Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީއަށް 20 އަހަރުފުރުން

ގައުމާއި ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުން: ޔައުޤޫބް

އެމްޑީޕީއަށް 20 އަހަރު ފުރިގެން ދިއައިރު، މި ރާއްޖޭގައި ވަރަށް ގިނަ ޕާޓީތައް އުފެދިގެން އައި ނަމަވެސް އެއްވެސް ޕާޓީއެއް މިއަދު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާތަން ނުފެނޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 26 ޖޫން 2025 | ބުރާސްފަތި 14:43
އެމްޑީޕީއަށް 20 އަހަރުފުރުން ފާހަގަކުރުމުގެ ތެރެއިން ޔައުޤޫބް ވާހަކަދައްކަވަނީ

އެމްޑީޕީއަށް 20 އަހަރުފުރުން ފާހަގަކުރުމުގެ ތެރެއިން ޔައުޤޫބް ވާހަކަދައްކަވަނީ

ގައުމާއި ގައުމުގެ ރައްޔިތުން ސަލާމަތް ކުރުމަށްތަކައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އެންމެ ފުރަތަމަ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުން ކަމުގައި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކޮށް، ދިދަ ނެގުމަށް ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތުގައި ރާއްޖެއެމްވީއަށް ޔައުގޫބް ވިދާޅުވީ އެމްޑީޕީއަށް 20 އަހަރު ފުރިގެން ދިއައިރު، މި ރާއްޖޭގައި ވަރަށް ގިނަ ޕާޓީތައް އުފެދިގެން އައި ކަމަށެވެ.

އެހެންނަމަވެސް، އެމްޑީޕީ އަށް ވިހި އަހަރު ވެގެންދާއިރު އެ ޕާޓީއާއި އެއްކޮށް އުފެދިގެން އައި އެއްވެސް ޕާޓީއެއް މިއަދު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާތަން ނުފެންނަ ކަމަށް ޔައުގޫބު ވިދާޅުވިއެވެ. އަދި އޭރު އުފެދިގެން އައި ޕާޓީތައް ވުޖޫދުން ވެސް ފެންނަން ނެތްއިރު، އެމްޑީޕީ ދެގޮތެއް ނުވެ، 20 އަހަރުވަންދެއް ދެމިއޮތުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

ޔައުގޫބު ވިދާޅުވީ ނަތީޖާ ހިތިކޮށް ފެނުނު ނަމަވެސް އެ އުނދަގޫ މަސައްކަތް ކާމިޔާބުކޮށް ޕާޓީ އެއްކޮށް އެއްގަލަކަށް އަރުވައި، އެންމެ އެކު ކުރިއަށް ދެވޭނެ މަގު މިއަދު ފަހިވެފައިވާ ކަމަށާއި އެކަމުގެ އަސްލަކީ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ކަމަށް ޔައުގޫބު ވިދާޅުވިއެވެ. އަދި އެކަމަށް މި ފުރުޞަތުގައި ޕާޓީގެ ޗެއަރ ޕާރސަން ފައްޔާޒު އިސްމާޢީލަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ މިހާރު ދެން ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބު ކަމަށާއި އޭގެފަހުގައި ދެން އޮތީ ރިޔާސީ އިންތިޚާބު ކަމަށެވެ. ޕާޓީއަށް ވިހި އަހަރު ވެގެންދާއިރު ގައުމު މިއޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި މިހާރު މި އޮތް ހާލަތުން ގައުމު ސަލާމަތް ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހިފައިވާ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

ދެން އަޅުގަނޑުމެންނަށް މިހާރު ދެން ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބު. އޭގެފަހުގައި ރިޔާސީ އިންތިޚާބު. އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ވިހި އަހަރު ވެގެންދާއިރު އަދި މި ރާއްޖޭގައި ވަރަށް ގިނަ ޕާޓީތައް އުފެދިގެން އައި. މަލްޓި ޕާޓީ ޑިމޮކްރަސީގެ މި ސިސްޓަމް އުފެދިގެން އައިއިރު ވަރަށް ބައިވަރު ޕާޓީ އެމް.ޑީ.ޕީއާއެކު އުފެދިގެން އައި. އެހެން ނަމަވެސް އަޅުގަނޑުމެން މިއަދު މި ހިސާބަށް އައިއިރު ވިހި އަހަރު ވެގެންދާއިރު އަޅުގަނޑުމެންނަށް ނުފެނޭ އަޅުގަނޑުމެންނާ އެއްކޮށް އުފެދިގެން އައި އެއްވެސް ޕާޓީއެއް.
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

އެގޮތުން އެންމެ ފުރަތަމަ މި ގައުމާއި ގައުމުގެ ރައްޔިތުން މިހާރު މިއޮތް ހާލަތުން ސަލާމަތް ކުރުމަށް އެންމެ ފުރަތަމަ ވެސް ކުރަން ޖެހިފައިވާ ކަމަކީ ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުން ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

ޔައުގޫބު ވިދާޅުވީ މިހާރު ގައުމު މިއޮތް ހާލަތަށް ވިސްނާލައިފި ނަމަ، ގައުމު ގޮސްފައި އޮތް ނުރައްކާތެރި ހާލަތު ހަމަ ކޮންމެ ދިމާއަކަށް ބަލާލިއަސް ފެންނަކަމަށެވެ. އެގޮތުން ޑޮލަރުގެ އަގު ދުވަހެއް ދުވަހަކަށް މައްޗަށް ގޮސް، މިހާރު ޑޮލަރުގެ އަގު 20 އަށްވުރެ މަތިވެގެން ގޮސްފައިވާ ކަން އޭނާ ފާހަގަކުރިއެވެ. އަދި މިއީ ކޮވިޑުގެ އެންމެ ތާށި ދުވަސްތަކުގައި ވެސް ޑޮލަރުގެ އަގު ނުދާހާ މައްޗަށް މި ސަރުކާރު އައިފަހުން މައްޗަށް ގޮސްފައިވާ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

ޔައުގޫބު ވިދާޅުވީ ޑޮލަރުގެ އަގަށް އެކަނި ބަލާލި ނަމަވެސް މިއަދު ގައުމުގެ އިގްތިސާދު ދަށަށް ގޮސްފައިވާ މިންވަރު ވަރަށް ސާފުކޮށް އެނގޭ ކަމަށާއި އެހެންވީމާ، އެކަމުން ސަލާމަތްކުރަން، ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމަކީ، ލޯކަލް ކައުންސިލުން އިންތިޚާބު ކާމިޔާބުކުރުން ކަމަށެވެ. އަދި އޭގެ ފަހުގައި ދެން އޮތް އިންތިޚާބު ކާމިޔާބުކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީލޯކަލް ކައުންސިލް އިންތިހާބުޔައުގޫބް އަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

09 ޑިސެމްބަރު 2025
އެމްޑީޕީ ގެ ގައުމީ މަޖިލިސް ހޯމަ ދުވަހު ރޭ: ވަގުތީ ޗެއާޕާސަން ހޮވުން އޮންނާނެ!

އެމްޑީޕީ ގެ ގައުމީ މަޖިލިސް ހޯމަ ދުވަހު ރޭ: ވަގުތީ ޗެއާޕާސަން ހޮވުން އޮންނާނެ!

07 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ވަގުތީ ޗެއަރޕަސަން ހޮވުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ޝާހިދު އިރުޝާދު ދެއްވައިފި

ވަގުތީ ޗެއަރޕަސަން ހޮވުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ޝާހިދު އިރުޝާދު ދެއްވައިފި

01 ޑިސެމްބަރު 2025
ފައްޔާޒް ގެ ހިދުމަތްތަކަށް އެމްޑީޕީ އިން ޝުކުރު ދަންނަވައިފި

ފައްޔާޒް ގެ ހިދުމަތްތަކަށް އެމްޑީޕީ އިން ޝުކުރު ދަންނަވައިފި

24 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު