Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕައުލް ޕޮގްބާ

އަބަދު ވެސް ތެދުވެރިކަން އިސް ކުރަން: ޕޮގްބާ

ޕޮގްބާ ބުނީ ދުވަހަކު ވެސް އެންޓި ޑޯޕިންގެ ޤަވާއިދާ އޭނާ ޚިލާފުވެފައި ނުވާނެ ކަމަށާއި، އޭނާ އަކީ ތެދުވެރިކަމާއި، ނަޒާހަތްތެރިކަން އިސްކުރާނެ މީހެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އޮކްޓޯބަރު 2024 | އާދީއްތަ 03:53
ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ ޕައުލް ޕޮގްބާ

ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ ޕައުލް ޕޮގްބާ

އޭނާގެ ޙަޔާތުގައި އަބަދު ވެސް ތެދުވެރިކަމާއި، ނަޒާހަތްތެރިކަން އިސް ކުރާނެ ކަމަށް، ފްރާންސްގެ ޕައުލް ޕޮގްބާ ބުނެފި އެވެ.

ޕޮގްބާ މިހެން ބުނީ މަނާ ބޭހެއް ބޭނުން ކުރި ކަމުގެ މައްސަލައިގައި ފުޓުބޯޅަ އިން އޭނާ ސަސްޕެންޑު ކުރުމަށް ނިންމި ނިންމުމަށް، ލުއި ދިނުމަށް ނިންމުމާ ގުޅިގެންނެވެ. އުމުރުން 31 އަހަރުގެ ޕޮގްބާ ސަސްޕެންޑު ކުރުމަށް ނިންމާފައި ވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އޭނާ ސަސްޕެންޑު ކުރީ އިޓަލީގެ އެންޓި ޑޯޕިން އެޖެންސީ (ނާޑޯ) ކުރިއަށް ގެންދިޔަ ތަހުލީލުތަކަށް ފަހު އެވެ. އެ ތަހުލީލުތަކަށްފަހު، ޕޮގްބާ މަނާ ބޭހެއް ބޭނުން ކޮށްފައިވާކަން ސާބިތުވުމާ އެކު، އޭނާ އަށް ވަނީ ހަތަރު އަހަރު ދުވަހުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފަ އެވެ.

ނަމަވެސް ޕޮގްބާ ވަނީ އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި އިސްތިއުނާފު ކޮށްފަ އެވެ. މައްސަލަ ބެލުމަށްފަހު ކާސް އިން ނިންމާފައި ވަނީ ޕޮގްބާގެ ސަސްޕެންޝަންގެ މުއްދަތު ކުޑަ ކުރުމަށެވެ. އެގޮތުން ކާސް އިން ވަނީ ޕޮގްބާގެ ސަސްޕެންޝަންގެ މުއްދަތު 18 މަސް ދުވަހަށް ލުއި ކޮށްފަ އެވެ. އެއާއެކު 2025 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ޕޮގްބާ އަށް އަލުން އެނބުރި ފުޓުބޯޅަ ކުޅުމުގެ ތެރެއަށް އާދެވޭނެ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕޮގްބާ ބުނީ، މިހާތަނަށް އޭނާ ދެކެމުން އައި ބިރުވެރި ހުވަފެންތަކަށް ނިމުން އަތުވެއްޖެ ކަމަށެވެ. އަދި އަނެއްކާ ވެސް އޭނާގެ އުންމީދުތަކައިގެން ކުރިއަށް ދެވޭނެ ދުވަހަކަށް ކެތްމެދުވެފައި ހުރި ކަމަށް ވެސް ޕޮގްބާ ވަނީ ބުނެފަ އެވެ. ޕޮގްބާ ބުނީ ދުވަހަކު ވެސް އެންޓި ޑޯޕިންގެ ޤަވާއިދާ އޭނާ ޚިލާފުވެފައި ނުވާނެ ކަމަށާއި، އޭނާ އަކީ ތެދުވެރިކަމާއި، ނަޒާހަތްތެރިކަން އިސްކުރާނެ މީހެއް ކަމަށެވެ. ހަމަ އެހެންމެ، ކާސް އިން އޭނާގެ ތަފުސީލުތައް އަޑު އަހައި، ނިންމި ނިންމުމަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް ޕޮގްބާ ބުންޏެވެ.

މީގެ އިތުރުން ޕޮގްބާ ބުނީ އެކަމަކީ އޭނާގެ ޙަޔާތުގައި ކުރިމަތިވި ވަރަށް އުނދަގޫ އަދި ހިތާމަވެރި ކަމެއް ކަމަށެވެ. ސަބަބަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަނިކޮށް، ކުއްލި އަކަށް ހުއްޓުން އަރާފައި ހުންނަން ޖެހުމުން ކަމަށް ވެސް ޕޮގްބާ ބުންޏެވެ. އޭނާ ވަނީ މިދިޔަ މުައްދަތުގައި އޭނާ އަށް ހިތްވަރުދިން ފަރާތްތަކަށް ޝުކުރު އަދާ ކޮށްފަ އެވެ. އަދި އަލުން އެނބުރި ފުޓުބޯޅަ ދަނޑަށް އަންނަން ކެތްމަދުވެފައި ހުރިކަމަށް ވެސް ޕޮގްބާ ބުންޏެވެ.

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށް ޕޮގްބާ ޔުވެންޓަސް އަށް ބަދަލުވީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. ޔުވެންޓަސް އަށް ބަދަލުވިތާ މާގިނަ ދުވަހެއް ނުވެ، ކުލަބުގެ ފަރިތަކުރުމުގެ ތެރެއިން ޕޮގްބާ އަށް ވަނީ އަނިޔާވެފަ އެވެ. އެއާއެކު އޭނާ ވަނީ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. އެ އަނިޔާގެ ސަބަބުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ކުޅުމުގެ ފުރުސަތު ވެސް ޕޮގްބާ އަށް ވަނީ ގެއްލިފަ އެވެ.

ޕައުލް ޕޮގްބާ

އިތުރަށް ކިޔާލަން

29 ޖޫން 2025

ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޕޮގްބާ މޮނާކޯ އަށް

29 ޖޫން 2025
ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޕޮގްބާ މޮނާކޯ އަށް
08 އޮކްޓޯބަރު 2024

ޔުވެންޓަސް އިން ބޭނުން ވަނީ ޕޮގްބާގެ އެއްބަސްވުން އުވާލަން

08 އޮކްޓޯބަރު 2024
ޔުވެންޓަސް އިން ބޭނުން ވަނީ ޕޮގްބާގެ އެއްބަސްވުން އުވާލަން
07 އޮކްޓޯބަރު 2024

ޕޮގްބާއާ މެދު ގޮތެއް ނިންމާނީ ކުލަބުން: މޮޓާ

07 އޮކްޓޯބަރު 2024
ޕޮގްބާއާ މެދު ގޮތެއް ނިންމާނީ ކުލަބުން: މޮޓާ
05 އޮކްޓޯބަރު 2024

ޕޮގްބާގެ ސަސްޕެންޝަނަށް ލުއި ދޭން ނިންމައިފި

05 އޮކްޓޯބަރު 2024
ޕޮގްބާގެ ސަސްޕެންޝަނަށް ލުއި ދޭން ނިންމައިފި
12 ސެޕްޓެމްބަރު 2023

ޕޮގްބާ އަށް ސަސްޕެންޝަނެއް

12 ސެޕްޓެމްބަރު 2023
ޕޮގްބާ އަށް ސަސްޕެންޝަނެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު