Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

މައި އެއަރޕޯޓުގެ ތަންތަން ބޭރުގެ ފަރާތްތަކަށް ދޭތީ ހުށަހެޅި ކުއްލި މައްސަލަ ބަލަ އެއް ނުގަތް

7 ޖުލައި 2025 | ހޯމަ 06:05

އަބްދުއްރަހީމް ވިދާޅުވީ އެ މައްސަލަ ހުށަހަޅަން ފުރުސަތު ނުދެނީ އެއީ ހަގީގަތާއި އެއްގޮތަށް ހުށަހަޅާފައިވާ ކުއްލި މައްސަލަ އަކަށް ނުވާތީ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 ޖުލައި 2025 | ހޯމަ 06:05
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

ދިވެހިރާއްޖޭގެ އެންމެބޮޑު އެއަރޕޯޓް (ވީއައިއޭ)ގެ މުހިންމު ތަންތަން ބޭރުގެ ފަރާތްތަކަށް ދޫކޮށްލުމަށް މަސައްކަތްކުރަމުންދާތީ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާފައިވާ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފުރުސަތު ނުދީ ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ހޯމަ ދުވަހު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މި މައްސަލަ ހުށަހަޅަން ފުރުސަތު ދެވެން ނެތް ކަމަށް ފާހަގަކުރައްވާފައެެވެ. އަބްދުއްރަހީމް ވިދާޅުވީ އެ މައްސަލަ ހުށަހަޅަން ފުރުސަތު ނުދެނީ އެއީ ހަގީގަތާއި އެއްގޮތަށް ހުށަހަޅާފައިވާ ކުއްލި މައްސަލަ އަކަށް ނުވާތީ ކަމަށެވެ.

Advertisement - newsAdvertisement

ޒިޔާދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންފައިވަނީ، ދިވެހިރާއްޖެއަކީ ބޭރުގެ ނުފޫޒުތަކުން އެއްކިބާވެފައިވާ، ދިވެހިންނަށް ފަހި، "ދިވެހީންގެ ރާއްޖެ" އެއް ބިނާކުރުމުގެ ރިޔާސީ ވައުދާއެކު، ދިވެހިންނަށް ކުރެވޭ ހުރިހާ މަސައްކަތެއް ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެކަމާއި، ދިވެހިރާއްޖޭގެ އަގުބޮޑު މުދަލާއި ވަސީލަތްތައް ބޭރުގެ ފަރާތްތަކަށް ދިނުމަކީ ގައުމަށް ހިޔާނާތްތެރިވުންކަމަށް ވިދާޅުވުން ކަމަށެވެ.

މީގެ އިތުރުން ވެރިކަމަށް ހުވައިކުރެއްވިފަހުން ވެސް، މި ސަރުކާރުގެ އެންމެހައި ނިންމުންތަކެއްގައި އަބަދުމެ އިސްކަން ދޭނީ، ގައުމިއްޔަތު ކުރިއެރުވުމަށާއި، "މޯލްޑިވްސް ފަސްޓް" ޕޮލިސީގެ ދަށުން މަސައްކަތްކުރުމުގެ މައްޗަށްކަމަށް ތަކުރާރުކޮށް ވަކާލާތުކުރަމުން އައިސްފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ، ދިވެހިރާއްޖޭގެ އެންމެބޮޑު އަދި އެންމެ މުހިންމު އެއަރޕޯޓް ކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި އަލަށް ތަރައްގީކުރި ތަންތަނުގެ ތެރެއިން، ސީ.އައި.ޕީ ޓާމިނަލް ހިންގުމަށާއި، ރާއްޖެއަށް އަންނަ ޖެޓުތަކުގެ ގްރައުންޑް ހެންޑްލިންގ އާއި، ތެޔޮ ވިއްކުމާއި މިނޫނަސް އެކަމާގުޅޭ އެންމެހައި ހިދުމަތްތައް ދިނުމަށް، ދެންނެވުނު ޓާމިނަލް ދުބާއީގެ ޖެޓެކްސް ނަމަކަށް ކިޔާ ކުންފުންޏައް 25 އަހަރު ދުވަހަށް ދިނުމަށްޓަކައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން މަސައްކަތް ކުރަމުންދާ ކަމަށް ޚަބަރުތައް ލިބެމުންދާ ކަމަށް އެ މައްސަލައިގައި ވަނީ ފާހަގަކުރައްވާފައެވެ.

އެ މައްސަލަ އާއި މެދު ފާހަގަކުރެވޭ ފުރަތަމަ ކަމަކީ، ބޭރުގެ ބަޔަކަށް މިފަދަ މުހިންމު ތަނެއް ދޫކޮށްލާންވާނީ، އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އަދި އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވޭނެ ފެންވަރު ސަރުކާރުގައި ނެތް ހާލަތެއްގައި، އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެފަދަ ވަސީލަތްތައް ޤާއިމުކުރާނެ ބަޔަކަށްކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ. އަދި މިކަމުގައި، އެތަން އިމާރާތްކުރާކަށް ނުޖެހޭކަމާއި، އެތަނަކީ ހަދައި ނިމިފައި ހުރި ތަނެއް ކަމުން، ބޭރު ބައެއްގެ އިންވެސްޓްމަންޓެއް ބޭނުން ނުވާކަން އެނގުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެވަނަ ކަމަކީ، ބޭރުގެ ބަޔަކަށް މިފަދަ ހިދުމަތެއް ދިނުމަށް ޓަކައި ދޫކޮށްލާންވާނީ، އެކަން ކުރުމުގެ ޤާބިލުކަން ދިވެހި ކުންފުނިތަކުގެ ނުވަތަ ދިވެހިންގެ ކިބައިގައި ނެތް ހާލަތެއްގައި ނުވަތަ ދިވެހިންނަށް ނުކުރެވޭނެ ވަރުގެ މަސައްކަތަކަށް ވާ ހާލަތުގައި ކަމާއި، މިތަން ހިންގުމަށް ދިވެހިން ތިބީ ތައްޔާރުވެފަކަމާއި، މިހާރުވެސް އެ ހިދުމަތްތައް ދެމުން ގެންދަނީ ހުނަރުވެރި ދިވެހިންކަމުން، އެކަން ކުރާކަށް ބޭރު ބަޔަކު ގެންނަން ނުޖެހޭކަން އެނގޭހިނދު؛ މިކަން މި ގޮތަށް ކުރަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ނުވަތަ ސަރުކާރުގެ ކޮންމެވެސް ބަޔަކު މިކަމުން ނާޖައިޒް މަންފާތަކެއް ހޯދުމަށް ކަމަށް ބެލެވޭ" މައްސަލައިގައި ވަނީ ބުނެފައެވެ.

އެކަމުގެ ސަބަބުން ލިބޭނެ 3 ގެއްލުމެއް ޒިޔާދު ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

ގައުމީ ސަލާމަތައް ނުރައްކާވުން:

ދިވެހިރާއްޖޭގެ އެންމެބޮޑު އަދި އެންމެ މުހިންމު އެއަރޕޯޓްގެ މި ފަދަ މުހިންމު ތަނެއް ބޭރުގެ ބަޔަކަށް ދޫކޮށްލުމުން، ދިވެހިރާއްޖެއަށް ދަތުރުކުރާ ޖެޓްތަކާއި އޭގައި ރާއްޖެއަށް އެތެރެވާ ކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ. އެގޮތުން، ރާއްޖެއިން ބޭރުވާ މީހުންނާއި އެމީހުން އުފުލާތަކެތި ބެލޭނޭ ފުރުސަތު ހަނިވުމާއި، ޕްރައިވެޓް ޖެޓްގައި ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ މައުލޫމާތު ބޭރު ބައެއްގެ އަތުގައި ހުރުމުގެ ސަބަބުން، ސެކިއުރިޓީ ގޮތުން ކޮންމެފަދަ ކަމެއްވެސް ހިނގުމުގެ ޖާގަ އޮންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ދައުލަތުގެ އާމްދަނީއަށް އަސަރުކުރުން:

އެ ޓާމިނަލް ބޭރުގެ ކުންފުންޏަކާ ހަވާލުކުރުމުގެ ނަތީޖާއަކަށްވެގެންދާނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އެތަން ހިންގައިގެން މިހާރު ލިބޭ އާމްދަނީ އަދި މުޅި އެއަރޕޯޓް ބޭނުންކުރަން ފެށުމުން ހިދުމަތްތައް ފުޅާވެ، އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވޭ އާމްދަނީ، އެ ކުންފުންޏަށް ނުލިބުމުގެ ސަބަބުން، އެ އަދަދު ދައުލަތަށް ނުލިބުންކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ.

ޒިޔާދު ފާހަގަކުރައްވާފައިވާ ގޮތުގައި ފާއިތުވި އަހަރުގެ ހިސާބުތަކަށް ބަލައިގެން އަންދާޒާކުރާނަމަ، މަދުވެގެން 7 މިލިއަން ޑޮލަރު އެމް.އޭ.ސީ.އެލް އަށް ގެއްލޭނެއެވެ. އެއީ، ނިމިދިޔަ އަހަރު މަދުވެގެން 12 މިލިއަން ޑަލަރު ދައްކާފައިވާއިރު ޖެޓެކްސް ހުށަހަޅަނީ އެންމެ 5 މިލިއަން ޑޮލަރު އެމް.އޭ.ސީ.އެލް.އަށް ދިނުމަށް ކަމަށް ވާތީ ކަމަށް ޒިޔަދު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުވާ ޑޮލަރުގެ އަދަދު އިތުރުވުމުން ޑޮލަރުގެ ދަތިކަން އިތުރުވުން:

އެ ޓާމިނަލް ހިންގައިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ޑޮލަރުން ލިބޭ އާމްދަނީ މިހާރު ރާއްޖޭގައި ހިފެހެއްޓޭކަމާއި، އެއިން ބޮޑު ބައެއް ސީދާ ދައުލަތަށް އަދި ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ވަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެތަން ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމުން އެތަނަށް ލިބޭ ޑޮލަރުގެ ބޮޑު އަދަދެއް އެ ކުންފުނިން ކޮންމެ މަހަކު ރާއްޖެއިން ބޭރުކުރުމުގެ ނަތީޖާއަކަށްވެގެންދާނީ، މިހާރު ރާއްޖެއަށް ލިބެމުންދިޔަ ޑޮލަރުގެ އެކަށީގެންވާ ބޮޑު އިންސައްތައެއް ލިބުނުން ހުއްޓި، އޭގެ ސަބަބުން ޑޮލަރުގެ ދަތިކަން އިތުރުވުން ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ.

މިގޮތުން، ފާއިތުވި އަހަރުގެ ހިސާބުތަކަށް ބަލައިގެން އަންދާޒާކުރާނަމަ، 25 އަހަރުގެ މުއްދަތުގައި ގެއްލޭނެ މިންވަރު ބެލުމުން، ޖުމްލަ 175 މިލިއަން ޑޮލަރު ގެއްލޭނެ ކަމަސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ދެ ގުނަ ނުވަތަ 350 މިލިއަން ޑޮލަރު ރާއްޖޭން ބޭރުވެގެން ދިއުމަކީ ވަރަށް އެކަށީގެންވާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް