Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޮނާކޯ

ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޕޮގްބާ މޮނާކޯ އަށް

ޕޮގްބާ ވަނީ މޮނާކޯއާ އެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖޫން 2025 | އާދީއްތަ 05:10
މޮނާކޯގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ޕޮގްބާ

މޮނާކޯގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ޕޮގްބާ

ފްރާންސްގެ ޕައުލް ޕޮގްބާ، މޮނާކޯ އަށް ބަދަލު ވެއްޖެ އެވެ.

އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަނިކޮށް، އުމުރުން 32 އަހަރުގެ ޕޮގްބާ އަށް ވަނީ ހަތަރު އަހަރު ދުވަހުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފަ އެވެ. މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ޕޮގްބާ ސަސްޕެންޑު ކުރުމަށް ނިންމީ، މަނާ ބޭހެއް ބޭނުން ކުރި މައްސަލައިގަ އެވެ.

އިޓަލީގެ އެންޓި ޑޯޕިންގ އެޖެންސީ (ނާޑޯ) ކުރިއަށް ގެންދިޔަ ތަހުލީލު ތަކަށް ފަހު، ޕޮގްބާ ސަސްޕެންޑު ކުރުމަށް ނިންމި ނިންމުން. ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި ޕޮގްބާގެ ފަރާތުން އިސްތިއުނާފު ކުރި އެވެ.

އެ މައްސަލަ ބެލުމަށް ފަހު ކާސް އިން އޭރު ނިންމީ ޕޮގްބާގެ ސަސްޕެންޝަނަށް ލުއި ދިނުމަށެވެ. އެ ސަސްޕެންޝަންގެ މުއްދަތު 18 މަސް ދުވަހަށް ކުޑަ ކުރުމަށް ކާސް އިން ނިންމުމާއެކު، މިހަރުގެ މާޗު މަހުގެ ތެރޭގައި އަލުން ފުޓުބޯޅަ ކުޅުމުގެ ތެރެއަށް ޕޮގްބާ އަށް އޮތީ އާދެވޭ ގޮތަށެވެ.

ނަމަވެސް، އެ މައްސަލައިގެ ތެރޭގައި ޔުވެންޓަސް އިން ވަނީ ޕޮގްބާގެ އެއްބަސްވުން އުވާލައިފަ އެވެ. ޔުވެންޓަސް އާއެކު އޭނާ ސޮއި ކޮށްފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ ވެސް އަންނަ އަހަރު އެވެ. ނަމަވެސް، މަނާ ބޭހެއް ބޭނުން ކުރި ކަމުގެ މައްސަލައިގައި ސަސްޕެންޑު ކުރުމުން ޔުވެންޓަސް އިން ނިންމީ އޭނާގެ އެއްބަސްވުން އުވާލުމަށެވެ.

އަލުން ފުޓުބޯޅަ ކުޅުމުގެ ތެރެއަށް އައުމަށް، ޕޮގްބާ ވަނީ މޮނާކޯ އަށް ބަދަލުވެފަ އެވެ. އެ ކުލަބުގެ އެއްބަސްވުމުގައި އޭނާ ސޮއި ކޮށްފައިވާއިރު، މޮނާކޯ އިން ވަނީ އެކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. އެގޮތުން ޕޮގްބާ ވަނީ މޮނާކޯއާ އެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ސީނިއަރ ކެރިއަރު ފެށި ޕޮގްބާ އެ ކުލަބު ދޫކޮށް ޔުވެންޓަސް އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ދެ ވަނަ ފަހަރަށް ޔުނައިޓެޑަށް ދިޔުމަށް ފަހު، 2022 ވަނަ އަހަރު އަނެއްކާ ވެސް އޭނާ ވަނީ ޔުވެންޓަސް އަށް ބަދަލުވެފަ އެވެ.

އެންމެ ފަހުން ޔުވެންޓަސްގައި ހޭދަ ކުރި މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 12 މެެޗު ކުޅެދީފަ އެވެ. ޕޮގްބާގެ އިތުރުން، މޮނާކޯ އިން އަންނަނީ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ އަންސޫ ފާޓީ ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މޮނާކޯޕައުލް ޕޮގްބާ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2025

ހެންޑަސަން ހޯދުމަށް މޮނާކޯ އިން މަސައްކަތް ކުރަނީ

01 ފެބުރުއަރީ 2025
ހެންޑަސަން ހޯދުމަށް މޮނާކޯ އިން މަސައްކަތް ކުރަނީ
12 ޑިސެމްބަރު 2024

މޮނާކޯ ބަލިކޮށް، އާސެނަލް ތިން ވަަނައިގައި

12 ޑިސެމްބަރު 2024
މޮނާކޯ ބަލިކޮށް، އާސެނަލް ތިން ވަަނައިގައި
08 އޮކްޓޯބަރު 2024

ޔުވެންޓަސް އިން ބޭނުން ވަނީ ޕޮގްބާގެ އެއްބަސްވުން އުވާލަން

08 އޮކްޓޯބަރު 2024
ޔުވެންޓަސް އިން ބޭނުން ވަނީ ޕޮގްބާގެ އެއްބަސްވުން އުވާލަން
07 އޮކްޓޯބަރު 2024

ޕޮގްބާއާ މެދު ގޮތެއް ނިންމާނީ ކުލަބުން: މޮޓާ

07 އޮކްޓޯބަރު 2024
ޕޮގްބާއާ މެދު ގޮތެއް ނިންމާނީ ކުލަބުން: މޮޓާ
06 އޮކްޓޯބަރު 2024

އަބަދު ވެސް ތެދުވެރިކަން އިސް ކުރަން: ޕޮގްބާ

06 އޮކްޓޯބަރު 2024
އަބަދު ވެސް ތެދުވެރިކަން އިސް ކުރަން: ޕޮގްބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު