Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދުގެ މައްސަލަ

ރައީީސް ނަޝީދުގެ މައްސަލައިގައި ކޯޓަށް ވަޑައިގެންނެވި ދައުލަތުގެ ހުރިހާ ވަކީލުން ޕީޖީއިން ވަކިވެއްޖެ

11 ޖުލައި 2017 | އަންގާރަ 05:33

މައްސަލައަށް ވަޑައިގެންނެވީ މައިގަނޑު ގޮތެއްގައި ހަތަރު ވަކީލުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 11 ޖުލައި 2017 | އަންގާރަ 05:33
ކޯޓުގެ އަޑުއެހުމަކަށް ފަހު ރައީސް ނަޝީދު މާފުށީ ޖަލަށް ގެންދިއުމަށް ލޯންޗުގައި

ކޯޓުގެ އަޑުއެހުމަކަށް ފަހު ރައީސް ނަޝީދު މާފުށީ ޖަލަށް ގެންދިއުމަށް ލޯންޗުގައި

ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމުގެ ދައުވާގެ ޝަރީއަތަށް ކޯޓަށް ވަޑައިގެންނެވި ދައުލަތުގެ ހުރިހާ ވަކީލުން ވެސް ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) ގެ އޮފީހުން ވަކިވެވަޑައިގެންފި އެވެ.

ވެރިކަމުގައި ހުންނެވި އިރު، ކްރިމިނަލް ކޯޓުގެ އެއިރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު(އަބްދުﷲ) ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް ގިރިފުށީގައި ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

Advertisement - newsAdvertisement

އެ މައްސަލައިގެ ޝަރީއަތަށް ދައުލަތުގެ ފަރާތުން ވަޑައިގެންނެވީ ހަތަރު ވަކީލެކެވެ. އެގޮތުން، އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވީ މިހާރުގެ ކްރިމިނަލް ކޯޓްގެ ގާޒީ އާދަމް އާރިފްއާއި، މިހާރުގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް އަހުމަދު ހިޝާމް ވަޖީހުއާއި، ނޫރުއްސަލާމް އަބޫބަކުރުގެ އިތުރުން އާދަމް މުހައްމަދު އެވެ.

އެ ހަތަރު ބޭފުޅުންގެ ތެރެއިން ފުރަތަމަ ޕީޖީ އޮފީހުންވަކިވެވަޑައިގަތީ ގާޒީ އާދަމް އާރިފް އެވެ. އާދަމް އާރިފް ޕީޖީ އޮފީހުން ވަކިވެވަޑައިގަތީ ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމު ލިބިވަޑައިގަތުމުން މިދިޔަ އަހަރުގެ މެދު ތެރޭގަ އެވެ.

އޭގެ ފަހުން ޕީޖީ އޮފީހުން ވަކިވެވަޑައިގަތީ މިހާރު އެސިސްޓެންޓް އެޓާނީ ޖެނެރަލް އަހުމަދު ހިޝާމް ވަޖީހު، ޕީޖީ އޮފީހުން ވަކިވެވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ. އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމަށް ހިޝާމް އައްޔަން ކުރައްވާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

ހިޝާމް އަށް ފަހު ޕީޖީ އޮފީހުން ވަކިވެވަޑައިގަތީ ނޫރުއްސަލާމް އަބޫބަކުރު އެވެ. ނޫރުއްސަލާމް ޕީޖީ އޮފީހުން ވަކިވެވަޑައިގަތީ މިއަހަރުގެ ފެބްރުއަރީ މަހުގަ އެވެ. ނޫރުއްސަލާމް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގާނޫނީ ވަކީލެއްގެ ގޮތުގަ އެވެ.

ރައީސް ނަޝީދުގެ މައްސަލައިގައި ވަޑައިގެންނެވި ވަކީލުންގެ ތެރެއިން އެންމެ ފަހާ ޖެހެންދެން ޕީޖީ އޮފީހުގައި ހުންނެވީ އާދަމް މުހައްމަދު އެވެ. ޕްރައިވެޓް ޕްރެކްޓިސް އަށް ނިކުތުމަށް އޭނާ ވަނީ މިމަހުގެ ތެރޭގައި ޕީޖީ އޮފީހުން އިސްތިއުފާ ދެއްވާފަ އެވެ.

އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ރައީސް ނަޝީދުގެ އިތުރުން، ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަދި މިހާރު ރައްޔިތުން މަޖިލީހުގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީއާއި ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުވާ ކުރި އެވެ.

ރައީސް ނަޝީދާއި ތޮލްހަތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި، މޫސާ އަލީ ޖަލީލާއި ކާނަލް ޒިޔާދުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކަނޑައެޅިއިރު، މެމްބަރު އިބްރާހިމް ދީދީގެ ކުރި ދައުވާ އަނބުރާ ގެންދިޔަ އެވެ. ނަމަވެސް، އިބްރާހިމް ދީދީގެ މައްސަލަ އަލުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް