Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުލި ނުދައްކާ މައްސަލަ

ރެސްޓޯރަންޓް ހިންގަން ނެގި އިމާރާތުގެ ކުލީގެ ގޮތުގައި 8 ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން އާރުޑީސީގެ ޑީއެމްޑީގެ މައްޗަށް ހުކުމްކޮށްފި

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ މުހައްމަދު ނަބީހު އަފީފު އަދި އިސްހާގު މުހައްމަދުގެ މައްޗަށް 880،000 ރުފިޔާއާއި ޝަރީއަތުގެ ހަރަދު އަދި ގާނޫނޫ ވަކީލުގެ ފީގެ ގޮތުގައި 15000 ރުފިޔާއާއެކު ޖުމްލަ 895،000 ރުފިޔާ އެއްފަހަރާ ދެއްކުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 ޖުލައި 2025 | ހޯމަ 14:41
ކެފޭއެއް ހިންގަން ކުއްޔަށް ނެގި އިމާރާތަކަށް ކުލި ނުދައްކައިގެން އެ ދެއްކުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި

ކެފޭއެއް ހިންގަން ކުއްޔަށް ނެގި އިމާރާތަކަށް ކުލި ނުދައްކައިގެން އެ ދެއްކުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި

ރެސްޓޯރަންޓް ހިންގަން ކުއްޔަށް ނެގި އިމާރާތުގެ ކުލީގެ ގޮތުގައި ނުދައްކާ ހުރި 8 ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން އާރުޑީސީގެ ޑީއެމްޑީ މުހައްމަދު ނަބީހު އަފީފު އާއި އިތުރު މީހެއްގެ މައްޗަށް ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ މ. ވެސްޓް އެންޑް ލޮޖް ކިޔާ ގޯތީގައިވާ އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ހަދާފައިވާ ކެފޭ ކުއްޔަށް ދިނުމާއި ގުޅޭގޮތުން ޑީ ބްލޫ ޕްރައިވެޓް ލިމިޓެޑް އާއި މުހައްމަދު ނަބީހު އަފީފު އަދި އިސްހާގު މުހައްމަދު އާއި ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުލީގެ ގޮތުގައި ދައްކަންޖެހި ނުދައްކާ ހުރި 880،000 ރުފިޔާއާއި ޝަރީއަތުގެ ހަރަދު އަދި ގާނޫނޫ ވަކީލުގެ ފީގެ ގޮތުގައި 15000 ރުފިޔާއާއެކު ޖުމްލަ 895،000 ރުފިޔާ އެއްފަހަރާ ދެއްކުމަށް ނަބީހު އަދި އިސްހާގުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޑީ ބްލޫގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ މި ދެމީހުންނަށް މައްސަލައިގެ ލިޔެކިޔުންތައް ލިބުނު ނަމަވެސް، ދިފާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

މި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ ޑީ ބުލޫގެ ފަރާތުން މުހައްމަދު ނަބީހު އަފީފު އަދި އިސްހާގު މުހައްމަދުގެ މައްޗަށް ދައުވާކުރާ ބިމާއި އިމާރާތް ކުއްޔަށް ދިނުމާބެހޭ މައްސަލައަށް ބަލާއިރު، ޑީ ބްލޫ އާއި ނަބީހު އަދި އިސްހާގާއި ދެމެދު މ. ވެސްޓް އެންޑް ލޮޖް ކިޔާ ގޯތީގައިވާ އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ހަދާފައިވާ ކެފޭ ކުއްޔަށް ދިނުމާއި ގުޅޭގޮތުންވެފައިވާ އެއްބަސްވުމުގެ ދަށުން 2021 ވަނ ައަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރު މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުލީގެގޮތުގައި ދައްކަންޖެހި ނުދައްކާ ހުރި 880،000 ރުފިޔާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި މި މައްސަލައިގައި ނަގައިދިނުމަށް ކަނޑައަޅާފައިވާ 15000 ރުފިޔާއާ އެކު ޖުމްލަ 895،000 ރުފިޔާ އަކީ ދައުވާ ލިބޭ ނަބީހު އަދި އިސްހާގުގެ ފަރާތުން ދައުވާކުރާ ޑީބްލޫ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

އަދި މި ފައިސާ ޑީ ބްލޫއަށް ލިބިދިނުމުގެ ގޮތުން، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި މި ފައިސާ ސިވިލް ކޯޓަށް ދެއްކުމުގެ ގޮތުން، އެ ފައިސާ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ދައްކާ ހަލާސްކުރުމަށް، ނަބީހު އަދި އިސްހާގުއަށް އަންގައި، ޣައިރު ހާޒިރުގައި ވަނީ ހުކުމްކޮށްފައެވެ.

މުހައްމަދު ނަބީހު އަފީފުއިސްހާގު މުހައްމަދުޑީ ބްލޫ ޕްރައިވެޓް ލިމިޓެޑްމ. ވެސްޓް އެންޑް ލޮޖް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025
އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި

އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި

01 މާރިޗު 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު