Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމައިގައި 100،000 ފަލަސްތީނު މީހުން އިސްރާއީލުން ޝަހީދު ކޮށްލައިފި: ދިރާސާ

ޣައްޒާ ސްޓްރިޕްގައި އިސްރާއީލުން ހިންގި ހަމަލާގައި އަނިޔާވެރި ގޮތަކަށް މަރުވެފައިވާ އަންހެނުންނާއި ކުޑަކުދިންގެ ނިސްބަތަކީ، ފަހުގެ ތާރީޚުގައި ހިނގާފައިވާ ގާތްގަނޑަކަށް ހުރިހާ ހަނގުރާމައެއްގައި މަރުވެފައިވާ އަންހެނުންނާއި ކުޑަކުދިންގެ ނިސްބަތަށް ވުރެ ދެގުނަ އަށް ވުރެ ބޮޑު އަދަދެއް

ރާއްޖެ އެމްވީ | 29 ޖޫން 2025 | އާދީއްތަ 10:03
ޖޫން 28، 2025 ގައި ޣައްޒާގެ މެދުތެރޭގެ އަލްޝިފާ ހޮސްޕިޓަލުގެ ގޯތިތެރޭގެ ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން މަރުވި މީހެއްގެ ހަށިގަނޑު އާއިލާ މީހަކު އުފުލަނީ

ޖޫން 28، 2025 ގައި ޣައްޒާގެ މެދުތެރޭގެ އަލްޝިފާ ހޮސްޕިޓަލުގެ ގޯތިތެރޭގެ ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން މަރުވި މީހެއްގެ ހަށިގަނޑު އާއިލާ މީހަކު އުފުލަނީ

ޣައްޒާގައި އިސްރާއީލުން ކުރިއަށް ގެންދާ ހަނގުރާމައިގައި ގާތްގަނޑަކަށް އެއް ލައްކަ ފަލަސްތީނު މީހުން އިސްރާއީލުން ޝަހީދު ކޮށްލައިފި ކަމަށް ދިރާސާ އަކުން ހާމަ ވެއްޖެއެވެ.

ދިރާސާ ކުރި ފަރާތްތަކުން ދެނެގަނެފައިވާ ގޮތުގައި، އޮކްޓޯބަރު 2023 ގައި އިސްރާއީލުން ޣައްޒާ ސްޓްރިޕްގައި ފެށި ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ފެށި ފަހުން މިހާތަނަށް، ގާތްގަނޑަކަށް 100،000 ފަލަސްޠީނު ރައްޔިތުން މަރުވެފައިވެއެވެ.

މި އަދަދު ޝާއިޢު ކޮށްފައި ވަނީ ލަންޑަން ޔުނިވަރސިޓީގެ އިކޮނޮމިސްޓް ޕްރޮފެސަރ މައިކަލް ސްޕަގެޓް އަދި ފަލަސްޠީނު ޕޮލިޓިކަލް ސައިންޓިސްޓް ޚަލީލް ޝިކާކީ އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ އައު ދިރާސާއެއްގައެވެ.

މި ދިރާސާގައި ހިޞާރު ކޮށްފައިވާ ޣައްޒާގެ 2،000 ގޭބިސީ އެއް ގައި ދިރިއުޅޭ ގާތްގަނޑަކަށް 10،000 މީހުން ހިމެނޭ ސާވޭ އެއް ހަދާފައިވެއެވެ.

ދިރާސާ ކުރި ފަރާތްތަކުން ނިންމާފައިވާ ގޮތުގައި، ޖަނަވަރީ 2025 އާ ހަމަ އަށް، އިސްރާއީލުގެ އަނިޔާވެރިކަމުގެ ތެރޭގައި ޣައްޒާ ގައި ގާތްގަނޑަކަށް 75،200 މީހުން އިސްރާއީލުގެ ހަމަލާތަކުގައި މަރުވެފައިވެއެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ މަރުތައް ދިމާވެފައިވަނީ އިސްރާއީލުގެ ހަތިޔާރު ބޭނުންކޮށްގެން ދިން ހަމަލާ ތަކުގެ ސަބަބުންނެވެ. އަދި މީގެ އިތުރުން 8،540 މީހުން މަރުވެފައި ވަނީ އެހެނިހެން ސަބަބުތަކާ ހުރެއެވެ.

ޖަނަވަރީ މަހުން ފެށިގެން، ޣައްޒާގެ ޞިއްޙަތާ ބެހޭ މިނިސްޓްރީން ރިޕޯޓުކޮށްފައިވާ ގޮތުގައި 10،000 އަށްވުރެ ގިނަ މީހުން އިސްރާއީލުގެ ހަމަލާތަކުގައި މަރުވެފައިވެއެވެ. މިއާއެކު ޖުމްލަ މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައެވެ.

މި އަންދާޒާ ތަކުން ދޭހަ ވަނީ ޣައްޒާގެ ޞިއްޙަތާ ބެހޭ މިނިސްޓްރީން އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން މަރުވި ކަމަށް ރިޕޯޓު ކުރާ މީހުންގެ އަދަދު އަސްލު އަދަދަށް ވުރެ ދަށުގައިވާ ކަމެވެ. އިސްރާއީލުން ހަނގުރާމައިގެ ތެރޭގައި ޣައްޒާ ހިސޯރު ކޮށްފައި އޮތުމުގެ ސަބަބުން ބަނޑުހައިހޫނު ކަމާއި، ބަލިމަޑު ކަމާއި، ކާބޯތަކެތި ބަހާ މަރުކަޒުތަކުގައި ބަޑިޖެހުމުގެ ސަބަބުން އެތައް ބަޔަކު މަރުވެފައި ވެއެވެ.

ސްޕަގެޓް ވިދާޅުވި ގޮތުގައި ސަރވޭ އިން ހާމަވި ގޮތުގައި "ޣައްޒާ ސްޓްރިޕްގެ ހަނގުރާމަ އަކީ 21 ވަނަ ޤަރުނުގެ އެންމެ ލޭއޮހޮރުވުން ބޮޑު ހަނގުރާމަ ތަކުގެ ތެރެއިން އެއް ހަނގުރާމައިގެ ގޮތުގައި ދައްކުވައިދެއެވެ."

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އާބާދީ އާ އަޅާބަލާއިރު މަރުވެފައިވާ މީހުންގެ ނިސްބަތަކީ ގާތްގަނޑަކަށް 4 އިންސައްތައެވެ. އަދި އިތުރަށް އޭނާ ހާމަ ކުރެއްވި ގޮތުގައި، "21 ވަނަ ޤަރުނުގައި މިހާ މަތީ މިންވަރަކަށް މަރުވި މީހުންގެ ނިސްބަތް އަރާފައިވާ އެހެން ހާލަތެއް އޮތްކަމާމެދު އަޅުގަނޑު ހިތުގައި ޝައްކު އުފެދެއެވެ."

މި ދިރާސާ ކުރި ފަރާތްތަކުން ބުނެފައިވާ ގޮތުގައި މަރުވެފައިވާ މީހުންގެ ތެރެއިން 56 އިންސައްތަ އަކީ 18 އަހަރުން ދަށުގެ ކުޑަކުދިން ނުވަތަ އަންހެނުންނެވެ.

ޣައްޒާ ސްޓްރިޕްގައި އިސްރާއީލުން ހިންގި ހަމަލާގައި އަނިޔާވެރި ގޮތަކަށް މަރުވެފައިވާ އަންހެނުންނާއި ކުޑަކުދިންގެ ނިސްބަތަކީ، ފަހުގެ ތާރީޚުގައި ހިނގާފައިވާ ގާތްގަނޑަކަށް ހުރިހާ ހަނގުރާމައެއްގައި މަރުވެފައިވާ އަންހެނުންނާއި ކުޑަކުދިންގެ ނިސްބަތަށް ވުރެ ދެގުނަ އަށް ވުރެ ބޮޑު އަދަދެކެވެ.

"މިއީ ދެވަނަ ބޮޑު ހަނގުރާމަ އިން ފެށިގެން ހިނގާފައިވާ ގާތްގަނޑަކަށް ހުރިހާ ހަނގުރާމައަކާ އަޅާބަލާއިރު އިސްތިސްނާ އަދަދެކެވެ،" އިސްރާއީލުގެ ނޫސް ހާރެޓްޒް އިން ރިޕޯޓު ކޮށްފައި ވެއެވެ.

އިސްރާއީލުން ޣައްޒާ އަށް ހަމަލާ ދޭން ފެށީ 7 އޮކްޓޯބަރު 2023 ގައެވެ.

ހައިރާންކަން ލިބޭ އަދަދެއްގެ މީހުން ޣައްޒާ އިން ޝަހީދު ކޮށްލާފައި ވިޔަސް އިސްރާއީލުގެ އަނިޔާވެރި ސަރުކާރުން ޣައްޒާ ހަނގުރާމަ ހިންގުމުގައި ޙާސިލު ކުރާނެ ކަމަށް ބުނި އެއްވެސް މަގްސަދެއް މިހާތަނަށް ހާސިލުވެފައެއް ނުވެއެވެ.

ޙަމާސް ނައްތާލެވިފައެއް ނުވެއެވެ. ޣައްޒާގައި ހިފަހައްޓާފައިވާ ހުރިހާ ރަހީނުން މިނިވަން ކުރެވިފައެއް ވެސް ނުވެއެވެ.

އިޒްރޭލްޣައްޒާ ސަރަހައްދުޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު