ދިވެހި ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެެ ވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ވިލާތައް ކުރައްވާ ރަސްމީ ދަތުރުފުޅަކަށް ފުރާވަޑައިގަތުމުގެ ކުރިން އެކްސް ގައި ބުދަ ދުވަހު ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ، ޖުލައި 25 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ދިވެހިރާއްޖެ އަށް ވަޑައިގަންނަވާނެ ކަމަށެވެ.
މޯދީ ވިދާޅުވީ މިއަހަރަކީ އިންޑިޔާ އާއި ދިވެހިރާއްޖެ އާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށާއި ރައީސް މުޢިއްޒް އާ އެކު ކުރެވޭ މަޝްވަރާތަކުން، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަަމަށެވެ.
މޯދީ އިނގިރޭސިވިލާތައް ކުރައްވާ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގަންނަވާނީ ހުކުރު ދުވަހުއެވެ.
Day after tomorrow, 25th July, I will be in the Maldives at the invitation of the President Dr. Mohamed Muizzu. I am honoured to be taking part in the 60th Independence Day celebrations of the Maldives. This year we also mark 60 years of India-Maldives diplomatic relations. The…
— Narendra Modi (@narendramodi) July 23, 2025
މުއިއްޒުގެ ވެރިކަމުގައި ރާއްޖެ ވަޑައިގަންނަވާ ބޭރު ގައުމެއްގެ ފުރަތަަމަ ލީޑަރަކީ މޯދީ އެވެ.
މިއީ ބޮޑު ވަޒީރު ރާއްޖެ އަށް ކުރައްވާ ތިންވަނަ ރަސްމީ ދަތުރުފުޅެވެ.