Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ރައީސް

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ޓްރަމްޕް ގޮވާލައިފި

20 މާރިޗު 2018 | އަންގާރަ 07:47

މަސްތުވުމަށް ބޭނުންކުރާ އޯޕިއޮއިޑްސްގެ ބާވަތްތަކަށް ދެވިހިފާ މީހުންގެ ނިސްބަތް އެމެރިކާގައި ދަނީ އިތުރުވަމުން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 20 މާރިޗު 2018 | އަންގާރަ 07:47
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.

މަސްތުވުމަށް ބޭނުންކުރާ ތަދުކަނޑުވާ ބޭހަށް ދެވިހިފުން އެމެރިކާގައި އާއްމުވެ، އެކަމުގެ ސަބަބުން ދިމާވަމުންދާ މައްސަލަތަކުން އަރައިގަތުމަށް އެކުލަވާލާފައިވާ ޕްލޭން އާ ބެހޭ ގޮތުން ނިއު ހެމްޕްޝަޔަރ ގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެކަމަށް ހައްލެއް ހޯދުމަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދޭނީ ކަމާއިގުޅޭ ގާނޫނުތައް އިސްލާހު ކޮށްގެން ކަމަށާއި ސަރުކާރުން އެމަސައްކަތް ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ނިއު ހެމްޕްޝަޔަރ އަކީ މަސްތުވުމަށް ބޭނުންކުރާ އޯޕިއޮއިޑްސްގެ ބާވަތްތަކަށް ދެވިހިފާ މީހުންގެ އަދަދު، ނިސްބަތުން ގިނަ ސްޓޭޓެކެވެ.

އެމެރިކާގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް 2.4 މިލިއަން މީހުންނަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ކަމަށް އަންދާޒާކުރެވިފައިވެއެވެ. އަދި މަސްތުވާތަކެތީގެ ސަބަބުން 2016 ވަނަ އަހަރު އެކަނިވެސް އެމެރިކާގައި 63 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ސިއްހީ އޮފިޝަލުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ނިއު ހެމްޕްޝަޔަރގެ މެންޗެސްޓަރގައި ހޯމަ ދުވަހު ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު ނާޅައިފިނަމަ، އެއީ ވަގުތު ބޭކާރު ކުރުން ކަމަށާއި، ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި މަރުގެ އަދަބު ހިމެނޭ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕްގެ މި ވާހަކަތަކަށް އެބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ހޫނު ތަރުހީބެއް ދީފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހު ޕެންސިލްވޭނިއާގައި ބޭއްވި ބައްދަލުވުމެއްގައިވެސް ޓްރަމްޕް ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން
13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް