Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ބަޔާނުން މޮނާކޯ ބަލިކޮށްފި

އައު ސީޒަންގެ ފުރަތަމަ މެޗަކީ ބަޔާން އާއި އާރްބީ ލައިޕްޒިގް ވާދަކުރާ ޖަރުމަނު ސުޕަ ކަޕްގެ ފައިނަލް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޯގަސްޓު 2023 | އަންގާރަ 02:15
ބަޔާން އާއި މޮނާކޯ ކުޅުނު މެޗުގެ ތެރެއިން

ބަޔާން އާއި މޮނާކޯ ކުޅުނު މެޗުގެ ތެރެއިން

ކުރިއަށް އޮތް އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޖަރުމަނުގެ ބަޔާން މިއުނިކުން ކުޅުނު ރަޙުމަތްތެރިކަމުގެ ފަހު މެޗުގައި މޮނާކޯ ބަލިކޮށްފި އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު ބަޔާނުން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މޮނާކޯ އިންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޓަކުމީ މިނަމިނޯ އެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ކޮނާޑް ލެއިމާ ވަނީ ލަނޑެއް ޖަހައި ބަޔާނަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ވަނީ އިތުރު ދެ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެގޮތުން 42 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ޖަމާލް މުސިއާލާ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްދިނީ ސާޖް ގްނަބްރީ އެވެ. ދެ ވަނަ ހާފަށް ނިކުމެ މޮނާކޯ އިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް 64 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ވިސާމް ބެން ޔެޑާ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ބަޔާންގެ ހަތަރު ވަނަ ލަނޑު ޖެހީ ލެރޯއީ ސާނޭ އެވެ.

އައު ސީޒަަނަށް ތައްޔާރުވުމަށް ބަޔާނުން ވަނީ ޖުމުލަ ހަތަރު މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ ތިން މެޗު ކާމިޔާބުކޮށްފަ އެވެ. އެއް މެޗުން ވަނީ ބަލިވެފަ އެވެ. އައު ސީޒަންގެ ފުރަތަމަ މެޗަކީ ބަޔާން އާއި އާރްބީ ލައިޕްޒިގް ވާދަކުރާ ޖަރުމަނު ސުޕަ ކަޕްގެ ފައިނަލް އެވެ. އެ މެޗު އޮންނާނީ އޯގަސްޓު މަހުގެ 12 ވަނަ ދުވަހު އެވެ.

ބަޔާން މިއުނިކްމޮނާކޯ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު