Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސީޕްލޭން އޮޕަރޭޓްކުރާ ކުންފުނި

ސީޕްލޭން އޮޕަރޭޓް ކުރުމަށް އިތުރު ކުންފުންޏެއް ރާއްޖޭގެ މާކެޓަށް ވަންނަނީ

ކުންފުނީގެ ނަމަކީ ސްކައި އެޓޯލް ޕްރައިވެޓް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 23 ނޮވެމްބަރު 2017 | ބުރާސްފަތި 17:11
ކުއެސްޓް ކޯޑިއެކްގެ މަތިންދާބޯޓެއް

ކުއެސްޓް ކޯޑިއެކްގެ މަތިންދާބޯޓެއް

ސެޓައުޗީ ހޯލްޑިންގްސް އާއި ރާއްޖޭގެ ގައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސް ގުޅިގެން ސީޕްލޭން އޮޕަރޭޓް ކުރުމަށް އާ ކުންފުންޏެއް ރާއްޖެއަށް ތައާރަފްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސްކައި އެޓޯލް ޕްރައިވެޓްގެ ނަމުގައި ފަށާ މި ސީޕްލޭން ފްލީޓްގެ މަސައްކަތްތައް ފެށުމަށްޓަކާއި މުހިއްމު ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރިއަށްދާކަން ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މި ސީޕްލޭން ފްލީޓްގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އައިލެންޑް އޭވިއޭޝަނުން ވެސް ވަނީ މިކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އައިލެންޑް އޭވިއޭޝަނާ އެކު ކުއެސްޓް އެއަރކްރާޓުން ޖޮއިންޓް ވެންޗާއެއް އެކުލަވާލައިގެން ސީޕްލޭން ފްލީޓް ހިންގާ އިރު އެންމެ ފުރަތަމަ ކުއެސްޓް ކޯޑިއެކްގެ އެރޮސެޓް 6750 ގެ މަރުކާ އުޅަނދުތައް ދުއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެންމެ ފުރަތަމަ ހަތަރު އުޅަނދު މިގޮތަށް ދުއްވުމަށް ގެނައުމަށް ވަނީ ނިންމާފަ އެވެ.

އޭވިއޭޝަން އިންޓަރނޭޝަނަލް ނިއުސްގައި ހާމަކޮށްފައިވާ ގޮތުން ސްކައި އެޓޯލް ޕްރައިވެޓް ކުންފުނިން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މަންޒިލްތަކަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވެ އެވެ.

ސީޕްލޭން ފްލީޓެއް އޮޕަރޭޓްކުރާ އިރު ކޯޑިއެކްގެ މަތިންދާބޯޓަށް މާބޮޑު ބަދަލެއް ގެންނަން ނުޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ހާމަކުރެ އެވެ.

ޖަޕާނުގެ ސެޓައުޗީ ހޯލްޑިންގްސްގެ ސީޕްލޭން އޮޕަރޭޓް ކުރުމަށް ބޭނުން ކުރަނީ އެމެރިކާގެ ކުއެސްޓް އެއަރކްރާފްޓް ކުންފުނިން އުފައްދާ ކޯޑިއެކް މަތިންދާބޯޓެވެ. ސެޓައުޗީއަކީ ކުއެސްޓް އެއަރކްރާފްޓް ކުންފުނީގެ ދަށުން ހިންގާ ކުންފުންޏެކެވެ

އިތުރު ސީ ޕްލޭން ފްލީޓް ކުންފުންޏެއް ރާއްޖޭގެ މާކެޓަށް އަންނަ އިރު ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް ހިންގާ ގައުމެވެ. ރާއްޖޭގައި ހިންގާ ޓްރާންސް މޯލްޑިވިއަން އެއަވޭސްގެ އިތުރަށް މޯލްޑިވިއަން އާއި ފްލައިމީ އިން ވެސް ސީޕްލޭން އޮޕަރޭޓް ކުރެ އެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު