Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕޮލިސް

ފުލުހުންގެ ނޫސްބަޔާން: އެސް.ސީ ފުލުހުންނަށް އެ މުއްދަތުގައި ބޮޑުކުރި މުސާރަ ދީފައިވާކަމަކަށް ބުނެ ނުދެވުނު

30 ޖުލައި 2025 | ބުދަ 12:26

ފުލުހުންގެ އެސްސީ މުވައްޒަފުންނަށް މާރިޗު 2024 އިން ޑިސެމްބަރާ ހަމައަށް މުސާރައިގެ 85 އިންސައްތަ އަށްވާ ފައިސާ ލިބިފައެއް ނުވޭ

އަލީ ޝާހީން
އަލީ ޝާހީން | 30 ޖުލައި 2025 | ބުދަ 12:26
ދިވެހި ފުލުހުން

ދިވެހި ފުލުހުން

ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްސް އަށް އާންމު ފުލުހުންނަށް ދޭ މުސާރައިގެ 85 އިންސައްތަ އަށްވާ އަދަދު 2024 ވަނަ އަހަރުގެ މާރޗު މަހުން ފެށިގެން، އެ އެއަހަރުގެ ޑިސެމްބަރު މަހާ ހިސާބަށް އެ މުވައްޒަފުންނަށް ދީފައިވާ ކަމަކަށް ބުނެ ނުދެވުނެވެ.

29 ޖޫން ގައި "ބޮޑު ކުރި މުސާރަ ފުލުހުންނަށް ހަމަ އަށް ނުލިބޭ މައްސަލަ ފެންމަތިވެއްޖެ" މި ނަމުގައި ރާއްޖެ އެމްވީ އިން ޝާއިއު ކޮށްފައިވާ ޚަބަރާއި ގުޅިގެން ފުލުހުން ނެރުނު ނޫސް ބަޔާނުގައި އެ ޚަބަރު ދޮގުކޮށް ބުނީ، 2024 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ސަރުކާރުން ކަނޑައެޅުއްވި ގޮތައް ބޮޑުކުރެވުނު މުސާރަ "ފުލުހުންނަށް" ދަނީ އެއްވެސް އުނިއިތުރެއްނެތި ދެމުން ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް ރާއްޖެ އެމްވީން ޝާއިއު ކުރި ޚަބަރުގައި ބުނެފައިވާނީ، "ފުލުހުންނަށް ދޭ މުސާރައިގެ 85 އިންސައްތަ ސްޕެޝަލް ކޮންސްޓެބުލަރީ (އެސް.ސީ)އަށް ދޭން ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކަމަށާއި ފުލުހުންގެ މުސާރަ މިދިޔަ އަހަރުގެ މާޗު މަހު ބޮޑު ކޮށްފައި ވާއިރު ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުންނަށް އެ މުއްދަތުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް އެ ފައިސާ ދީފައި ނުވާ ކަމަށެވެ.

ސްޕެޝަލް ކޮންސްޓެބުލަރީގެ ގަވައިދު ބުނާގޮތުން، "ސްޕެޝަލް ކޮންސްޓެބުލަރީގެ މުވައްޒަފުންގެ މުސާރައަކީ، އެ މުވައްޒަފަކު ހުރި ރޭންކާއި އެއްދަރަޖައިގެ ޕޮލިސް ރޭންކަށް ކަނޑައެޅިފައިވާ އަސާސި މުސާރައިގެ 85% (އައްޑިހަ ފަހެއް އިންސައްތަ) އަށްވާ އަދަދެވެ."

ފުލުހުންގެ މުސާރަ އަށް އައި ބަދަލާއެކު ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ މުސާރަ އަށް އިތުރު ވަނީ 3،689 ރ. (ތިންހާސް ހަސްތޭކަ އައްޑިހަ ނުވަ ރުފިޔާ) އެވެ. އަދި އެ 9 މަހުގެ މުސާރައަށް އެ އަދަދު އިތުރުވެފައި ނުވާތީ ކަންބޮޑުވުން ފާޅުކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އެ މުއްދަތުގައި ލިބެން ޖެހޭ ފައިސާ ލިބިފައެއް ނުވެއެވެ. ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގައި ޚިދުމަތް ކުރާ ގާތްގަނޑަކަށް 177 މުވައްޒަފުންނަށް އެ މުވައްޒަފުންގެ މުސާރަ އަށް މީގެ ކުރިން ނުދީވާ 9 މަހަށްވާ ފައިސާގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ޖުމުލަ 33،201 ރ. ( ތިރީސް ތިންހާސް ދުއިސައްތަ އެއް ރުފިޔާ) ލިބެން ޖެހެއެވެ.

ފުލުހުން ނެރުނު ނޫސްބަޔާނާއި ގުޅިގެން "ހުރިހާ އެމްވީ" އިން ޝައިއުކުރި ޚަބަރުގައި ބުނިގޮތުގައި، އެ ނޫހަށް މައުލޫމާތު ދެމުން ފުލުހުންގެ ސީނިއަރ ބޭފުޅަކު ވިދާޅުވީ، ފުލުހުންގެ ޔުނީފޯމުގައި މަސައްކަތް ކުރާ އެސްސީ މުވައްޒަފުންނަށް ނިިމިދިއަ އަހަރުގެ މާރޗު މަހު ބޮޑުކުރި މުސާރައިން ދޭން ޖެހޭ އެއްވެސް ފައިސާއެއް ނުހުންނާނޭ ކަމަށް ބުނެ ފުލުހުންގެ އިދާރާއިން ނެރެފައިވާ ބަޔާނަކީ ދޮގު ބަޔާނެއް ކަމަށެވެ. އަދި އެ ނުވަ މަހުގެ ފައިސާ އަދިވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި ކަމަށް އެ ނޫހުގައި ރިޕޯޓު ކޮށްފައިވެ އެވެ.

ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުގައި ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްއަށް ދޭންޖެހޭ 85 އިންސައްތަ އަށްވާ ފައިސާ ނުދީ އެ ގަވައިދު އުވާލަން މިސަރުކާރުން ވަނީ މަޝްވަރާ ކޮށްފަ އެވެ. އެހެން ނަމަވެސް އަދި އެކަން ފާސްނުވާކަން ވަނީ އެނގިފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް