Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ކާބޯ ތަކެތީގެ ދަތިކަމާ ހުރެ ޣައްޒާގެ ޙާލަތު ގޯހުން ގޯހަށް

ޞިއްޙީ ދާއިރާގެ މާހިރުން ބުނެފައިވާ ގޮތުގައި، ކާބޯ ތަކެތި ލިބުމުގެ ދަތިކަމާ އެކު، ޚާއްސަކޮށް ކުޑަ ކުދިންނާއި، މާބަނޑު އަންހެނުންނާއި، އުމުރުން ދުވަސްގީ މީހުންގެ ޞިއްޙީ ޙާލަތު އަވަސް މުއްދަތެއްގެ ތެރޭގައި ގޯސްވެ، އެމީހުންގެ ފުރާނަ އަށް ވެސް ނުރައްކާވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2025 | ހޮނިހިރު 07:41
ޣައްޒާގައި އަންހެނަކު މީހެއްގެ ގައިގައި ބައްދާލައިގެން ރޮނީ

ޣައްޒާގައި އަންހެނަކު މީހެއްގެ ގައިގައި ބައްދާލައިގެން ރޮނީ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ޣައްޒާގެ ރައްޔިތުންނަަށް ބޭނުންވާ ކާބޯ ތަކެތި ލިބުމުގެ ދަތިކަން ބޮޑުވެ ޣައްޒާގެ ޙާލަތު ގޯހުން ގޯހަށް ދާ ކަމަށް ޞިއްޙީ މާހިރުން ބުނެފި އެވެ.

ކާބޯ ތަކެތީގެ ބޮޑު ޝޯޓޭޖަކާ ގުޅިގެން ޣައްޒާގެ ޞިއްޙީ ނިޒާމު ގޯސް ޙާލަތަކަށް ވެއްޓެމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

އެގޮތުން ޣައްޒާގެ ޞިއްޙީ އިދާރާ ތަކުން ބުނެފައި ވަނީ، ބަނޑުހައި ހޫނު ކަމުގެ ސަބަބުންމ ޣައްޒާގެ ގިނަ ރައްޔިތުންގެ ޞިއްޙީ ޙާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި، ގިނަ ބަޔަކު ޞިއްޙީ އަވަސް ފަރުވާ ހޯދުމަށް ހޮސްޕިޓަލްތަކަށް އަންނަމުންދާ ކަމަށެވެ. 

އެގޮތުން ޞިއްޙަތާ ބެހޭ މިނިސްޓްރީ އިން ބުނެފައި ވަނީ، މިހާތަނަށް ނުފެންނަ ވަރުގެ އަދަދަކަށް މީހުން ނިއުޓްރިޝަނަލް ޑެފިސެިއެންސީ އާއި، ހަކަތަ ދަށްވުމާއި، ހަނދާން ނެތުމުގެ މައްސަލަތަކާ އެކު ހޮސްޕިިޓަލްތަކަށް އަންނަ ކަމަށެވެ.  އަދި މި ޙާލަތަކީ ސަރަހައްދުގައި އިންސާނީ ކާރިސާއެއްގެ ގޮތުގައި ބައިނަލްއަޤުވާމީ ޖަމިއްޔާ އަދި ޖަމާއަތްތަކުން އަންނަނީ ސިފަ ކުރަމުންނެވެ. 

ޞިއްޙީ ދާއިރާގެ މާހިރުން ބުނެފައިވާ ގޮތުގައި، ކާބޯ ތަކެތި ލިބުމުގެ ދަތިކަމާ އެކު، ޚާއްސަކޮށް ކުޑަ ކުދިންނާއި، މާބަނޑު އަންހެނުންނާއި، އުމުރުން ދުވަސްގީ މީހުންގެ ޞިއްޙީ ޙާލަތު އަވަސް މުއްދަތެއްގެ ތެރޭގައި ގޯސްވެ، އެމީހުންގެ ފުރާނަ އަށް ވެސް ނުރައްކާވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. 

މީގެ އިތުރުން، މިހާރު ޣައްޒާގެ ޞިއްޙީ ނިޒާމު އޮތީ އިތުރު ބަލި މަޑުކަމެއްގެ ބުރަ އުލުލޭ ވަރަށް ވުރެ ބަލިކަށައިވެފައި ކަމަށް މާހިރުން އަންނަނީ ބުނަމުންނެވެ. އަދި އެކަމުގައި އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ، މިހާރު އޮތް ޙާލަތު ވެސް އިތުރަށް ގޯސްވެ، އިތުރު އިންސާނީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

20 މާރިޗު 2018

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ޓްރަމްޕް ގޮވާލައިފި

20 މާރިޗު 2018
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ޓްރަމްޕް ގޮވާލައިފި
11 މާރިޗު 2018

ޗައިނާގެ ރައީސް އަށް އުމުރު ދުވަހު ވެރިކަމުގައި ހުރެވޭ ގޮތަށް ފާސްކޮށްފި

11 މާރިޗު 2018
ޗައިނާގެ ރައީސް އަށް އުމުރު ދުވަހު ވެރިކަމުގައި ހުރެވޭ ގޮތަށް ފާސްކޮށްފި
14 ނޮވެމްބަރު 2017

ހުވާގެ މަތީގައި ހުރެ ދޮގެއް ނަހަދަން: ޖެފް ސެޝަންސް

14 ނޮވެމްބަރު 2017
ހުވާގެ މަތީގައި ހުރެ ދޮގެއް ނަހަދަން: ޖެފް ސެޝަންސް
03 ނޮވެމްބަރު 2017

ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

03 ނޮވެމްބަރު 2017
ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި
27 ސެޕްޓެމްބަރު 2017

700،000 ރޮހިންޖާ މުސްލިމުންނަށް ވާވަރަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ކޮންޓިންޖެންސީ ޕްލޭނެއް އދ. އިން ހަދައިފި

27 ސެޕްޓެމްބަރު 2017
700،000 ރޮހިންޖާ މުސްލިމުންނަށް ވާވަރަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ކޮންޓިންޖެންސީ ޕްލޭނެއް އދ. އިން ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު