Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއޮންލައިން މަޖައްލާ

މޯލްޑިވްސް ބިޒްނަސް ރިވިއުގެ ނަމުގައި އޮންލައިން މަޖައްލާއެއް ނެރެފި

ދިވެހިރާއްޖޭގެ އިޤްތިސާދާއި ގުޅުންހުރި ހުރިހާ ދާއިރާއެއްގެ މައުލޫމާތާއި ތަފާސްހިސާބުތައް މި އޮންލައިން މަޖައްލާގައި ހިމެނޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 މާރިޗު 2018 | ބުރާސްފަތި 08:32
މޯލްޑިވްސް ބިޒްނަސް ރިވިއު

މޯލްޑިވްސް ބިޒްނަސް ރިވިއު

ބްލޭޒަން އިންކް އިން "މޯލްޑިވްސް ބިޒްނަސް ރިވިއު (އެމްބީއާރް)" ގެ ނަމުގައި ދިވެހިރާއްޖޭގެ އިޤްތިސާދުގެ ހުރިހާ ދާއިރާތަކަށް ޚާއްސަކޮށްގެން އޮންލައިން މަޖައްލާއެއް ނެރެފިއެވެ.

މި އޮންލައިން މަޖައްލާ ނެރެދެއްވީ މާރޗް 7 ވަނަ ދުވަހުގެރޭ ބޭއްވި ފޭސްބުކް ލައިވް އިވެންޓެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހްމަދު ނަސީރެވެ.

މި އިވެންޓުގައި ވާހަކަ ދައްކަވަމުން ނަސީރު ވަނީ ދިވެހިރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށް ވިޔަފާރީއަށް ހާއްސަ ކުރެވިފައިވާ މިފަދަ މަންސާއެއްގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އަދި އެމްބީއާރް އަކީ ރާއްޖޭގައި އިގްތިސާދާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ މަޖައްލާއެއް ކަމަށް ވެސް ނަސީރު ފާހަގަކުރެއްވިއެވެ.

އެމްބީއާރްގެ މަޤްސަދަކީ ދިވެހިރާއްޖޭގެ އިޤްތިސާދާއި ގުޅުންހުރި ހުރިހާ ދާއިރާއެއްގެ މައުލޫމާތާއި ތަފާސްހިސާބު، އިޤްތިސާދާއި ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ހަމަހަމަ ގޮތެއްގައި ފޯރު ކޮށްދިނުމެވެ. އަދި އާ ވިސްނުމަކާއިއެކު ދިވެހިރާއްޖޭގެ އިޤްތިސާދީ ހާލަތު ގެނެސްދީ، ތަފްސީލީ ދިރާސާތަކެއް ކިޔުންތެރިންނާއި ހަމައަށް ފޯރުކޮށްދިނުމެވެ.

ބްލޭޒަން އިން އިތުރަށް ބުނީ ޗާފްކުރެވިގެން އަހަރަކު 2 ފަހަރު ނެރޭ މަޖައްލާއަކާއި މޯބައިލް އެޕްލިކޭޝަންއަކުން އެމްބީއާރް ތަޖްރިބާކޮށްލުމުގެ ފުރުސަތު މި އަހަރުގެ މެދު ތެރޭގައި ހުޅުވާލާނެ ކަމަށެވެ.

ބްލޭޒަން އިންކްއަކީ، މާކެޓިންގ، ފަބްލިކް ރިލޭޝަން އަދި ވިޔަފާރި ހިންގުމަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދޭ ކުންފުންޏެކެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
16 މާރިޗު 2017

ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި

16 މާރިޗު 2017
ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި
15 މާރިޗު 2017

ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

15 މާރިޗު 2017
ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
02 މާރިޗު 2017

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި

02 މާރިޗު 2017
ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު