Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއްވެ އުޅުމުގެ މިނިވަންކަން

މި ސަރުކާރުން ދަނީ އެއްވެ އުޅުމުގެ މިނިވަންކަން ދުވަހަކަށްވުރެ ދުވަހެއް ހަނިކުރަމުން: އައިކް

ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުމުގެ މިނިވަންކަން ފެހި ގާނޫނު އަސާސީގައި ލިބިދީފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 16 ޖުލައި 2025 | ބުދަ 08:12
ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ލީގަލް ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވާހަކަދައްކަވަނީ

ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ލީގަލް ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ އެއްވެ އުޅުމުގެ މިނިވަންކަން ދުވަހަކަށްވުރެ ދުވަހެއް ހަނިކުރަމުން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލީގަލް ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިކް ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ޔަގީންކޮށްދީފައިވާ މިނިވަންކަމެއް ކަމަށާއި، ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުމުގެ މިނިވަންކަން ފެހި ގާނޫނު އަސާސީގައި ލިބިދީފައިވާ ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ދުވަހަކަށްވުރެ ދުވަހެއް މި ހައްގު ހަނި ކުރަމުން ގެންދާ ކަމަށާއި، މިގޮތަށް މިކަން ކުރުމުގެ ފުރުސަތުދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ފަރާތުން މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެއްވެ އުޅުމުގެ މިނިވަންކަމަކީ އަޅުގަނޑުމެންނަށް ގާނޫނު އަސާސީން ޔަގީންކޮށްދީފައިވާ މިނިވަންކަމެއް. ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުމުގެ މިނިވަންކަން އަޅުގަނޑުމެންގެ ފެހި ގާނޫނު އަސާސީގައި އަޅުގަނޑުމެންނަށް މިއޮތީ ލިބިފައި. އެހެން އެކަން އޮތްއިރުގައި ސަރުކާރުން ދުވަހުން ދުވަހެއް މި ހައްގު ހަނި ކުރަމުން ގެންދިއުމަކީ އަޅުގަނޑުމެން ޕާޓީއެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ކުށްވެރި ކުރާކަމެއް އަދި މިއީ މިގައުމުގައި މިކަން ވެގެންވާނެ ގޮތެއް ނޫން.
އެމްޑީޕީގެ ލީގަލް ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ

މީގެ އިތުރުން އައިކް ވަނީ ރަންރީނދޫ ދުވުމުގެ ހަރަކާތާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އައިކް ވިދާޅުވީ މި ހަރަކާތާ ގުޅިގެން ވެސް ސަރުކާރުން ވަރަށް ކަންބޮޑުވެފައިވާ ކަމަށެވެ.

އައިކް ވިދާޅުވީ ސުލްހަވެރިކަމާއެކު މިދުވުން ހުޅުމާލޭގައި ބޭއްވުމަށް ހުއްދަ ނުދިނުމުން މާލޭގައި ބާއްވާ ދުވުމުގައި ޑިމޮކްރަސީއަށް ލޯބިކުރާ ހުރިހާ ރައްޔިތުން ބައިވެރިވުމަށް އެދޭ ކަމަށެވެ.

ހުރިހާ އުމުރެއްގެ މީހުންނަށް ބައިވެރިވޭ ގޮތަށް ކުރިއަށް ގެންދާ މިދުވުން އޮންނާނީ 25 ޖުލައި ވާ ހުކުރު ދުވަހުގެ ހަވީރު 4:00ން ހަވީރު 6:00ށް ކަމަށް އައިކް ވިދާޅުވިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުއެމްޑީޕީއައިކް އަހުމަދު އީސާއެއްވެ އުޅުމުގެ މިނިވަންކަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު