Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އަންގާރަ ދުވަހު ޣައްޒާ ގައި 60ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ޝަހީދުވި މީހުންގެ ތެރޭގައި އެމެރިކާ އަދި އިސްރާއީލުގެ އެހީތެރިކަމާއެކު ހިންގާ އެހީ ބެހުމުގެ ސަރަޙައްދުތަކުގައި ކާނާ ހޯދަން އުޅުނު 16 އަށް ވުރެ ގިނަ މީހުން ހިމެނޭ

ރާއްޖެ އެމްވީ | 1 ޖުލައި 2025 | އަންގާރަ 14:17
ޣައްޒާ ސިޓީގެ ކެފޭ އަކަށް އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން ޒަޚަމްވި މީހަކު އެތަނުން ބޭރަށް ނިކުންނަނީ - 2025 ޖޫން 30

ޣައްޒާ ސިޓީގެ ކެފޭ އަކަށް އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން ޒަޚަމްވި މީހަކު އެތަނުން ބޭރަށް ނިކުންނަނީ - 2025 ޖޫން 30

އިސްރާއީލުގެ ހަމަލާތަކުގައި އަންގާރަ ދުވަހު 65 ށް ވުރެ ގިނަ ފަލަސްތީނު މީހުން ޣައްޒާ ގައި ޝަހީދު ކޮށްލައިފި ކަމަށް އަލް ޖަޒީރާ އިން ބުނެފިއެވެ.

މީގެ ތެރޭގައި އެމެރިކާ އަދި އިސްރާއީލުގެ އެހީތެރިކަމާއެކު ހިންގާ އެހީ ބެހުމުގެ ސަރަޙައްދުތަކުގައި ކާނާ ހޯދަން އުޅުނ16 އަށް ވުރެ ގިނަ މީހުން ހިމެނެއެވެ.

މި ފަހުގެ ތާރީޚުގެއްގައި އެންމެ ގިނަ އަދަދެއްގެ މީހުން އެއް ހަމަލާ އެއްގައި މަރުވި ޙާދިސާ ގައި، ހޯމަ ދުވަހު އިސްރާއީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ކުޑަކުދިންގެ އުފަންދުވަހުގެ ޕާޓީއެއް ކުރިއަށް ދިޔަ ކެފޭ އަކަށް ބޮން އެޅުމުން މަދުވެގެން 39 މީހުން މަރުވިއެވެ.

ހަމާސްގެ އިސް އޮފިޝަލެއް އަލްޖަޒީރާ އަށް ބުނެފައިވަނީ، ހަމާސް އިން "މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ހުއްޓުމެއްނެތި ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރާނެ" ކަމަށާއި އެހެން ނަމަވެސް އިސްރާއީލުން "މަޝްވަރާތަކަށް ހުރަސް އަޅަމުންދާ" ކަމަށް ތުހުމަތުކުރިއެވެ.

އަނެއްކޮޅުން އިސްރާއީލުގެ ހުރަސްތަކުގެ ސަބަބުން ޣައްޒާ އަށް ކުޑަކުދިންގެ ކާނާ ނުލިބި ގިނަ އަދަދެއްގެ ކުދިން މަރުވެދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ދީފިއެވެ.

ޣައްޒާ ގައި ތިބި ޑޮކްޓަރުން އިންޒާރު ދެމުން ބުނެފައިވަނީ މިކަމުގެ ސަބަބުން ހާހުން ގުނާލެވޭ ވަރަށް ކުޑަކުދިން މަރުވެދާނެ ކަމަށެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ މިނިސްޓްރީގެ މަޢުލޫމާތު ދައްކާގޮތުން، އިސްރާއީލުގެ ހަމަލާ ތަކުގައި މިހާތަނަށް މަދުވެގެން 56,531 މީހުން މަރުވެ، 133,642 މީހުން ޒަޚަމްވެފައިވެއެވެ.

އަނެއްކޮޅުން އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ "އަންނަ ހަފްތާގެ ތެރޭގައި" ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ އިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވީ، ނަތަންޔާހޫ ވައިޓް ހައުސް އަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ޖުލައި 7 ގެ ކުރިން ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމެއް ވެވިދާނެތޯ ނޫސްވެރިން ސުވާލުކުރުމުން ދެއްވި ޖަވާބުގައެވެ.

"އުންމީދު ކުރަނީ އެކަން ވާނެ ކަމަށް، އަދި އަންނަ ހަފްތާގެ ތެރޭގައި އެކަން ވާނެ ކަމަށް ބަލަމުން މިދަނީ،" ވޮޝިންގްޓަނުން ފްލޮރިޑާ އަށް ފުރާވަޑައިގަންނަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

ހަނގުރާމަ ހުއްޓާލުމުގެ ވާހަކަ އަންގާރަ ދުވަހު ޓްރަަމްޕް ވިދާޅުވި އިރު އޭނާގެ ސަރުކާރުން އިސްރާއީލަށް 510 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ހުއްދަ ހޯމަ ދުވަހު ވަނީ ދީފައެވެ.

ޣައްޒާއިޒްރޭލްހަމާސްޑޮނަލްޑް ޓްރަމްޕްޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު