Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމި ސަރުކާރުގެ ތަރައްގީ

މި ސަރުކާރަށް ބިންގާ އެޅުން ފިޔަވައި އެއްވެސް ކަމެއް ނުކުރެވޭ: މެންބަރު އައްބާސް

24 ޖުލައި 2025 | ބުރާސްފަތި 08:31

ކުރީ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތައް ވެސް ކުރިއަށް ނުގެންދެވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޖުލައި 2025 | ބުރާސްފަތި 08:31
ފަލަސުރުހީ ޕްރޮގްރާމްގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވާހަކަދައްކަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ބިންގާ އެޅުން ފިޔަވައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު އައްބާސް ވިދާޅުވީ ރައީސް މުއިއްޒުގެ ރިޔާސީ އިންތިޚާބުގެ ވައުދުތަކުގެ ތެރޭގައި ނ.އަތޮޅުގެ ތަރައްގީއަށް ވަރަށް ގިނަ ވައުދުތައް ވެވަޑައިގެންނެވި ކަމަށެވެ. މެނިފެސްޓޯ އެކުލަވާލައި، ވެލިދޫ، ޅޮހި އަދި ފޮއްދޫއަށް ކޮށްދެއްވާނެ ކަންކަން ހިމެނުއްވި ކަމަށް މެންބަރު އައްބާސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނަމަވެސް މިސަރުކާރަށް ދެ އަހަރުވާން ކައިރިވަމުންދާއިރު، އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމަށާއި، ކުރީ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތައް ވެސް ކުރިއަށް ނުގެންދެވޭ ކަމަށް މެންބަރު އައްބާސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މުޅި އަތޮޅަށް ބަލާއިރު ވެސް ތަރައްގީގެ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.

ވެލިދޫ، ޅޮހި އަދި ފޮއްދޫގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ރައީސް މުއިއްޒަށް ވަކިވަކިން މެސެޖް ކުރެއްވިކަން ފާހަގަކުރައްވައި މެންބަރު އައްބާސް ވިދާޅުވީ އެއްވެސް ކަމަކަށް އެމަނިކުފާނު އިޖާބަ ދެއްވާފައިނުވާ ކަމަށެވެ. ރައްޔިތުންނަށް ހެޔޮ އެދިގެން ރައްޔިތުންގެ ލާބަޔާ މަންފާއަށް އެއްވެސް ކަމެއް މިސަރުކާރުން ނުކުރާ ކަމަށް މެންބަރު އައްބާސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ބިންގާ އެޅުން ކަމަށެވެ.

މިހާރު ތެދުތެދަށް ދަންނަވާ ކަމަށްވަންޏާ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއް އަދި އޭގެ އިތުރުން މެނިފެސްޓޯގައި އިތުރަށް ލިޔެފައި އެބަހުރި ވެލިދޫއަށް ކޮށްދޭނެ ކަންތައްތައް. ޅޮސްއަށް ކޮށްދޭނެ ކަންތައްތައް. ފޮއްދޫއަށް ކޮށްދެއްވާނެ ކަންކަން. އެއިން އެއްވެސް ކަމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ދައުރަށް ދެއަހަރު ވަމުންދާއިރު އަދި ކޮށްދެއްވާފައި ނެތް އެއްކަމެއް ވެސް. އަދި މުޅި އަތޮޅަށް ބަލާލާއިރު ވެސް އަތޮޅުގައި ނެތް އެއްވެސް ކަމެއް ކޮށްދެއްވާފައި. އެންމެ ކުޑަ މިނުން ނިމިދިޔަ ސަރުކާރުން ހިންގާފައި ހުރި ތަރައްގީގެ މަޝްރޫއުތަކުގެ ނުނިމިހުރި 5 ޕަސެންޓް ނޫނީ 15 ޕަސެންޓުގެ މަސައްކަތުގެ ތެރެއިން އެއްވެސް މިންވަރެއް މިއަދާ ހިސާބަށް ހާސިލް ކުރެވިފައިނުވޭ. ދެން ވިދާޅުވަނީ މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މިސާލަކަށް ވެލިދޫ ހޮސްޕިޓަލް. އެއީ ވެލިދޫ ރައްޔިތުންނަށް އެންމެ މުހިންމު ކަންތައް. ދެން ޅޮހީގެ ރައްޔިތުންނަށް އެންމެ މުހިންމު ކަމަކީ ޅޮހީގައި 15 ޕަސެންޓް މަސައްކަތް ނިމިފައި އޮތް ނަރުދަމާ. ފޮއްދޫ ރައްޔިތުންނަށް އެންމެ މުހިންމީ ފޮއްދޫގައި ރައްޔިތުންނަށް ދުވަހަކު ވެސް ލަފާފުރާނެ ބަނދަރެއް ނެތް މައްސަލަ.
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ބައެއް މަޝްރޫއުތައް ފައްޓަވައިދެއްވުމަށް ރައީސް މުއިއްޒު ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި މިމަހުގެ 21 ވަނަ ދުވަހު ނ.އަތޮޅަށް ވަޑައިގެންނެވިއެވެ. އަދި އެ އަތޮޅު ފޮއްދުއަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ އެ ދާއިރާގެ މެންބަރު އައްބާސްގެ އެއްބާރުލުމެއް ނުލިބޭ ތަނުގައި، ކަންކަން ކުރުމަށް ހުރަސް އަޅަމުންދާ ކަމަށެވެ.

މިކަމަށް ރައްދުދެއްވައި މެންބަރު އައްބާސް ވިދާޅުވީ ސިޔާސީ މައިދާނުގައި މިހާތަނަށް ހޭދަކުރި 18 އަހަރު އޭނާގެ ހަށިގަނޑުގައި ނާޅާ ވޭން މިއަދު އަޅަމުން ދާ ކަމަށެވެ. އަދި މިހާތަނަށް ބުނި ކޮންމެ ބަހެއް އަދި ކުރި ކޮންމެ ކަމެއް ކުރީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް