Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

700،000 ރޮހިންޖާ މުސްލިމުންނަށް ވާވަރަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ކޮންޓިންޖެންސީ ޕްލޭނެއް އދ. އިން ހަދައިފި

27 ސެޕްޓެމްބަރު 2017 | ބުދަ 17:09

ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 480،000 ރޮހިންޖާ މުސްލިމުން ވަނީ ބަންގްލަދޭޝް އަށް ހިޖުރަކޮށްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 27 ސެޕްޓެމްބަރު 2017 | ބުދަ 17:09
އެތައްހާސް ރޮހިންޖާ މުސްލިމުން ވަނީ މިޔަންމާ ދޫކޮށް ދާންޖެހިފައި

އެތައްހާސް ރޮހިންޖާ މުސްލިމުން ވަނީ މިޔަންމާ ދޫކޮށް ދާންޖެހިފައި

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު އެގައުމުގެ އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމްވުމަށް ބަންގްލަދޭޝްއަށް ގިނަ އަދަދެއްގެ ރޮހިންޖާ މުސްލިމުން ހިޖުރަކުރަމުންދާ އިރު، 700،000 ރޮހިންޖާ މުސްލިމުންނަށް ވާވަރަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ކޮންޓިންޖެންސީ ޕްލޭނެއް ހަދާފައިވާ ކަމަށް އދ. އިން ބުނެފިއެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން މިދިޔަ މަހު ފަހުކޮޅު ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ފެށި ލާއިންސާނީ އޮޕަރޭޝަނާ ގުޅިގެން އެކަމުން ސަލާމަތްވުމަށް މިހާތަނަށް 480،000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް ހިޖުރުކޮށްފައިވެއެވެ.

ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމުގެ ބައިނަލްއަގުވާމީ ޖަމިއްޔާ ނުވަތަ އދ. ގެ ޑަބްލިޔުއެފްޕީގެ އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވީ ކުރިއަށް އޮތް ހަފްތާތަކުގައި ރޮހިންޖާ މުސްލިމުން ގިނަ އަދަދަކަށް އަތުވެއްޖެ ނަމަ އެ ފަރާތްތަކަށް ކާބޯތަކެއްޗާއި އަދި ކުއްލި އެހީ ފޯރުކޮށްދިނުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

ބަންގްލަދޭޝްގައި ހަރަކާތްތެރިވާ ޑަބްލިޔުއެފްޕީގެ ޑެޕއުޓީ ޗީފް ޑިޕަޔަން ބަޓަޗާރިޔާ ރޮއިޓާސް އަށް ވިދާޅުވީ އދ. ގެ ހުރިހާ އެޖެންސީތައް ވެގެން 700،000 ރޮހިންޖާ މުސްލިމުންނަށް ވާވަރަށް ކާބޯތަކެތި ފޯރުކޮށްދޭނެ ކޮންޓިންޖެންސީ ޕްލޭނެއް ހަދާފައިވާ ކަމަށާއި، ރޮހިންޖާ މުސްލިމުންގެ އަދަަދު 700،000 އަށް އަރައިފި ނަަމަ އެ ޕްލޭންގެ ދަށުން ކަންކަން ކަވަރުވެގެން ދާނެ ކަމަށެވެ. ބަޓަޗާރިޔާ ވިދާޅުވީ ބަންގްލަދޭޝްގައި ހުރި ރޮހިންޖާ މުސްލިމުން އުޅެމުންދާ ކޭމްޕްތަކުގެ މީހުންގެ ބަނޑުހައިހޫނު ކަމަށް މިހާރު ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބިފައިވާ ކަމަށާއި އެއީ ޑަބްލިޔުއެފްޕީ އާއި އަދިވެސް އެހިނިހެން އެޖެންސީތަކަށް، ރޮހިންޖާ ރެފިއުޖީންނާ ހަމައަށް ވާސިލު ވެވޭތީ ކަމަށެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2017

30،000 ށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ކާންބޯން ނުލިބި ފަރުބަދަމަތީގައި ތާށިވެފައި

04 ސެޕްޓެމްބަރު 2017
30،000 ށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ކާންބޯން ނުލިބި ފަރުބަދަމަތީގައި ތާށިވެފައި
04 ސެޕްޓެމްބަރު 2017

މޮސްކޯގެ މުސްލިމުން ތިބީ ރޮހިންޖާ މުސްލިމުންނާ އެކީ ކަން ހާމަކުރުމަށް އެއްވުމެއް ބާއްވައިފި

04 ސެޕްޓެމްބަރު 2017
މޮސްކޯގެ މުސްލިމުން ތިބީ ރޮހިންޖާ މުސްލިމުންނާ އެކީ ކަން ހާމަކުރުމަށް އެއްވުމެއް ބާއްވައިފި
27 އޯގަސްޓު 2017

ބަންގާޅު ބޯޑަރުކައިރިން ރޯހިންގޔާ މުސްލިމުންނަށް ހަމަލާދީފި

27 އޯގަސްޓު 2017
ބަންގާޅު ބޯޑަރުކައިރިން ރޯހިންގޔާ މުސްލިމުންނަށް ހަމަލާދީފި
25 ޖޫން 2017

ހުރިހާ މުސްލިމުންނަށް ޓްރަމްޕް އީދު ތަހުނިޔާ ފޮނުއްވައިފި

25 ޖޫން 2017
ހުރިހާ މުސްލިމުންނަށް ޓްރަމްޕް އީދު ތަހުނިޔާ ފޮނުއްވައިފި
18 ޖޫން 2017

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ
12 ޖޫން 2017

އެތައް ސަތޭކަ ކޮންޓޭނަރުގެ ކާބޯތަކެތި އޮމާނުން ޤަތަރަށް ފޮނުވައިފި

12 ޖޫން 2017
އެތައް ސަތޭކަ ކޮންޓޭނަރުގެ ކާބޯތަކެތި އޮމާނުން ޤަތަރަށް ފޮނުވައިފި
26 މެއި 2017

ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި

26 މެއި 2017
ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި
13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
05 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް