Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުރީދޫ

އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ސުޕަރޑީލްސް ކެމްޕެއިނެއް

21 ޖުލައި 2025 | ހޯމަ 13:23

އުރީދޫ ސުޕްޑީލްސް، ކެމްޕެއިނުގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ހާއްސަ އޮފަރތަކެއް ލިބިގެންދާނެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 21 ޖުލައި 2025 | ހޯމަ 13:23
929#* ސުޕަރޑީލްސް ކެމްޕެއިން: އުރީދޫގެ ޕޯސްޓް ޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ވަރަށް ޚާއްސް

929#* ސުޕަރޑީލްސް ކެމްޕެއިން: އުރީދޫގެ ޕޯސްޓް ޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ވަރަށް ޚާއްސް

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން #929* ސުޕަރޑީލްސް ކެމްޕެއިނެއް ތައާރަފުކޮށްފި އެވެ.

އުރީދޫން ބުނީ އެ ކެމްޕެއިނުގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ހާއްސަ އޮފަރތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ހިމެނިފައިވަނީ އެކި ކަސްޓަމަރުންގެ ބިހޭވިއަރ އަށް ބެލުމަށްފަހު ހާއްސަކުރެވޭ އޮފަރތަކެކެވެ.

Advertisement - newsAdvertisement

އުރީދޫން ބުނެފައިވާ ގޮތުގައި ސުޕަރޑީލްގެ ފުރުސަތުތައް ހޯދުމަށް އިތުރު ސަބްސްކްރިޕްޝަނެއް ނުވަތަ ސައިން އަޕް ފީއެއް އެކުލެވިގެން ނުވެ އެވެ. އެހެންކަމުން އުރީދޫގެ ކޮންމެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ނަންބަރަކަށްވެސް މި އޮފަރ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

ސުޕަރޑީލްސްގެ ތެރޭގައި ބޯނަސް ޑޭޓާ ޕެކޭޖްތަކާއި ޑިސްކައުންޓްތަކުގެ އިތުރުން ހާއްސަ ހަދިޔާތައްވެސް ވަނީ ހިމެނިފަ އެވެ. އަދި ލިބޭ އޮފަރ ތައް ބަދަލުވެސް ވާނެއެވެ. ކަސްޓަމަރުންނަށް އުރީދޫ ޕޯސްޓްޕެއިޑް ނުވަތަ ޕްރީޕެއިޑް ނަމްބަރަށް #929* އަށް ފިތާލައިގެން ޕާރސަނަލައިޒްޑް ސުޕަރޑީލްތަކަށް ފަސޭހައިން ވަދެވޭނެ އެވެ. ޑޭޓާ އެލަވަންސް ބޮޑުކުރަން ބޭނުންވިޔަސް، އަދި އެޑް-އޮން ތަކުން ޑިސްކައުންޓެއް ބޭނުންވިޔަސް، #929* ސުޕަރޑީލްސް އިން ހާއްސަކުރެވިފައިވާ އޮފަރއެއް އޮންނާނެ އެވެ.

#929* ސުޕަރޑީލްސްއާއެކު ކަސްޓަމަރުންނަށް ލިބިގެންދާ ވެލިއު އިތުރުވެގެންދާނެ ކަމަށާއި މިކަމާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވަނީ ވިދާޅުވެފަ އެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް އިތުރު ޑޭޓާ، ޑިސްކައުންޓް އަދި އުފާވެރި ސަޕްރައިޒްތަކެއް މި ކެމްޕެއިންގެ ތެރެއިން ލިބިގެންދާނެކަމަށާއި، #929* ސުޕަރޑީލްސް ގެ ތެރެއިން އޮފަރއަކަށް ފިތާލުމާއެކު ވަގުތުން އެ އޮފަރ އެކްޓިވޭޓް ދާނެކަމަށް އުރީދުން ވަނީ ބުނެފަ އެވެ.

އުރީދޫން ބުނެފައިވާ ގޮތުގައި އެކުންފުނީގެ އަމާޒަކީ ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ގުޅާލައި، ދިރިއުޅުމުގައި ކުރަންޖެހޭ ކޮންމެކަމެއްވެސް، އެއީ މަސައްކަތް، ކިޔެވުން، ވިޔަފާރި، ބޭންކިންގ އަދި މުނިފޫހިފިލުވުން ކަމުގައިވީ ނަމަވެސް ރައްކާތެރިކަމާއެކު ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރެވޭނެ މަގު ފަހި ކޮށްދިނުމުގައި އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ދާނެކަމުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 އޯގަސްޓު 2018

މާލޭގެ ރައްޔިތުނަށް ހާއްސަކޮށްގެން މަޝްރޫއެއް ހިންގާނަން: އިބޫ

04 އޯގަސްޓު 2018
މާލޭގެ ރައްޔިތުނަށް ހާއްސަކޮށްގެން މަޝްރޫއެއް ހިންގާނަން: އިބޫ
14 ފެބުރުއަރީ 2018

ކަނބަލުންނަށް ހާއްސަކޮށްގެން 20 މިލިއަން ރުފިޔާގެ ލޯން ޕްރޮގްރާމެއް ތައާރަފް ކޮށްފި

14 ފެބުރުއަރީ 2018
ކަނބަލުންނަށް ހާއްސަކޮށްގެން 20 މިލިއަން ރުފިޔާގެ ލޯން ޕްރޮގްރާމެއް ތައާރަފް ކޮށްފި
16 ޑިސެމްބަރު 2017

ރާއްޖެޓީވީން ކުޑަކުދިންނަށް ހާއްސަކޮށްގެން ޖާދޫގެ ޝޯއެއް ބާއްވައިފި

16 ޑިސެމްބަރު 2017
ރާއްޖެޓީވީން ކުޑަކުދިންނަށް ހާއްސަކޮށްގެން ޖާދޫގެ ޝޯއެއް ބާއްވައިފި
15 އޮކްޓޯބަރު 2017

ސޭފްޓީ ސްޓެޕްސްގެ ނަމުގައި އާކުން އާ ކެމްޕެއިނެއް ލޯންޗްކޮށްފި

15 އޮކްޓޯބަރު 2017
ސޭފްޓީ ސްޓެޕްސްގެ ނަމުގައި އާކުން އާ ކެމްޕެއިނެއް ލޯންޗްކޮށްފި
06 ޖޫން 2017

ޤަތަރާ ގުޅުން ކަނޑާލިޔަސް އުރީދޫގެ ޚިދުމަތް ނުހުއްޓޭނެ: ހޯމް މިނިސްޓްރީ

06 ޖޫން 2017
ޤަތަރާ ގުޅުން ކަނޑާލިޔަސް އުރީދޫގެ ޚިދުމަތް ނުހުއްޓޭނެ: ހޯމް މިނިސްޓްރީ
10 މެއި 2017

އުރީދޫގެ ހިއްސާގެ ފައިސާ ޖަމާކުރާ ބޭންކަކަށް ބީއެމްއެލް

10 މެއި 2017
އުރީދޫގެ ހިއްސާގެ ފައިސާ ޖަމާކުރާ ބޭންކަކަށް ބީއެމްއެލް
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
18 ފެބުރުއަރީ 2017

އެމްޑީޕީން ޑޯޓުޑޯ ކެމްޕެއިނެއް ހިންގަނީ

18 ފެބުރުއަރީ 2017
އެމްޑީޕީން ޑޯޓުޑޯ ކެމްޕެއިނެއް ހިންގަނީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް