Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަން ރީނދޫ ހަރަކާތް

އެމްޑީޕީ "ރަން ރީނދޫ" ހަރަކާތުގައި ހުރިހާ އުމުރުފުރައަކަށް ވެސް ބައިވެރި ވެވޭނެ

30 ޖުލައި 2025 | ބުދަ 14:40

އެމްޑީޕީން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ ރަން ރީނދޫ އިވެންޓް އޮންނާނީ ހުކުރު ދުވަހު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 30 ޖުލައި 2025 | ބުދަ 14:40
އެމްޑީޕީން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ 'ރަން ރީނދޫ' ދުވުމުގައި ކުޑަކުދިންގެ އިތުރުން ހުރިހާ އުމުރުފުރައަކަށް ވެސް ބައިވެރިވެވޭނޭ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ބުދަ ދުވަހު އެމްޑީޕީ އޮފީހުގައި ކުރިއަށް ގެންދިއަ ނޫސްވެރިންގެ ބައްދަލު ވުމުގައި މައްޗަންގޯޅި މެދު ދާއިރާ ރައީސް އަހުމަދު ޝަޒީން ވިދާޅުވީ އެމްޑީޕީން އަންނަ ހުކުރު ދުވަހު ބާއްވާ "ރަން ރީނދޫ" އިވެންޓް ބާއްވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި ކަމަށެވެ.

Advertisement - newsAdvertisement

އަދި އެ ދުވަހުގެ އެ އިވެންޓު ބޭއްވުމަށް ވަމުންދާ ތައްޔާރީތައް މިހާރުވެސް ވަމުން އަންނަ ކަމަށާއި މި އިވެންޓް ފެށޭނީ ހުކުރު ދުވަހުގެ ހަވީރު 4:30 ގައި ކަމަށް ޝަޒީން ވިދާޅުވި އެވެ. އަދި އެދުވަހު އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް އެ ސަރަހައްދަށް ވަދެވޭނީ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި ހުންނަ ގޭޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަޒީން ވިދާޅުވީ މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް މޭމަތީގައި ހަރާކަތުގެ ނަން ޖަހާފައިވާ ބިބްސް ދޫކުރަން ފަށާފައިވާ ކަމަށާއި އިވެންޓްގައި ބައިވެރިވާ ބޭފުޅުންނަށް އެމްޑީޕީ ހަރުގެއިން ނަން ނޯޓު ކުރުމަށް ފަހު މިހާރު ބިބްސް ދޫކުރަމުން ގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ އިވެންޓް އޮންނަ ދުވަހު ސެންޓްރަލް ޕާކު ސަރަހައްދުން ވެސް ބިސްބް ދޫކުރަމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޝަޒީން ވިދާޅުވީ މި ހަރަކާތަކީ އެއްވެސް ވަނައެއް ހޮވާ ހަރަކާތެއް ނޫން ކަމަށާއި އެކަހަލަ އެއްވެސް ކަމެއް މި ހަރަކާތުގައި ރޭވިފައި ނުވާ ކަމަށެވެ.

ޝަޒީން ވިދާޅުވީ މި ހަރަކާތަކީ ކުޑަކުދިން އަދި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވެވޭނެ ގޮތަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި މި އިވެންޓުގައި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ވެސް އެރޭންޖް ކުރެވިފައިވާނެ ކަމަށެވެ. އެގޮތުން އެދު ވަހު ކުޑަކުދިންނަށް ހަދިޔާ ބެހުން އޮންނާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަރަކާތުގައި ވަނަ ހޮވާ ކަންކަން ނުކުރާނެ. ނަމަވެސް ކުޑަކުދިންނަށް އިނާމު ބެހުމަށް ވަނީ އެރޭންޖް ކުރެވިފަ.
މައްޗަންގޯޅި މެދު ދާއިރާ ރައީސް އަހުމަދު ޝަޒީން

ރަންރީނދޫ ދުވުން އެންމެ ފުރަތަމަ އެމްޑީޕީން ބާއްވަން އުޅުނީ ޖުލައި 18، ގައި ހުޅުމާލެ ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދުގަ އެވެ. ނަމަވެސް އެތަނުގައި ދުވުން ބާއްވަން އެޗްޑީސީން ހުއްދަ ނުދިނުމުން ފަހުން އެމްޑީޕީން ނިންމީ ޖުލައި 25، ގައި މާލޭގައި އެ ދުވުން ބާއްވާށެވެ. ނަމަވެސް އެދުވަހަށް ވެސް އެ ދުވުން ބާއްވަން ސަރުކާރުން ހުއްދަ ދީފައެއް ނުވެ އެވެ.

ނަމަވެސް ސަރުކާރުން ފަހުން ވަނީ އެމްޑީޕީގެ "ރަންރީނދޫ" ދުވުން ހުޅުމާލޭގައި ބޭއްވުމަށް ހުއްދަ ދީފައި އެވެ. ސަރުކާރުން ހުއްދަ ދިނުމާ ގުޅިގެން އެ ދުވުން އަންނަ މަހު އެއް ވަނަ ދުވަހު ބާއްވަން އެމްޑީޕީ ނިންމި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް