Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަކީލުންގެ ދުސްތޫރީ ފަސާނާ

ތައައްސުބުން އެއްކިބާވެ އިންސާފު ގާއިމްކުރުމަށް ސުޕްރީމް ކޯޓު ކުރިމަތީ ބެނާއެއް ދަމައި ވަކީލުން "ދުސްތޫރީ ފަސާނާ" އަށް!

30 އޯގަސްޓު 2017 | ބުދަ 09:26

ދުސްތޫރީ ފަސާނާއަކީ އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 30 އޯގަސްޓު 2017 | ބުދަ 09:26
ސުޕްރީމް ކޯޓު ބޭރުގައި ވަކީލުންތައް ބެނާ ހިފައިގެން

ސުޕްރީމް ކޯޓު ބޭރުގައި ވަކީލުންތައް ބެނާ ހިފައިގެން

"ތައައްސުބުން އެއްކިބާވެ އިންސާފު ގާއިމްކުރުމަށް" ގޮވާލައި ސުޕްރީމް ކޯޓު ކުރިމަތީ ބެނާއެއް ދަމައި، ރާއްޖޭގެ ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން 'ދުސްތޫރީ ފަސާނާ" އަށް ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގެ އަދުލު އިންސާފުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް، ކޯޓުތަކުގައި ވަކާލާތު ކުރައްވާ 56 ވަކީލެއް ސޮއިކޮށް ބުދަ ދުވަހު ވަނީ ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެ ޕެޓިޝަން ބަލައިގަންނަން ދެކޮޅު ހަދާފަ އެވެ.

Advertisement - newsAdvertisement

އެ ޕެޓިޝަން ސުޕްރީމް ކޯޓާ ހިއްސާ ކުރުމަށް ގިނަ އަދަދެއްގެ ވަކީލުން އެ ކޯޓަށް ވަޑައިގެންނެވި އެވެ. ޕެޓިޝަން ބަލައިނުގަތުމުން ކޯޓުން ނިކުމެވަޑައިގެން ވަކީލުންތައް ވަނީ "ތަައައްސުބުން އެއްކިބާވެ އިންސާފު ގާއިމް ކުރުމަށް" ގޮވާލައި، ސުޕްރީމް ކޯޓުގެ ބޭރުގައި ބެނާއެއް ދަމާފަ އެވެ.

ޕެޓިޝަން ހުށަހެޅުއްވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ގާނޫނީ ވަކީލު މަހުފޫޒް ސައީދު ވިދާޅުވީ އެ ޕެޓިޝަނުގައި ވަކީލުންތައް ކަންބޮޑުވުން ފާޅުކޮށްފައި ވާނީ ޝަރީއަތް ކުރެވެމުންދާ ގޮތާއި، ޓެރަރިޒަމުގެ ހަގީގީ މާނަ އޮޅުވާލައިގެން ދައުވާ ކުރުމާއި، މުއްދަތު ޖެހުމުގައި ހަމައެއް ލަމައެއް ނެތުމާއި، ކުރެވެމުންދާ ހުކުމްތަކާއި، ފަނޑިޔާރުންނަށް ނުހައްގުން އަދަބު ދިނުން ފަދަ ކަންތައްތަކަށް ކަމަށެވެ.

މީގެ އިތުރުން ވަކީލުންގެ ކަންކަމާ ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުމާއި، އެއްވެސް ސަބަބެއް ނެތި ވަކީލުންނާ މެދު ފިޔަވަޅު އެޅުމާއި، ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) ހިންގަމުންދާ ގޮތާއި، އަދި ޕްރޮސެކިއުޓަރ ޖެނެރަލްއާއި ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތު އަދާނުކުރުން ފަދަ ކަންކަމާ މެދު ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށް މަހުފޫޒް ވިދާޅުވި އެވެ.

މަހުފޫޒް ވިދާޅުވީ ވަކީލުން މި ފެށި މަސައްކަތަކީ އެއްވެސް ބަޔަކަށް އެއްވެސް ކަމެއް ސާބިތު ކޮށްދޭން ފެށި މަސައްކަތެއް ނޫން ކަމަށާއި ކަންބޮޑުވުންތައް ހިއްސާކުރުމުގެ މަސައްކަތް ފެށީ އަދުލުއިންސާފުގެ ނިޒާމު ރަނގަޅުވާ ތަން ފެނުމަށް ވަކީލުން ބޭނުންވާތީ ކަމަށެވެ. އޭނާ ވިދާޅުވީ ޕެޓިޝަނުގައި 56 ވަކީލުން ސޮއިކޮށްފައިވީ ނަމަވެސް، މިކަމަށް ގިނަ އަދަދެއްގެ ވަކީލުން ތާއީދުކުރައްވާ ކަމަށާއި، އެ ވަކީލުންތައް ސޮއިކޮށްފައި ނުވަނީ ލައިސެންސް ސަސްޕެންޑް ކޮށްފާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ފަހަތުގައި ތިބި ވަކީލުންގެ އަދަދު ވަރަށް ގިނަ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޕެޓިޝަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް އަދިވެސް ކުރާނަން، މި ފެށުނު މޫވްމެންޓް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނަން، ދިވެހިރާއްޖޭގެ ޖުޑިަޝަރީގައި މިހާރު މިހިނގާ ކަންކަން ޖެހޭނީ އިސްލާހުވާން،"

މަހުފޫޒް ވިދާޅުވީ ކަންކަން އިސްލާހު ކުރުމަށް ޝަރުއީ ދާއިރާއިން އެހީތެރިކަން ބޭނުންވާނަމަ ވަކީލުންގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. "ހަގީގަތުގައި ވެސް އަޅުގަނޑުމެން އެންމެންނަށް އެބަފެނޭ ކަންކަން ރަނގަޅަށް ނޫންކަން މިދަނީ، ކަންކަން ރަނގަޅަށް ނުދަނީ އޭގެ ސަބަބުތަކެއް ހުރީމަ، އެ ސަބަބުތައް ހާމަވެ، އެ ސަބަބުތަކަށް ހައްލެއް ލިބިގެންދާން އެބަޖެހޭ، އެކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެހީތެރިވެދޭން އަޅުގަނޑުމެން މިތިބީ،" މަހުފޫޒް ވިދާޅުވި އެވެ.

މަހުފޫޒް ވިދާޅުވީ ކެރިގެން ކަންތައްތަކާ ކުރިމަތިލާން ވަކީލުން ނިކުތުމަށް ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންތައްތައް ވެސް ކުރަމުންދާނެ ކަމަށެވެ.

ޕެޓިޝަނުގައި ސޮއިކުރި 55 ވަކީލުން އިސްނަންގަވައިގެން "ދުސްތޫރީ ފަސާނާގެ" ނަމުގައި ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ތަކެއް ފެށުމަށް ވަނީ ނިންމާފަ އެވެ. ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ ދުސްތޫރީ ފަސާނާގެ ފުރަތަމަ ހަރަކާތް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ. ސުއޫދު ވިދާޅުވީ ކަންކަން އިސްލާހު ވަންދެން ދުސްތޫރީ ފަސާނާގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ޒަރީރުގެ މައްޗަށް ހިންގީ ބޭއިންސާފު ޝަރީއަތެއް: ރައީސް ނަޝީދު

27 ފެބުރުއަރީ 2017
ޒަރީރުގެ މައްޗަށް ހިންގީ ބޭއިންސާފު ޝަރީއަތެއް: ރައީސް ނަޝީދު
23 ފެބުރުއަރީ 2017

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް