Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ ޕާޓީތަކުގެ މަޝްވަރާ

ރައީީސް މައުމޫނާއި ޕާޓީތަކަށް، މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރުން ގޮވާލައިފި

ސިޔާސީ އިދިކޮޅު ހުރިހާ ލީޑަރުން ތިއްބެވީ ޖަލުގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 30 އޯގަސްޓު 2017 | ބުދަ 09:37
މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ސަރުކާރުގެ މިނިސްޓަރު ޑރ. ޝައިނީ

މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ސަރުކާރުގެ މިނިސްޓަރު ޑރ. ޝައިނީ

ޕީޕީއެމްގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި ސިޔާސީ ޕާޓީތަކަށް، މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރުން ދައުވަތު ފޮނުވައިފި އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭނުންވާ އިސްލާހީ ބަދަލުތައް ހަތް ދުވަހުގެ ތެރޭގައި ލިޔުމުން އަންގައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުރިހާ ޕާޓީތަކަށާއި ރައީސް މައުމޫނަށް ބުދަ ދުވަހު ވަނީ ސިޓީ ފޮނުވާފަ އެވެ.

ޕާޓީތަކަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި ސިޔާސީ ގޮތުން އޮތް ހިޔާލު ތަފާތުވުންތައް ނައްތާލައި، ގައުމު ތަރައްގީކުރުމާއި ބިނާ ކުރުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި، އަދި ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ސަރުކާރުން އެކި ފަހަރުމަތިން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް މަޝްވަރާތައް ފެށުމުގެ އެކިއެކި ޝަރުތުތައް ކުރަމުން ދިއުމުގެ ސަބަބުން މަޝްވަރާތައް ކުރިއަށް ގެންދެވޭ ގޮތް ނުވެފައިވާ ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.

މަޝްވަރާތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ހުންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކަންކަން އިސްލާހުކުރަން ބޭނުންވާކަމުގެ ވާހަކަތައް ދައްކަމުންދާ ކަމަށާއި، އެހެންކަމުން ސަރުކާރުން ބޭނުންވަނީ އެއީ ކޮން ކަންތައްތަކެއްކަން ދެނެގަންނަން ކަމަށެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން ޖަލު ހުކުމަކާ ކުރިމަތިލައްވަން ނުޖެހި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް ހުކުމްކުރިތާ ހަފްތާއެއް ފަހުން، ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ގޮވާލާފައިވާއިރު، ޝައިނީ ވިދާޅުވީ މަޝްވަރާތައް ބާއްވަންޖެހޭނީ ވަކި ފަރުދެއްގެ މައްސަލައާ ވާހަކަ ދެއްކުމުގެ ބަދަލުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އެފަދަ ހުށަހެޅުންތަކެއް ހުރި ކަމަށް ސަރުކާރަށް ފެންނަ ކަމަށް ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ އެ ކަންތައްތައް ހަތް ދުވަހުގެ ތެރޭގައި ހުށަހެޅުމުން ސަރުކާރާއެކު ތިބި ސިޔާސީ ފަރާތްތަކާ މަޝްވަރާކުރާނެ ކަމަށާއި އެއަށްފަހު އީޖާބީ ބަދަލުތަކެއް ފެންނަ ނަމަ މަޝްވަރާގެ މަސައްކަތް ފަށާނެ ކަމަށެވެ. ޝައިނީ ވިދާޅުވީ ސިޔާސީ މަސްރަހު "އޮމާންކޮށް، ފިނިކުރުމަށް" މަޝްވަރާތަކަށް އަންނަންވާނީ އެއްވެސް ޝަރުތަކާ ނުލައި ކަމަށެވެ.

"މިފަހަރު ސިޓީ މި ފޮނުވީ ޖަލަށް ލާފަ ހުރި މީހަކަށެއް ނޫން، ޕާޓީތަކުގެ ލީޑަރުންނަށް، ދެން އެބޭފުޅުންނަށް އެކިއެކި ކަންކަމުގެ ތުހުމަތުކުރެވިގެން ޝަރީއަތް ހިންގުމާ ޖަލަށް ލެވިފަ ހުރުމާ ޖަލުން ފިލައިގެން އުޅުމާ މިއީ އެހެން ލެވަލްއެއްގަ ހިނގާ ކަންތައްތައް. ހަމަގައިމުވެސް ހުރިހާ އެންމެންގެ މައްޗަށް މިހާރު ޝަރީއަތް ކުރެވޭނެ ކަން ހުކުމް އަންނާނެކަން އެއްވެސް މީހަކު ތަފާތުނުކޮށް، ސަރުކާރުން ބޭނުންފުޅުވޭކަން މި ހުރިހާ އެންމެންނާ ދޭތެރޭގައި ވެސް އެއްވަރަކަށް ގާނޫނާއި ގަވާއިދުތައް ތަންފީޒްވާން ރައްޔިތުންނަށް ޔަގީންވާނެ، އެހެންވީމަ އޭގެ ތެރޭގައި އަދި މީހަކު ކޮށްފައި ހުރި ކަމެއްގެ ސަބަބުން އޭނައަށް ވަކިވަކިން އަންނަ ކަންތައްތަކާ ޕާޓީއާ ވަރަށް ތަފާތު، އެހެންވީމަ ޕާޓީގެ ލީޑަރުންނަށް ސިޓީ ފޮނުވާފަ އެއޮތީ އެއީ ލީޑަރުންނަށް ވާތީވެ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެެއިން ކަމަށާއި "ޗާޓުން ބޭރުން" އެއްވެސް ކަމެއް ކުރަމުންނުދާ ކަމަށެވެ. އެހެންކަމުން ހުރި މައްސަލަތަކަކީ ކޮބައިކަން ސަރުކާރަށް އެނގޭނީ އިދިކޮޅު ފަރާތްތަކުން ބުނެދިނުމުން ކަމަށް ޝައިނީ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ޝައިނީއާ ވަރުގަދަ ސުވާލުތަކެއް ކުރިމަތިކުރުވާފަ އެވެ. އެގޮތުން ސަރުކާރުގެ ތެރޭގައި "ގޯސްކޮށް" ހިނގަމުންދިޔަ ކަންތައްތައް ސީދާ ރައީސް އަބްދުﷲ ޔާމީނުގެ ސަމާލުކަމަށް ރައީސް މައުމޫނާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ގެންނެވި ކަމާއި އެއިރު އެކަންތައްތައް އިސްލާހު ނުކުރި ސަބަބާ މެދު ސުވާލުކުރި އެވެ. އަދި ސަރުކާރުގައި އިސްލާހު ކުރަންޖެހޭ ކަމެއް ހުރިކަމަށް ސަރުކާރުން ގަބޫލުކުރޭތޯ ސުވާލުކޮށްފައިވެއެވެ.

މީގެ އިތުރުން، ޕާޓީތަކަށް ފޮނުވި ސިޓީތަކުގައި އެ ޕާޓީގެ ލީޑަރުންނަށް ނުވަތަ ރައީސުންނަށް އެޑްރެސް ކޮށްފައިވަނީ ކީއްވެތޯ ވެސް ސުވާލުކޮށްފައިވެއެވެ. ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ސިޔާސީ ޕާޓީއާއި ޖަމްއިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުމުގެ އިތުރަށް އެއިން ތަނެއްގެ މަސްއޫލްވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ނުލިބޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނު ވަނީ އިސްލާހު ކޮށްފަ އެވެ.

ކޯލިޝަނަކުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރެއްވި އިރު، ޚިޔާނާތުގެ މައްސަލަތައް ފެންމަތިވުމާއެކު ޝެއިޚް އިމްރާން ވަނީ ރައީސް ޔާމީނާ ބައްދަލުކުރައްވައި، މަޝްވަރާކޮށްގެން ކަންތައްތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް، ހައްލެއް ނުލިބުމުން އަދާލަތު ޕާޓީއިން ކޯލިޝަނާ ވަކިވެ އިދިކޮޅު އެމްޑީޕީއާއެކު މަސައްކަތް ކުރަން ފެއްޓި އެވެ.

ރައީސް މައުމޫން ވެސް ވަނީ ސަރުކާރުގެ ތެރޭގައި ގޯސްކޮށް ހިނގަމުންދިޔަ ކަންތައްތައް ސިޓީގެ ޒަރިއްޔާއިން ރައީސް ޔާމީނުގެ ސަމާލުކަމަށް އެތައް ފަހަރެއްގެ މަތިން ގެނެސްދެއްވާފަ އެވެ. އެހެންނަމަވެސް، އެ ސިޓީތަކަށް ޖަވާބެއް ނުލިބި އެތައް ދުވަހެއް ފާއިތުވުމުން އެމަނިކުފާނު ވެސް ވަނީ ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވާފަ އެވެ. ރައީސް މައުމޫން ވެސް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިދިކޮޅު ފަރާތްތަކާއެކު އެވެ.

މީގެ ކުރިން 2015 ވަނަ އަހަރުގެ މެދު ތެރޭގައާއި، 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަޝްވަރާ ކުރުމަށް ސަރުކާރުން ޕާޓީތަކަށް ދައުވަތު ދިނެވެ. އެހެން ނަމަވެސް، ވަކި ހިސާބަކުން މަޝްވަރާތައް ހުއްޓިގެން ދިޔައީ ޖަލުގައި ބަންދުކުރެވިފައިވާ ޕާޓީތަކުގެ ލީޑަރުން މަޝްވަރާގައި ބައިވެރިކުރުމާ މެދު "އެއްގަލަކަށް" ނޭރުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެލެތޯން ފަންޑަށް ރައީސް މައުމޫނާއި މެންބަރު ފާރިސް އެހީ ހަދިޔާކުރައްވައިފި

ޓެލެތޯން ފަންޑަށް ރައީސް މައުމޫނާއި މެންބަރު ފާރިސް އެހީ ހަދިޔާކުރައްވައިފި

12 ސެޕްޓެމްބަރު 2017
ބޭރުގެ ލޮލުގައި އަނދުން އަޅުވަން ނޫޅޭ، ލީޑަރުން ދޫކޮށްލާފަ މަޝްވަރާގެ ވާހަކަ ދައްކާ: އިދިކޮޅު ފަރާތްތައް

ބޭރުގެ ލޮލުގައި އަނދުން އަޅުވަން ނޫޅޭ، ލީޑަރުން ދޫކޮށްލާފަ މަޝްވަރާގެ ވާހަކަ ދައްކާ: އިދިކޮޅު ފަރާތްތައް

11 ސެޕްޓެމްބަރު 2017
ރައީސް މައުމޫނާއި ދުންޔާ މާފުށީ ޖަލަށް

ރައީސް މައުމޫނާއި ދުންޔާ މާފުށީ ޖަލަށް

24 އޯގަސްޓު 2017
ވާނުވޭ ނޭނގި ޖޫރިމަނާ ނުކޮށް، ޕާޓީތަކަށް ދޭންޖެހޭ ފައިސާ ދޭންވީ ނޫންތޯ: އެމްޑީޕީ

ވާނުވޭ ނޭނގި ޖޫރިމަނާ ނުކޮށް، ޕާޓީތަކަށް ދޭންޖެހޭ ފައިސާ ދޭންވީ ނޫންތޯ: އެމްޑީޕީ

19 އޯގަސްޓު 2017
 ޕާޓީތަކަށް ފާއިސާ ނުދީ ހިފަހައްޓާފައި ވާތީ މިނިސްޓަރ މުނައްވަރު ޖަވާބުދާރީ ކުރެވޭނެ!

ޕާޓީތަކަށް ފާއިސާ ނުދީ ހިފަހައްޓާފައި ވާތީ މިނިސްޓަރ މުނައްވަރު ޖަވާބުދާރީ ކުރެވޭނެ!

24 ޖުލައި 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު