Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހިރާއްޖެ-ލަންކާ ގުޅުން

ސްރީ ލަންކާގެ ރައީސް ޑިސެނަޔަކަ ރާއްޖެ ވަޑައިގެންފި

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ލަންކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން، ޑިސަނަޔަކަ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖުލައި 2025 | ހޯމަ 04:12
ސްރީ ލަންކާގެ ރައީސް ޑިސަނަޔަކަ އަދި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ސްރީ ލަންކާގެ ރައީސް ޑިސަނަޔަކަ އަދި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަ ރާއްޖެ ވަޑައިގެންފި އެވެ.

ހޯމަ ދުވަހު ޑިސަނަޔަކަ ރާއްޖެ ވަޑައިގެންފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށެވެ. ޑިސަނަޔަކަ ރާއްޖެ ވަޑައިގެންނެވީ ދެ ދުވަހުގެ ދަތުރުފުޅެއްގަ އެވެ.

Advertisement - newsAdvertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑިސަނަޔަކަށް މަރުޙަބާ ވިދާޅުވީ ރައީސް މުޢިއްޒު އެވެ. އޭގެ އިތުރުގެ ދައުލަތުގެ ވަޒީރުންނާއި، ބައެއް އިސްވެރިން ވެސް ވަނީ ޑިސަނަޔަކަށް މަރުޙަބާ ދެންނެވުމަށް ވަޑައިގެންފަ އެވެ.

ސްރީ ލަންކާގެ ރައީސް ޑިސަނަޔަކަގެ މި ދަތުރުފުޅުގައި ރައީސް މުޢިއްޒުއާ ބައްދަލު ކުރައްވާނެ އެވެ. އަދި ރާއްޖެ އާއި ލަންކާއާ ދެމެދު ރަސްމީކޮށް މަޝްވަރާތައް ކުރިއަށް ގެންދަވައި، ދެ ޤައުމުގެ ދެ މެދުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮރުން ވެސް މަޝްވަރާ ކުރުން ކުރިއަށް ގެންދާނެ އެވެ.

ޑިސަނަޔަކަ ރާއްޖެ ވަޑައިގެންފައި ވަނީ، ދިވެހި ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރިތާ 60 އަހަރު ފުރުން ފާހަގަ ކުރުމުގެ މުނާސަބަތާ ދިމާކޮށެވެ. ރާއްޖެ އާއި ލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކޮށްފައި ވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ލަންކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން، ޑިސަނަޔަކަ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު