Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިލަފް ކޯލާ

ސައުދީ ކަދުރުން އުފައްދާފައިވާ ރަހަމީރު ސޮފްޓް ޑްރިންކް، "މިލަފް ކޯލާ" ރާއްޖެއަށް ތައާރަފްކޮށްފި

2 އޯގަސްޓު 2025 | ހޮނިހިރު 03:39

ސައުދީ އަރަބިއްޔާގެ މަޝްހޫރު ސޮފްޓް ޑްރިންކް މިލަފް ކޯލާ ރާއްޖެއަށް ތައާރަފު ކުރީ ހުކުރު ދުވަހުގެ ރޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 2 އޯގަސްޓު 2025 | ހޮނިހިރު 03:39
ސްޓެންޑަޑް އެންޑް އޮރިޖިންގ ގެ ފަރާތުން ސައުދީގެ މަޝްހޫރު "މިލަފް ކޯލާ" ރާއްޖެއަށް މިހާރު ވަނީ ތައާރަފު ކޮށްފަ

ސްޓެންޑަޑް އެންޑް އޮރިޖިންގ ގެ ފަރާތުން ސައުދީގެ މަޝްހޫރު "މިލަފް ކޯލާ" ރާއްޖެއަށް މިހާރު ވަނީ ތައާރަފު ކޮށްފަ

ދުނިޔޭގައި އަލަށް ކަދުރުން އުފެއްދި ސައުދީ އަރަބިއްޔާގެ މަޝްހޫރު ސޮފްޓް ޑްރިންކް، "މިލަފް ކޯލާ" ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

މި ބުއިން ސައުދީގެ ރިޔާދުގައި ބޭއްވި ކަދުރު މައުރަޒުގައި ތަޢާރަފުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު ގައެ އެވެ. މިއީ ބްލިކް އިންވެސްޓްމަންޓް ފަންޑުގެ ސަބްސިޑިއަރީއެއް ކަމަށްވާ ތުރާތު އަލް-މަދީނާއިން ތައްޔާރުކޮށްފައިވާ ބުއިމެކެވެ.

Advertisement - newsAdvertisement

"މިލަފް ކޯލާ" ގެ ނަމުން ސައުދީ އަށް މަޝްހޫރު ބުއިން މީގެ ކުރިން ސައުދީއަށް ތައާރަފު ކުރި ނަމަވެސް ރާއްޖެއަށް މި ބުއިން މީގެ ކުރިން ތައާރަފު ކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް "މިލަފް ކޯލާ' ގެ މި ބުއިން ތައާރަފު ކޮށްފައި މިވަނީ "ސްޓެންޑަޑް އެންޑް އޮރިޖިންގ" ގެ ފަރާތުން ހުކުރު ދުވަހުގެ ރޭ މިކަމަށް ބޭއްވި ޚާއްސަ ހަފުލާއެއްގައި އެވެ.

"ސްޓެންޑަޑް އެންޑް އޮރިޖިންގ" ގެ ފަރާތުން ބުނީ މި ބުއިން ރާއްޖެއަށް ތައާރަފު ކުރާ މިއީ ފުރަތަމަ ފަހަރު ކަމަށާއި މި އުފެއްދުމަކީ މިވަގުތު ދުނިޔޭގެ ބާޒާރުގައި ލިބެން ހުރި ސޮފްޓް ބުއިންތަކުގެ އުފެއްދުން ތަކާއި އަޅާބަލާއިރު ރަހަ މީރު، ސަތޭކަ ޕަސަންޓް ސުގަ ފްރީ އުފެއްދުމެއް ކަމަށެވެ.

އަދި މިލަފް ކޯލާގެ މި އުފެއްދުމަކީ ސައުދީގައި އުފައްދާ ކަދުރުގެ މީރު ރަހަ ބޭނުން ކޮށްގެން އުފައްދާފައިވާ ބުއިމެއް ކަމަށް ވެސް ސްޓެންޑަޑް އެންޑް އޮރިޖިންގް ފަރާތުން ބުނެ އެވެ.

އެ ކުންފުނިން ބުނާގޮތުގައި މިއީ ސިއްހީ ފައިދާ ތަކާއި އެކު ހަށިގަނޑަށް ފިނިކަން ގެނެސްދޭގޮތަށް އުފައްދިފައިވާ، ސޮފްޓް ޑްރިންކް ސިނާއަތުގައި ސިއްހަތަށް ފައިދާހުރި އަދި ދެމެހެއްޓެނިވި ބުއިންތަކެއް އުފެއްދުމަށް އެޅިގެން ދިއަ މުހިންމު ފިޔަވަޅެކެވެ.

މިލަފް ކޯލާގެ މި އުފެއްދުމަކީ ސައުދީން މީގެ ކުރިން ބާޒާރަށް ނެރެފައިވާ އުފެއްދުމެއް ނަމަ ވެސް މިއީ މި އުފެއްދުން ރާއްޖެއަށް ތައާރަފު ކުރާ ފުރަތަމަ ފަހަރު. މި އުފެއްދުން މިއަދުން ފެށިގެން ރާއްޖޭން ލިބެން ހުންނާނެ. މިލަފް ކޯލާ އަކީ މިވަގުތު ދުނިޔޭގައި ވާދަކުރާ ތަފާތު އެކި ސޮފްޓް ބުއިންތަކާ އަޅާބަަލާއިރު، ނަމްބަރ ވަން ޑްރިންކް އޭވެސް ބުނެވިދާނެ. އޭގެ ތެރެއިން އެއް ސަބަބަކީ މި ބުއިމަކީ "ހަންޑްރެޑް ޕަސެންޓް ނޯ ސުގަރ". އަދި މިއީ ސައުދީ އަރަބިއާގެ އެންމެ އެލީޑް ޑޭޓްސް ނުވަތަ ކަދުރު ބޭނުން ކޮށްގެން ހަދާ ސޮފްޓް ބުއިމެއް.
ސްޓެންޑަޑް އެންޑް އޮރިޖިންގ

އެ ފަރާތުން ބުނީ ސައުދީގެ މި އުފެއްދުމަކީ މުޅި ދުނިޔޭގައި މިވަގުތު ލިބެން ހުރި ސޮފްޓް ބުއިންތަކުގެ ތެރެއިން ކަދުރުން އުފައްދާފައި ވާ ހަމައެކަނި ބުއިން ކަމަށެވެ.

މީގެ އިތުރުން "ސްޓެންޑަޑް އެންޑް އޮރިޖިންގ" ގެ ތިން ފިހާރައެއް މިވަގުތު އެބަހުރި ކަމަށާއި މި ތިން ފިހާރައިން ވެސް މިލަފް ކޯލާގެ އުފެއްދުންތައް ލިބެން ހުންނާނޭ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މި ފިހާރަތަކުން ހޯލްސޭލް ކޮށް އަދި ރިޓެއިލް ކޮށް ވެސް މި އުފެއްދުން ލިބެން ހުންނާނޭ ކަމަށް ވެސް "ސްޓެންޑަޑް އެންޑް އޮރިޖިންގ" އިން ބުންޏެވެ.

އަދި ހުރިހާ ބޭފުޅުން ވެސް ސައުދީގެ ކަދުރު ރަހައިން އުފައްދާފައިވާ "މިލަފް ކޯލާ" ގެ މި އުފެއްދުން ތަޖުރިބާކޮށްލުމަށް ވެސް "ސްޓެންޑަޑް އެންޑް އޮރިޖިންގ" ގެ ފަރާތުން ވަނީ އެދިފަ އެވެ.

މި ކޯލާ އަކީ ސައޫދީ އެރޭބިއަންގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑްގެ ސަބްސިޑަރީއެއް ކަމަށްވާ ތުރާތު އަލް މަދީނާގެ އުފެއްދުމެކެވެ.

އެ ކުންފުނިން ބުނީ ކަދުރުން ތައްޔާކުރި މި ކޯލާ އަކީ ތަފާތު ގޮތްގޮތަށް ކަދުރު ބޭނުން ކުރެވިދާނެ ކަން ދައްކައި ދިނުމާއި ސައުދީގެ އުފެއްދުންތެރިކަން އިތުރު ކުރަން ވުޖޫދަށް ގެނައި ވަރަށް ވެސް ރަހަ މީރު، ސިއްހަތަށް ފައިދާ ހުރި ކޯލާއެއް ކަމަށެވެ.

މިދި އަހަރުގެ ޑިސެމްބަރު މަހުގައި "މިލަފް ކޯލާ" ލޯންޗްކުރީ ރިޔާދު ޑޭޓް ފެސްޓިވަލްގަ އެވެ. ކޯލާ ލޯންޗްކޮށް ދެއްވީ ސައުދީގެ އެގްރިކަލްޗަ މިނިސްޓަރު އަބްދުއްރަހުމާން އަލް ފަދްލީ އާއި ތުރާތު އަލް މަދީނާގެ ސީއީއޯ ބަންދަރު އަލް ގަހްތާނީ އެވެ.

ތުރާތު އަލް މަދީނާ އިން ބުނީ "މިލަފް ކޯލާ" އަކީ އަދި ފެށުމެއް ކަމަށާއި ސައުދީގެ އިގުތިސާދު ސިންދަފާތު ކުރަން ކަނޑައަޅާފައި އޮތް 2030 ތަސައްވުރާ ވާ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި އަމިއްލަ އިތުރު އުފެއްދުންތަކެއް މާކެޓަށް ނެރޭނެ ކަމަށެވެ.

ގަހްތާނީ ވިދާޅުވީ އަލަށް ތައާރަފުކުރި ކޯލާ އަށް ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން މިހާރު ލިބެމުން އަންނަ ކަމަށާއި މިއީ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"މިލަފް ކޯލާ" މިހާރު ސައޫދީގެ އިތުރުން ރާއްޖެއަށް ވެސް ތައާރަފު ކުރިއިރު، ސަރަހައްދީ މާކެޓާއި ބައިނަލްއަގުވާމީ މާކެޓަށް މި ކޯލާ މިހާރު ވަނީ ނެރެފައެވެ.

ތުރާތު އަލް މަދީނާ ބުނީ މި ކޯލާ އަކީ ބައިނަލްއަގުވާމީ ފުޑް ސޭފްޓީ މިންގަނޑުތަކަށް ފެތޭ ގޮތަށް، އަދި ދެމެހެއްޓިނިވި ތިމާވެއްޓަށް ވެސް އިސްކަން ދީގެން ނެރެފައިވާ ބުއިމެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

27 ފެބުރުއަރީ 2017
  އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
20 ފެބުރުއަރީ 2017

ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު

20 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު
19 ފެބުރުއަރީ 2017

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި
19 ފެބުރުއަރީ 2017

ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި
14 ފެބުރުއަރީ 2017

ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި

14 ފެބުރުއަރީ 2017
ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް