Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން

ގޯތި ހަވާލުކުރުމަކީ އެތަނުގެ އިން ވަކިކޮށް، ވަށާފާރުވެސް ރާނަން ހުއްދަ ދިނުން: ޝަމްއާން ރަޝީދު

ގޯތި ހަވާލުކުރުމަކީ ލިޔުން ދިނުމަށް ފަހު ގޯތީގެ އިންވަކިކޮށް ވަށާފާރުވެސް ރާނަން ހުއްދަ ދިނުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 12 ޖުލައި 2025 | ހޮނިހިރު 13:28
ގުޅީފަޅު އެސޯސިއޭޝަނުގެ ރައީސް ޝަމްއާން: ވިދާޅުވީ  ގޯތީގެ އިންވަކިކޮށް ވަށާފާރުވެސް ރާނަން ހުއްދަ ދޭން ޖެހޭނޭ ކަމަށް

ގުޅީފަޅު އެސޯސިއޭޝަނުގެ ރައީސް ޝަމްއާން: ވިދާޅުވީ ގޯތީގެ އިންވަކިކޮށް ވަށާފާރުވެސް ރާނަން ހުއްދަ ދޭން ޖެހޭނޭ ކަމަށް

ގޯތި ހަވާލުކުރުމަކީ ލިޔުން ދިނުމަށް ފަހު ގޯތީގެ އިންވަކިކޮށް ވަށާފާރުވެސް ރާނަން ހުއްދަ ދިނުން ކަމަށް ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަންގެ ރައީސް ޝަމްއާން ރަޝީދު ވިދާޅުވެއްޖެއެވެ.

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ހައުސިންގ މިނިސްޓްރީން ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ދޫކުރަން ހޮނިހިރު ދުވަހު ފަށާފައިރު، އެ ސަރަހައްދުގައި ހުންނަވައިގެން ޝަމްއާން ރާއްޖެ އެމްވީއަށް ވިދާޅުވީ ހައުސިންގ މިނިސްޓްރީން އަނެއްކާ ވެސް މިދަނީ ގޯތީގެ ރެޖިސްޓްރީތަކެއް ދެމުން ކަމަށާއި އެ މިނިސްޓްރީން ލިޔުން ދެމުން ގެންދަނީ އެއްބަސްވުމަށް ބަދަލު ނުގެނެސް، ރަޖިސްޓްރީ ދޭކަމުގެ ލިޔުމެއް ކަމަށެވެ.

Advertisement - newsAdvertisement

އަދި މި ލިޔުމަކީ ހަމަ އެކަނި އައު ރެޖިސްޓްރީ ދިނުމަށް ފަހު އެއާއި މެދުގައި ދީފައި އޮންނަ ލިޔުމެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ވީހާވެސް ގިނަ ބަޔަކު ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ލިޔުމުގައި ސޮއިކޮށް އައު ރެޖިސްޓްރީ ނެގުމަށް އިލްތިމާސް ކުރައްވަމުން ޝަމްއާން ވިދާޅުވީ މިހާރު ހައުސިންގ މިނިސްޓްރީން ދޭ ލިޔުމުގައި ކުރިން ސޮއިކުރި އެއްބަސްވުމުގެ ނަމްބަރު އަދި އައު ރެޖިސްޓްރީގެ ޕްލޮޓްގެ ހުރިހާ ތަފްސީލްތަކެއް ވެސް ހިމަނާފައިވާ ކަމުގައެވެ. އެހެން ކަމުން ގޯތި ލިބުނު އެންމެހާ ފަރާތްތަކުން ވެސް އަވަހަށް ލިޔުމުގައި ސޮއިކުރުމަށް ވަޑައިފަތުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައި އެވެ.

ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ ފުށުއަރާ ކަންކަން ޙައްލުކުރުމަށްޓަކައި ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް އެކަމުގައި ޖުމްލަ ޙައްލެއް ހޯދުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރަމުންދާނެ ކަމަށް އެންމެ ފަހުން އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާއިރު، އެކަން ފާހަގަކުރައްވާ ޝަމްއާން ވިދާޅުވީ ހައުސިން މިނިސްޓްރީން ލިޔުން ދޫކުރަމުން ގެންދާއިރު، އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަމަށް ވެފައި އޮތީ އިއުލާނުގައި ބަޔާންކޮސްފައިވާ ގޮތަށް ބަންޑާރަނައިބާއި ކުރާ މަޝްވަރާއަށް ފަހު މިހާރު ހައުސިންގ މިިނިސްޓްރީނެ ދޭ ލިޔުމަށް އެއްވެސް ބަދަލެއް އަދުވެދާނެ ކަމާއި މެދުގައެވެ. އަދި މިއީ ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނުގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއްކަމުގައި ޝައްމާން ވިދާޅުވިއެވެ.

ތިބޭފުޅުންނާއި އެކުގައި ވާހަކަދައްކާލަން ވަގުުތުކޮޅެއް ލިބުނީމަ އަޅުގަނޑު ބުނެލަދޭނަން، މިހާރުވެސް ބުނެފަ މީދީ ބަންޑާރަނައިބާއި އެކުގައި މަޝްވަރާތަކެއް ކުރެވޭ ވާހަކަ، މިހާލަތުގައި އަޅުގަނޑުމެން މި ބުނާ އެއްޗަކީ މިވަގުތު މި ދޭ ރެޖިސްޓްރީތައް ވެސް ބަދަލުވުން އެކަށީގެން ވޭ ހެއްޔޭ؟ މި ސުވާލަކީ ވަރަށް ގިނަ މީހުން އަޅުގަނޑާއު ކުރަމުން ގެންދާ ސުވާލެއް. އެހެންވީމަ އަޅުގަނޑުމެންގެ ޖަމްއިޔާގެ ފަރާތުން މި ކޮންސާން އަދިވެސް ރެއިސްކުރަން
ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަންގެ ރައީސް ޝަމްއާން ރަޝީދު

މީގެ އިތުރުން އޭނާ ވިދާޅުވީ ލިސްޓަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަން އެނގިފައި ނުވާކަމަށާއި އެފަދަ ކޮންމެ ކަމެއް ދިމާވިނަމަވެސް ޖަމްޢިއްޔާގެ ފަރާތުން އެކަމަށް ލަސްނުކޮށް އެޓެންޑް ވާނޭ ކަމަށެވެ.

ޝަމްއާން ވިދާޅުވީ ހައުސިންގ މިނިސްޓްރީން މިހާރު އެ ދޫކުރާ ލިޔުމަށް ފަހު ދެން އޮތީ ވީހާވެސް އަވަހަކަށް ގޯތި ހަވާލުކޮށް ގޯތީގެ އިން ވަކިކުރެވޭނޭ ގޮތެއް ހަދައިދިނުން ކަމަށާއި ޖަމްޢިއްޔާއިން ގަބޫލުކުރަނީ ގޯތި ހަވާލުކުރާއިރުގައި އެތަނުގައި ވަށާފާރުވެސް ރޭނޭނެ ގޮތް ހަމަޖައްސައި ދޭން ޖެހޭނޭ ކަން ކަމުގައެވެ.

ޝަމްއާން ވިދާޅުވީ ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ގަބޫލުކުރަނީ ގޯތި ދިނުމަކީ އެތަން ދިނުމަށް ފަހު އެތަނުގެ އިން ވަކިކޮށް އެތަނުގައި ފަށާފާރުވެއް ރާނަން ހުއްދަ ދިނުންކަމަށެވެ. ގޯތީގެ ވަށާފާރު ރާންނަ ހުއްދަ ނުދީ ގޯތި ދިނުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މިއީ ގުޅިފަޅު ރައްޔިތުންގެ ޖަމްޢިއްޔާގެ އިތުރުން ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުން ވެސް ގަބޫލުކުރާނެ އުސޫލެއް ނޫންކަމުގައި ޝަމްއާން ވިދާޅުވިއެވެ.

ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަންޝަމްއާން ރަޝީދުހައުސިންގް މިނިސްޓްރީބަންޑާރަ ގޯތީގެ ރަޖިސްޓްރީބިމާބެހޭ ގާނޫނުބަންޑާރަނައިބުގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު