Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖީއެމްއާރު އަތުން އެެއާޕޯޓް އަތުލުން

ދަރަނި ބޮޑުވީ ޖީއެމްއާރު އެއްބަސްވުން އުވާލުމުން. ޒިންމާ ނަގަން ޖެހޭނީ ރައީސް ޔާމީން: ފައްޔާޒް

އެއާޕޯޓު ޖީއެމްއާރް އާއި ހަވާލުކުރީ އެތަން ތަރައްގީކުރުމަށާއި، ހިންގުމަށް ދައުލަތުން އެއްވެސް ޚަރަދެއް ކުރަންނުޖެހޭ ގޮތަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 16 ޖުލައި 2025 | ބުދަ 12:15
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް: ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ބޮޑު ޕަސެންޓެއް ދަރަނިވެރިވީ ރައީސް ޔާމީންގެ ވެރިކަމުގައި ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމުން ކަމަށް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް: ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ބޮޑު ޕަސެންޓެއް ދަރަނިވެރިވީ ރައީސް ޔާމީންގެ ވެރިކަމުގައި ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމުން ކަމަށް

ރާއްޖޭގެ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ކަމަށާ، އެކަން އެގޮތަށް ދިމާވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، އެ އެއާޕޯޓް ހިންގުން އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކޮށްފައިވަނިކޮށް، އެ އެއްބަސްވުން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ބާޠިލް ކުރުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއާޕޯޓު ޖީއެމްއާރް އާއި ހަވާލުކުރީ އެތަން ތަރައްގީކުރުމަށާއި، ހިންގުމަށް ދައުލަތުން އެއްވެސް ޚަރަދެއް ކުރަންނުޖެހޭ ގޮތަށް ކަމަށެވެ.

ނަމަވެސް އެއްވެސް ޙަރަދެއް ދައުލަތުން ނުކޮށް ވީއައިއޭ ތަރައްގީ ކުރުމަށް ޖީއެމްއާރް އާއި ހަވާލުކޮށްފައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ދައުލަތަށް ގެއްލުންވާ ގޮތަށް އެ އެއްބަސްވުން ބާތިލުކޮށް، ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއަރޕޯޓު ހެދުމަށް ނިންމި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އަދި ޔާމީންގެ އެ ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ދެކޮޅުނުޖެހޭ ކަމެއްގެ ގޮތުގައި ފައްޔާޒް ސިފަކުރެއްވި އެވެ. އަދި އެ ދެކޮޅު ނުޖެހޭ ސިޔާސީ ނިންމުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

މިއަދު ރާއްޖެ މިދެކޭ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެއަރޕޯޓުގެ ނަމުގައި ނެގި ދަރަނިން. މިއީ މިހާތަނަށް ދިވެހިރާއްޖޭގެ ވެރިޔަކު ނިންމި އެންމެ ދޯހަޅި ނިންމުން. ވެރިޔަކު ސިޔާސީ ބޭނުމެއްގައި ނިންމި އެ ނިންމުމުގެ ސަބަބުން އިގްތިސާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ. މި ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ ތިމަން މަނިކުފާނަކީ މާމޮޅު އިކޮނޮމިސްޓެއް ކަމަށް ދައްކަވައިގެން ރާއްޖެއަށް މި ގެއްލުން ދެއްވި ބޭފުޅާ. މިއީ 'ފްރަންޓޮނޮމިކްސް' ގެ އިގްތިސާދީ ވިސްނުން.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް

ފައްޔާޒު ވިދާޅުވި ގޮތުގައި، ވީއައިއޭގެ ދަރަނީގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެހެން ޒަރޫރަތުތައް ފުއްދުމަށް ފައިސާ ހޯދުމަށް އޮތް ފުރުސަތުވެސް ބަންދުވެފައިވާ ކަމަށެވެ.

2014 ވަނަ އަހަރު، އެ ގޮތަށް އަމަލު ނުކުރިނަމަ، އަދި އެ ނެގި ދަރަނިތައް ނުނެގި ނަމަ މިއަދު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ހުންނާނީ 4 މިލިއަނުން މަތީގައި ކަމަށާ، ރާއްޖޭގެ ޖީޑީޕީވެސް ހުންނާނީ ދެގުނަ މަތީގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ވެރިއަކު ސިޔާސީ ބޭނުމެއްގައި ނިންމި އެ ނިންމުމުގެ ސަބަބުން އިގުތިސާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުންވެއްޖެ، މިގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ތިމަން މަނިކުފާނަކީ މާމޮޅު އިކޮނޮމިސްޓެއް ކަމަށް ދައްކަވައިގެން ރާއްޖެއަށް މި ގެއްލުން ދެއްވި ބޭފުޅާ، މިއީ ފްރަންޓޮނޮމިކްސްގެ އިގުތިސާދީ ވިސްނުން
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް

މީގެ އިތުރުން ފައްޔާޒު ވަނީ އެއާޕޯޓުގެ އާ ޓާމިނަލް އެއްކޮށް ނުނިންމައި އެތަން ހުޅުވުމަށް ބޮޑު ހަރަދެއް މި ސަރުކާރުން ކުރާތީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ އާ ޓާމިނަލްގެ އާ ހުޅުވުމަށް އެތައް ފައިސާއެއް ހަރަދު ކުރުމުގެ ބަދަލުގައި ޓާމިނަލްގެ ނުނިމި އޮތް ބައި އެއްކޮށް ނިންމުން މާމުހިންމު ކަމަށެވެ. އާ ޓާމިނަލް ހުޅުވަން ސަރުކާރުން ނިންމާފައި ވަނީ މި ހިނގާ ޖުލައި މަހުގެ 26 ގަ އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްމުހައްމަދު ނަޝީދުއަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްފައްޔާޒް އިސްމާއިލްޖީއެމްއާރް

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު

06 ޑިސެމްބަރު 2025
ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު
05 ޑިސެމްބަރު 2025

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

05 ޑިސެމްބަރު 2025
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ
02 ޑިސެމްބަރު 2025

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު
28 ނޮވެމްބަރު 2025

ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް

28 ނޮވެމްބަރު 2025
ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް
24 ނޮވެމްބަރު 2025

ފައްޔާޒް ގެ ހިދުމަތްތަކަށް އެމްޑީޕީ އިން ޝުކުރު ދަންނަވައިފި

24 ނޮވެމްބަރު 2025
ފައްޔާޒް ގެ ހިދުމަތްތަކަށް އެމްޑީޕީ އިން ޝުކުރު ދަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު