރިކަމަށް ނުވަތަ ދަނޑުވެރިކަމަށް ނުވަތަ ސިނާއީ މަސައްކަތްތަކަށް ރަށް ކުއްޔަށް ދޫކޮށްފައި ވާނީ ޤާނޫނު ނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ ދަށުން، ފިޝަރީޒް/އެގްރިކަލްޗަރު މިނިސްޓްރީންނެވެ.

އެ ދެ ޤާނޫނުގެ ދަށުން ރަށްރަށް ކުއްޔަށް ދޫކުރުމުގެ ބާރު އެ މިނިސްޓްރީތަކަށް ދީފައި އޮތް ނަމަވެސް، ރަށެއް ކުއްޔަށް ދޫކުރުމުގެ ކުރިން އެ ރަށެއް އޮތް އަތޮޅުގެ އަތޮޅު ކައުންސިލާ މަޝްވަރާ ކުރުމަށް، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ލާޒިމުކުރާތީ، މިއިން ކޮންމެ ރަށެއް ދޫކުރުމުގެ ކުރިން އަތޮޅު ކައުންސިލާ މަޝްވަރާ ކޮށްފައިވާނެއެވެ. ކައުންސިލުގެ ހުއްދަ ނުވަތަ ޤަބޫލުވުން އޮންނާކަށް ޤާނޫނު ލާޒިމެއް ނުކުރެއެވެ. އެހެންކަމުން، ޤާނޫނާ ހިލާފަށް ރަށްތަކެއް ދޫކުރިކަމަށް ބުނެ ފަތުރަމުން ދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެކެވެ.

2. ސިއްރުން ރަށްތަކެއް ދޫކުރިކަމަށް ބުނާ ބުނުން.

ކޮންމެ ރަށެއް ދޫކުރުމުގެ ކުރިން އަތޮޅު ކައުންސިލާ މަޝްވަރާ ކޮށްފައިވާނެއެވެ. އެކަމުގެ މައުލޫމާތު، އަތޮޅު ކައުންސިލުން ރައްޔިތުންނަށް ނުދީ އޮތުމަކީ، ސަރުކާރުން އެކަން ސިއްރުން ކުރި ކަމަށް ބުނެވޭނެ ސަބަބެއް ނޫނެވެ. ސިއްރުން ރަށްތަކެއް ދިން ކަމަށް ބުނާ އިރު، އަތޮޅު ކައުންސިލާ މަޝްވަރާ ކުރުމަށް މިނިސްޓްރީން ބޭއްވި ބައްދަލުވުންތަކުގައި އަތޮޅު ކައުންސިލުގެ ރައީސުންނާ މެންބަރުން ބައިވެރިވެފައިވެސް އެބަ ހުއްޓެވެ. ބައްދަލުވުމަށް ވަނުމަށްފަހު ބައްދަލުވުން ދޫކޮށް ނިކުމެފައިވެސް އެބަ ހުއްޓެވެ. ދެންނެވުނު ބައްދަލުވުންތަކުގެ ރެކޯޑް، ޓޫރިޒަމް އަދި ފިޝަރީޒް/އެގްރިކަލްޗަރު މިނިސްޓްރީގައި ހުންނާނެއެވެ. އަދި އެ ބައްދަލުވުން ތަކުގައި ބައިވެރިވި (އެކަމަށް ހެކިވާނެ) މުވައްޒަފުންވެސް އެތަންތަނުގައި އެބަ ތިއްބެވެ. އެހެންކަމުން، ސިއްރުން ރަށްތަކެއް ދޫކުރިކަމަށް ބުނެ ފަތުރަމުން ދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެކެވެ.

3. ދައުލަތަށް މަންފާ ނުވާގޮތަށް ރަށްތަކެއް ދޫކުރިކަމަށް ބުނާ ބުނުން.

އެމްޑީޕީގެ ސަރުކާރުން (3 ރަށެއް ފިޔަވައި) ހުރިހާ ރަށެއްވެސް ދޫކޮށްފައިވާނީ ކުއްޔަށެވެ. ޓޫރިޒަމް ރަށްރަށަށް އަހަރީ ކުލި ނަގާއިރު، މަސްވެރިކަމަށް ނުވަތަ ދަނޑުވެރިކަމަށް ނުވަތަ ސިނާއީ މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށްރަށަށް މަހު ކުލި ނަގާނެއެވެ. އެއީ ޤާނޫނުގައި އެކަން އޮންނަ ގޮތެވެ. ކުލި ނުނަގާ ގޮތަށް ދިނުމަކީ ސަރުކާރަށް ނުވަތަ މިނިސްޓްރީއަށް އިހްތިޔާރު އޮތް ކަމެއްވެސް ނޫނެވެ."

އަދި، މިހާތަނަށް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެންމެ ބޮޑުކޮށް ދައުލަތަށް ފައިސާ ނަގައިފައި ހުންނާނީ އެމްޑީޕީގެ ސަރުކާރުގައި ކަން ފާހަގަ ކުރައްވަމުން މައުރޫފް ވިދާޅުވީ އެ ފައިސާ، ބަރާބަރަށް ހަމައަށް ދައުލަތުގެ މާލިއްޔަތަށް ވައްދާފައިވާނެ ކަމަށެވެ.

ކުއްޔަކާ ނުލައި ދޫކުރި 3 ރަށަކީ އެމްޑީޕީގެ ސަރުކާރުގެ ނިންމުންތަކެއް ނޫން ކަން މައުރޫފް ފާހަގަ ކުރެއްވިއެވެ. އެއީ، މާ ކުރީގެ އެއްބަސްވުންތަކެއްގެ ދަށުން ހަވާލުކުރި ރަށްރަށް ކަން ފާހަގަ ކުރައްވާ އެކަމުގެ ތަފްސީލު ވެސް އޭނާ ދެއްވިއެވެ.

އެ އެއްބަސްވުންތަކަކީ؛

-

  • ކަނޑުއޮތްގިރި 25 އަހަރަށް މިފްކޯއަށް ދޭން 1998 ގައި ހެދި އެއްބަސްވުމުގެ މުދަތު ހަމަވެގެން އައުކުރުން.
  • ޓާޓާ އިން މާލޭގައި ހެދި ހައުސިންގ ޔުނިޓްތަކުގެ ބަދަލުގައި 50 އަހަރަށް ޅ. ލޮއްސަލަފުށި ދޭން 2011 ގައި ހެދި އެއްބަސްވުމުގެ ދަށުން ރަށް ހަވާލު ކުރުން.
  • ދިވެހި ކުންފުންޏަކުން ބ. ތުޅާދޫގައި ހެދި ހައުސިންގ ޔުނިޓްތަކުގެ ބަދަލުގައި 50 އަހަރަށް ޅ. ދިއްދޫ ދޭން 2012 ގައި ހެދި އެއްބަސްވުމުގެ ދަށުން ރަށް ހަވާލު ކުރުން.

މިނޫން ކޮންމެ ރަށެއްވެސް ދޫކޮށްފައި ވާނީ، ކުއްޔަށް ކަމަށް މައުރޫފް ވިދާޅުވިއެވެ. އެހެންކަމުން، ދައުލަތަށް އެއްވެސް މަންފާއެއް ނުވާގޮތަށް ރަށްތަކެއް ދޫކުރިކަމަށް ބުނެ ފަތުރަމުން ދަނީވެސް ސީދާ ދޮގު ވާހަކަތަކެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން މިވެނި އެވެނި ކަމެއް ކުރިކަމަށްބުނެ ނިންމާ ނުލައި އެކަމުގެ ހެކި ދައްކަންވާނެ ކަމަށެވެ.

"ހެކި ދެއްކުމަކީ ތުހުމަތުކުރާ ފަރާތުގެ ޒިންމާއެކެވެ." މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ތަކުރާރު ކޮށް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން، ޤާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ކަމަށާއި، އެ ސަރުކާރުން ނ. އަތޮޅުން ދޫކުރި ރަށްތަކެއް ކަމަށް ބުނެ ދައުރު ކުރަމުންދާ ލިސްޓުގައި، އެ ސަރުކާރު އައުމުގެ މާ ކުރިން ދޫކޮށްފައިވާ ރަށްރަށްވެސް އެބަ ހުރި ކަމަށެވެ. އަދި އެ ސަރުކާރުގައި ދޫނުކުރާ ރަށްރަށްވެސް ހިމެނޭ ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އެކަން ދައުލަތުގެ އިދާރާތަކުގައި ހުރި ލިޔުންތަކުން ސާފުކޮށް ފެންނަން ހުންނާނެއެވެ."

މައުރޫފް ވަނީ އެ ރަށްރަށް ދޫކުރި ތާރީހުތަކާ އެކު އެންމެހައި ތަފްސީލުތައް ހާމަ ކުރުމަށް ސަރުކާރަށް ގޮވައިލައްވާފައެވެ.

އެމްޑީޕީއަހްމަދު މައުރޫފްނ. އަތޮޅުރަށް ދޫކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު