Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުވެންްޓަސް

ޔުވެންޓަސް އިން ބޭނުން ވަނީ ޕޮގްބާގެ އެއްބަސްވުން އުވާލަން

ޕޮގްބާ ޤަބޫލު ކުރާ ގޮތުގައި އޭނާގެ ކެރިއަރަށް މިހާރު އެންމެ ރަނގަޅީ، އައު ފެށުމެއް ފެށުން ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޮކްޓޯބަރު 2024 | އަންގާރަ 04:44
ޕައުލް ޕޮގްބާ

ޕައުލް ޕޮގްބާ

ޔުވެންޓަސް އިން ބޭނުން ވަނީ އެ ކުލަބަށް ކުޅެމުން އަންނަ ފްރާންސްގެ ޕައުލް ޕޮގްބާގެ އެއްބަސްވުން އުވާލަން ކަމަށް، މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ ޔުވެންޓަސް އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޔުވެންޓަސް އަށް ކުޅެމުން އަންނަނިކޮށް ޕޮގްބާ އަށް ވަނީ ހަތަރު އަހަރު ދުވަހުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފަ އެވެ. މިއަހަރުގެ މާޗު މަހުގެ ތެރޭގައި ޕޮގްބާ ސަސްޕެންޑު ކުރުމަށް ނިންމީ، މަނާ ބޭހެއް ބޭނުން ކުރި މައްސަލައިގަ އެވެ.

އިޓަލީގެ އެންޓި ޑޯޕިން އެޖެންސީ (ނާޑޯ) ކުރިއަށް ގެންދިޔަ ތަހުލީލުތަކަށް ފަހު ޕޮގްބާ ސަސްޕެންޑު ކުރުމަށް ނިންމި ނިންމުން އޭނާ ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި އިސްތިއުނާފު ކޮށްފަ އެވެ. އެ މައްސަލަ ބެލުމަށް ފަހު ކާސް އިން ނިންމާފައި ވަނީ ޕޮގްބާގެ ސަސްޕެންޝަނަށް ލުއި ދިނުމަށެވެ. އެ ސަސްޕެންޝަންގެ މުއްދަތު 18 މަސް ދުވަހަށް ކުޑަ ކުރުމަށް ކާސް އިން ނިންމުމާއެކު، އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އަލުން ފުޓުބޯޅަ ކުޅުމުގެ ތެރެއަށް ޕޮގްބާ އަށް އާދެވޭނެ އެވެ. އަދި އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ވެސް އޭނާ އަށް ބައިވެރިވެވޭނެ އެވެ.

އެހެން ނަމަވެސް، މީޑިއާ ތަކުގައި މިހާރު ބުނެފައިވާ ގޮތުން ޔުވެންޓަސް އިން ބޭނުން ވަނީ ޕޮގްބާގެ އެއްބަސްވުން އުވާލުމަށެވެ. އެގޮތުން އެކަމާ ގުޅުން ހުރި މަޝްވަރާތައް ޔުވެންޓަސް އިން ޕޮގްބާއާ ކުރަމުން އަންނަ ކަމަށާއި، އެއްބަސްވުން އުވާލަން ޕޮގްބާ ވެސް ޤަބޫލު ވާނެ ކަމަށް ވަނީ ރިޕޯޓުތައް ބުނެފަ އެވެ. އެގޮތުން ޕޮގްބާ ޤަބޫލު ކުރާ ގޮތުގައި އޭނާގެ ކެރިއަރަށް މިހާރު އެންމެ ރަނގަޅީ، އައު ފެށުމެއް ފެށުން ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

ޔުވެންޓަސް އަށް ބަދަލުވިތާ މާގިނަ ދުވަހެއް ނުވެ، ކުލަބުގެ ފަރިތަކުރުމުގެ ތެރެއިން ޕޮގްބާ އަށް ވަނީ އަނިޔާވެފަ އެވެ. އެއާއެކު އޭނާ ވަނީ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. އެ އަނިޔާގެ ސަބަބުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ކުޅުމުގެ ފުރުސަތު ވެސް ޕޮގްބާ އަށް ވަނީ ގެއްލިފަ އެވެ.

ޔުވެންޓަސްޕައުލް ޕޮގްބާ

އިތުރަށް ކިޔާލަން

02 ޖުލައި 2025

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް
29 ޖޫން 2025

ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޕޮގްބާ މޮނާކޯ އަށް

29 ޖޫން 2025
ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޕޮގްބާ މޮނާކޯ އަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
12 ޑިސެމްބަރު 2024

ޔުވެންޓަސް އަތުން ބަލިވެ، ސިޓީ އަށް ޕްރެޝަރު

12 ޑިސެމްބަރު 2024
ޔުވެންޓަސް އަތުން ބަލިވެ، ސިޓީ އަށް ޕްރެޝަރު
07 އޮކްޓޯބަރު 2024

ޕޮގްބާއާ މެދު ގޮތެއް ނިންމާނީ ކުލަބުން: މޮޓާ

07 އޮކްޓޯބަރު 2024
ޕޮގްބާއާ މެދު ގޮތެއް ނިންމާނީ ކުލަބުން: މޮޓާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު