Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ކުރީގެ ރައީސް މުހައްމަދު ނަޝީދު

ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް

އިސްމާއީލް ޔާފިސް ރައީސް ނަޝީދަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިނުމުގެ އިތުރުން ޝަރީއަތުގެ މަޖިލީހުގައި ވެސް ރައީސް ނަޝީދަށް އިންޒާރު ދީފަ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2025 | ހުކުރު 20:24
އެމްޑީޕީ ޖަލްސާ އެއް ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީ ޖަލްސާ އެއް ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދީގެން 2021 ވަނަ އަހަރު ހައްޔަރުކުރި އިސްމާއީލް ޔާފިސް 10 އަހަރަށް ޖަލަށްލުމަށް، ކްރިމިނަލް ކޯޓުން ބުދަ ދުވަހު ހުކުމް ކޮށްފި އެވެ.

މި ހުކުމް އިއްވީ 2021 ވަނަ އަހަރު ޔާފިސް ސޯޝަލް މީޑިއާ ބޭނުންކޮށްގެން ރައީސް ނަޝީދަށް އިންޒާރުދީ، އަދި އޭގެ ފަހުން ފުލުހުންގެ ތަހުގީގާއި ޝަރީއަތުގައިވެސް ރައީސް ނަޝީދަށް ހަމަލާތަކެއް ދޭނެ ކަމަށް ބުނެފައިވާ މައްސަލައެއްގަ އެވެ.

Advertisement - newsAdvertisement

އޭރު ރާއްޖެއިން ބޭރުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި ނަމަ "ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހެދި ގޮތް ހަދާލާނެ" ކަމަށް ބުނެ ފޭސްބުކްގައި ދިން އިންޒާރަކާ ގުޅިގެން ޔާފިސް ހައްޔަރުކުރީ ރ. މީދޫންނެވެ.

މައްސަލަ އިތުރަށް ސީރިއަސްވީ ޔާފިސް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން، އޭނާ ކޯޓުގައިވެސް ރައީސް ނަޝީދަށް އިންޒާރުދީފައި ވުމުންނެވެ. އެ މައްސަލައިގައި ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި، ޔާފިސް އެއް މަސް ދުވަހަށް ޖަލަށްވެސް ލިއެވެ.

ޔާފިސްގެ މައްޗަށް ދައުލަތުން ތިން ދައުވާ އުފުލާފައިވެ އެވެ. އެއީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އާއި، ޓެރަރިޒަމްގެ ހަމަލާއެއް ހިންގާނެކަމުގެ އިންޒާރު ދިނުމުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާ އެވެ. މި ތިން ދައުވާގެ ދަށުން އޭނާ އަށް ވަނީ ދެ އަހަރާއި، ތިން އަހަރާއި، ފަސް އަހަރުގެ ހުކުމެއް ކަނޑައަޅައި، ޖުމްލަ 10 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ.

ޔާފިސް ރައީސް ނަޝީދަށް އަމާޒުކޮށް މީސްމީޑިއާ ގައި އިންޒާރުދިނީ 2021 ވަނަ އަހަރުގެ އޯގަސްޓު 23 ވަނަ ދުވަހުއެވެ. މި އިންޒާރު ދިނީ ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ އެއްވެސް ދީފައި ވަނިކޮށެވެ.

2021 ވަނަ އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހުގައި މާލޭ މަޖީދީ މަގު ރައީސް ނަޝީދުގެ ގެކޮޅު ކައިރިން އެއްޗެއް ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދީފައިވެ އެވެ. ހަނި ގޮތަކަށް ހަމަލާއިން ސަލާމަތްވެވަޑައިގެންނެވި ނަމަވެސް ބޮޑެތި ޒަހަމްތަކެއް އެ ހަމަލާގެ ސަބަބުން ރައީސް ނަޝީދަށް ލިބިވަޑައިގަތެވެ. އެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް އެމަނިކުފާނު ޖަރުމަނަށް ވަޑައިގެން ގިނަ ދުވަސްތަކެއް ހޭދަކުރައްވާ ފަރުވާ ހޯއްދެވި އެވެ.

މުހައްމަދު ނަޝީދުބޮމު ހަމަލާޓެރަރިޒަމް

އިތުރަށް ކިޔާލަން

24 ޑިސެމްބަރު 2025

"ރައީސް ސޯލިހް އާއި ރައީސް ނަޝީދު މިތިބީ އެކުގާ މަސައްކަތް ކުރާށެ ވިދާޅުވީމަ އެ މަސައްކަތް އެގޮތަށް ހިނގާނެ": ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ

24 ޑިސެމްބަރު 2025
"ރައީސް ސޯލިހް އާއި ރައީސް ނަޝީދު މިތިބީ އެކުގާ މަސައްކަތް ކުރާށެ ވިދާޅުވީމަ އެ މަސައްކަތް އެގޮތަށް ހިނގާނެ": ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ
21 ޑިސެމްބަރު 2025

ރާއްޖެ އަކީ ކަރަޕްޝަން އާއި ޚިޔާނަތުގެ މައްސަލަތައް ގިނަ، ކަޅު ފައިސާ ދޮންނަ، ޓެރަރިޒަމަށް ޚަރަދު ކުރުމުގެ ނުރައްކާ ބޮޑު ގައުމެއް: ރިޕޯޓު

21 ޑިސެމްބަރު 2025
ރާއްޖެ އަކީ ކަރަޕްޝަން އާއި ޚިޔާނަތުގެ މައްސަލަތައް ގިނަ، ކަޅު ފައިސާ ދޮންނަ، ޓެރަރިޒަމަށް ޚަރަދު ކުރުމުގެ ނުރައްކާ ބޮޑު ގައުމެއް: ރިޕޯޓު
06 ޑިސެމްބަރު 2025

ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު

06 ޑިސެމްބަރު 2025
ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު
06 ޑިސެމްބަރު 2025

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު