Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ހަރުގެ ޖަލްސާ

އިންޑިއާގެ ބޮޑުވަޒީރު އެނބުރި އެ ވަޑައިގަތީ ރާއްޖޭގެ މިނިވަން ދުވަހު، ރައީސް މުއިއްޒު ކުޑަކަކޫ ޖައްސުވާފަ: ވަހީދު

1 އޯގަސްޓު 2025 | ހުކުރު 06:54

އިންޑިއާގެ ބޮޑުވަޒީރު މޯދީ ދަތުރުފުޅަށް ފަހު ވަޑައިގަތީ ރައީސް މުއިއްޒު ކުޑަކަކޫ ޖައްސުވާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 1 އޯގަސްޓު 2025 | ހުކުރު 06:54
އެމްޑީޕީ ހަރުގެ ޖަލްސާގައި އަބްދުﷲ ވަހީދު ވާހަކަދައްކަވަނީ

އެމްޑީޕީ ހަރުގެ ޖަލްސާގައި އަބްދުﷲ ވަހީދު ވާހަކަދައްކަވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަމާނަ ދަތުރުފުޅަށް ފަހު އެނބުރި ގައުމަށް އެެ ވަޑައިގަތީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުޑަކަކޫ ޖައްސުވާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ވަހީދު އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ޕާޓީ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ވަހީދު ވިދާޅުވީ މީގެ ކުރިން އެމްޑީޕީން ސަރުކާރެއް ޖަވާބުދާރީ ކުރުވަން މަސައްކަތް ނުކުރާ ވަރަށް މި ވޭތުވެ ދިއަ ދެ އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެމްޑީޕީ ހަރުގޭގައި އެކި ނަންނަމުގައި ކުރިއަށް ގެންދާ ހަރަކާތްތަކަކީ ވެސް މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ކުރަމުންގެންދާ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ އެމްޑީޕީ ފަހަތަކަށް ވެސް ނުޖެއްސޭނޭ ކަމަށާއި އެމްޑީޕީ ދެމިއޮންނާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ކެރިގެން ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ދެން މި ގައުމުގައި އޮންނާނީ އެމްޑީޕީ ވެރިކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ މިއަދު މިއޮތް ސަރުކާރު އިތުރަށް ދަމަހައްޓަން ބޭނުންވާ އެއްވެސް ރައްޔިތަކު މިހާރު މި ގައުމުގައި ނެތް ކަމަށާއި އެއީ މިއަދު ގިނަ ބަޔަކު ބޭނުންވާ ގޮތް ކަމަށެވެ. އަދި އޭގެ ސަބަބެއްކަމުގައި ވަނީ ރައީސް މުއިއްޒުގެ މި ސަރުކާރު އައީ މި ގައުމުގައި ތިބި އިންޑިއާ ސިފައިން މި ގައުމުން ބާލާނެ ކަމަށް ވައުދުވެގެން ކަމަށްވީ ނަމަވެސް އެ ވައުދު ފުއްދާފައި ނުވުން ކަމަށެވެ. އަދި އޭގެ ބަދަލުގައި ވެރިކަމަށް އައުމަށް ފަހު ކުރެއްވި ކަމަކީ އިންޑިއާ ސިފައިންގެ ޔުނިޔޯމް ބަދަލުކުރެއްވީ ކަމުަގައި ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމުގެ ވައުދު ވެސް ނުފުއްދުނު އިރު، އިންޑާއާއި އެކުގައި ހަދާފައި ހުރި އެއްބަސްވުންތައް ވެސް ހާމަނުކޮށް ސިއްރުކޮށްފައިވާ ކަމަށާއި އަދި އޭގެ އިތުރުން އިތުރު އެއްބަސްވުންތައް ވެސް މަތިމައްޗަށް ހަދަމުން އަންނަ ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައީ ދިވެރި ރައްޔިތުންނަށް މި ގައުމުގައި ތިބި އިންޑިއާ މިލިޓަރީ ސިފައިން މި ގައުމުން ފޮހެލާނެ ކަމަށް، މިގައުމުން ބާލާނެ ކަމަށް ވައުދުވެގެން. އާދެ! އެ ވައުދާއި އެކު ވަޑައިގެން މި ކުރެއްވީ ކޮންކަމެއްތޯ.. ޔުނީފޯމު ބަދަލުކުރެއްވީ.. ދެން ފެނިގެން ދިއައީ އިންޑިއާ އާއި އެކު ވެފައި ހުރި އެއްބަސްވުންތައް ސިއްރުކުރަން މަސައްކަތް ކުރާތަން.. އަދި އެއާއި އެކުގައި ދެން ގެންދިއައީ އެއްބަސްވުންތައް އާކުރަމުން އާކުރަމުން ގެންދެވީ..
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

މީގެ އިތުރުން ދެން ފެނިގެން މި ދިއައީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހު، އިންޑިއާގެ ބޮޑުވަޒީރު ވަޑައިގެން މި ގައުމުގެ ރައީސުލްލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ފަސްގަނޑުގައި ކުޑަކަކޫ ޖެއްސުވި މަންޒަރު ކަމުގައި ވަހީދު ވިދާޅުވިއެވެ.

ވަހީދު އިތުރަށް ވިދާޅުވީ މިއަދު ދިވެހިންނަށް މި ގައުމު ލިބެން ނެތް ކަމަށާއި މިހާރު މި އޮތް ވެރިކަން ބަދަލުނުކޮށް މި ގައުމު ސަލާމަތް ނުކުރެވޭނޭ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް