Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަން

އިންޑިއާގެ ޓޫރިޒަމް މާކެޓަށް މުއިއްޒު ސަރުކާރުގެ ވެރިން ދިން ގެއްލުމުން އަދިވެސް ރާއްޖެ އަރައި ނުގަނޭ!

20 ޖުލައި 2025 | އާދީއްތަ 11:59

މިވެރިކަން އައި އިރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ ހިއްސާދާރެއްގެ ގޮތުގައި އޮތް އިންޑިއާ މާކެޓް ވަރަށް ބޮޑަށް ހީނަރުވެ، މިހާރު ވަނީ 6 ވަނައަށް ވެއްޓިފައި

ރާއްޖެ އެމްވީ | 20 ޖުލައި 2025 | އާދީއްތަ 11:59
ރައީސް ޑރ މުޙައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް މުމްބާއީގައި ބޭއްވި އިވެންޓެއްގައި އިންޑިއާގެ ބައެއް ފިލްމީ ތަރިންނާ އެކު - 9 އޮކްޓޯބަރު 2024

ރައީސް ޑރ މުޙައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް މުމްބާއީގައި ބޭއްވި އިވެންޓެއްގައި އިންޑިއާގެ ބައެއް ފިލްމީ ތަރިންނާ އެކު - 9 އޮކްޓޯބަރު 2024

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވެރިން އިސްވެ ތިބެ އިންޑިއާ ޓޫރިސްޓް މާކެޓަށް ދިން ގެއްލުމުން އަދިވެސް ރާއްޖެ އަށް އަރައި ނުގަނެވޭކަން ތަފާސް ހިސާބުތަކުން ހާމަ ވެއްޖެއެވެ.

2020 އިން 2023 އަށް ވިދިވިދިގެން ތިން އަހަރު އިންޑިއާ އޮތީ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ މާކެޓްގެ ގޮތުގައެވެ.

އެހެން ނަމަވެސް 2024 ގެ ކުރީކޮޅު މުއިއްޒު ސަރުކާރުގައި ހިމެނޭ ބައެއް އިސްވެރިން އިސްކޮށް ތިބެ ސޯޝަލް މީޑިއާ ގައި އިންޑިއާ އަށާއި އިންޑިއާގެ ބޮޑު ވަޒީރަށް އަމާޒު ކޮށް ސޯޝަލް މީޑިއާ ގައި ހިންގި ދަށު ދަރަޖައިގެ ކެމްޕޭން އަކާ ގުޅިގެން ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް ބޮޑުތަނުން ދަށަށް ދިޔައެވެ.

އެ ލިބުނު ގެއްލުންތަކަށް ފަހު، އިންޑިއާ ގެ މާކެޓް ރަނގަޅު ކުރެވޭތޯ ހުސްވި އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާ އަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ނެޓްވޯކިންގ އިވެންޓެއް ވަނީ ބާއްވާފައެވެ. މި އިވެންޓުގައި ގިނަ އަދަދެއްގެ ބޮލީވުޑް ތަރިން ބައިވެރިވެފައިވެއެވެ. މި އިވެންޓުގައި ރައީސް މުޢިއްޒު ގެ އިތުރުން އަނބިކަނބަލުން ސަޖިދާ މުޙައްމަދު ބައިވެރިވެ ވަޑައިގެން ރާއްޖޭގެ އިމޭޖު ރަނގަޅު ކުރެއްވޭތޯ މަސައްކަތް ކުރެއްވި ނަމަވެސް އޭގެ 9 މަސް ދުވަސް ފަހުން ވެސް އެދެވޭ ނަތީޖާ އެއް ފެނިފައި ނުވާ ކަން ފާހަގަ ކުރެވެއެވެ.

މި ޖުލައި މަަހު ސަރުކާރުން އާންމު ކުރި ތަފާސް ހިސާބަށް ބަލާއިރު، އިންޑިއާ މާކެޓް ރޭންކިން ވަނީ 6 ވަނަ އަށް ވެއްޓިފައެވެ.

ތަފާސް ހިސާބަށް ބަލާއިރު 2024 ވަަނަ އަހަރު ޖޫން މަހު އިންޑިއާ އިން ރާއްޖެ އަށް އައި ފަތުރުވެރިންގެ އަދަދަކީ 10،017 އެވެ. މިއަހަރުގެ ޖޫން މަހު އިންޑިއާ އިން 11،070 ފަތުރުވެރިން އައިސްފައިވާ އިރު މާ ބޮޑު ކުރިއެރުމެއް ނޫން ކަން ފާހަގަ ކުރެވެއެވެ. 2024 ވަަނަ އަހަރު އިންޑިއާ އިން ރާއްޖެ އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 63،451 އެވެ.

އަނެއްކޮޅުން 2023 ވަނަ އަހަރު 200،000 އަށްވުރެ ގިނަ ފަތުރުވެރިން އިންޑިއާ އިން ދިވެހިރާއްޖެ އަށް ޒިޔާރަތްކުރިއެވެ. އެ އަހަރުގެ ނިޔަލަށް، ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 11.1 އިންސައްތަ ހިއްސާކޮށް، ޖުމްލަ 209،193 ފަތުރުވެރިން އިންޑިއާ އިން ރާއްޖެ އަށް ޒިޔާރަތް ކުރިއެވެ.

އިންޑިއާ ގެ ފަތުރުވެރިންގެ މާކެޓް ވަރަށް ބޮޑަށް ހީނަރުވެފައި ވާއިރު، "އިންޑިއާ އައުޓް" ސްލޯގަން ގެ ދަށުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ދައުވަތަކަށް އިންޑިއާ ގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިހިނގާ ޖުލައި 25 ން 26 ށް ރާއްޖެ އަށް ޒިޔާރަތް ކުރައްވާ ގޮތައް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ކުރައްވާ ދަތުރުފުޅެކެވެ.

މިއީ ރައީސް މުޢިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ދިވެހިރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި ހަމައެހެންމެ، މުުއިއްޒު އިސްކޮށް ހުންނަވައިގެން ހިންގެވި، ރާއްޖެ އަށް ބޮޑެތި ގެއްލުންތަކެއް ލިބުނު "އިންޑިއާ އައުޓް" ކެމްޕޭނާއި މި ސަރުކާރުގެ ޕްރޯ ޗައިނާ ސިޔާސަތުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށް އައި ހީނަރު ކަމަށް ފަހު ބޮޑު ވަޒީރު ކުރައްވާ ފުރަތަމަ ދަތުރުފުޅު ވެސް މެއެވެ.

ބޮޑު ވަޒީރުގެ މި ދަތުރުފުޅުގެ އަމާޒުތަކުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދުމާއި، އެކުވެރިކަން ބަދަހި ކުރުމާއި، އިތުބާރު އަލުން އުފެއްދުން ހިމެނޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ޖުލައި 2018

ކެޑްބަރީ ޗޮކްލެޓްގެ 'ލޯ ޝުގަރ' މާކެޓަށް ނެރެނީ

20 ޖުލައި 2018
ކެޑްބަރީ ޗޮކްލެޓްގެ 'ލޯ ޝުގަރ' މާކެޓަށް ނެރެނީ
14 ޖުލައި 2018

އިންޓަނޭޝަނަލް ޓޫރިޒަމް ދެވަނަ ފިލްމް ފެސްޓިވަލް ސެޕްޓެމްބަރު މަހު ބާއްވަނީ

14 ޖުލައި 2018
އިންޓަނޭޝަނަލް ޓޫރިޒަމް ދެވަނަ ފިލްމް ފެސްޓިވަލް ސެޕްޓެމްބަރު މަހު ބާއްވަނީ
25 އެޕްރީލު 2018

އައިއެމްޓީއެމް ފެއަރ ޓޫރިޒަމް މިނިސްޓްރީން އެންޑޯޒްކޮށްފި

25 އެޕްރީލު 2018
އައިއެމްޓީއެމް ފެއަރ ޓޫރިޒަމް މިނިސްޓްރީން އެންޑޯޒްކޮށްފި
19 ޖެނުއަރީ 2018

ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ކަނޑައެޅި ޓާގެޓަށް ވާސިލްވެއްޖެ

19 ޖެނުއަރީ 2018
ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ކަނޑައެޅި ޓާގެޓަށް ވާސިލްވެއްޖެ
01 ޖެނުއަރީ 2018

އަންނަ ދެ އަހަރު ތެރޭގައި 23 ރިސޯޓު ހުޅުވޭނެ: ޓޫރިޒަމް މިނިސްޓްރީ

01 ޖެނުއަރީ 2018
އަންނަ ދެ އަހަރު ތެރޭގައި 23 ރިސޯޓު ހުޅުވޭނެ: ޓޫރިޒަމް މިނިސްޓްރީ
21 ޑިސެމްބަރު 2017

އިންވެސްޓްމަންޓް ފޯރަމްތަކަށްފަހު ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް!

21 ޑިސެމްބަރު 2017
އިންވެސްޓްމަންޓް ފޯރަމްތަކަށްފަހު ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް!
23 ނޮވެމްބަރު 2017

ސީޕްލޭން އޮޕަރޭޓް ކުރުމަށް އިތުރު ކުންފުންޏެއް ރާއްޖޭގެ މާކެޓަށް ވަންނަނީ

23 ނޮވެމްބަރު 2017
ސީޕްލޭން އޮޕަރޭޓް ކުރުމަށް އިތުރު ކުންފުންޏެއް ރާއްޖޭގެ މާކެޓަށް ވަންނަނީ
28 އޮކްޓޯބަރު 2017

ހެޕީ މާކެޓަށް 25 އަހަރު ފުރުމާއި ދިމާކޮށް "ޔެސް 2017" ނަމުގައި ޕްރޮމޯޝަނެއް ފަށަނީ

28 އޮކްޓޯބަރު 2017
ހެޕީ މާކެޓަށް 25 އަހަރު ފުރުމާއި ދިމާކޮށް "ޔެސް 2017" ނަމުގައި ޕްރޮމޯޝަނެއް ފަށަނީ
03 އޮކްޓޯބަރު 2017

ވެލިގާ ހާޑުވެޔަރ އިން މެޓާބޯ ބްރޭންޑް ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފި

03 އޮކްޓޯބަރު 2017
ވެލިގާ ހާޑުވެޔަރ އިން މެޓާބޯ ބްރޭންޑް ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފި
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް