Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަށް ފަހު އިސްރާއީލް އިން ބުނީ އީރާނާ ދެކޮޅަށް ހުރިހާ ކަމެއް ހާސިލު ވެއްޖެ ކަމަށް

ދިފާއީ ވަޒީރު އާއި މޮސާޑްގެ އިސްވެރިޔާ ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ބައްދަލުވުމުގައި ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އީރާންގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލްތަކުގެ ނުރައްކާ ނައްތާލެވިފައިވާ ކަމަށެވެ. 

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖޫން 2025 | އަންގާރަ 08:24
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލުމަށް ދެ ޤައުމުން ވެސް އެއްބަސްވެފައިވާއިރު، އީރާނާ ދެކޮޅަށް ހިންގި އޮޕަރޭޝަން ކާމިޔާބު ވެފައިވާ ކަމަށް އިސްރާއީލް އިން ބުނެފި އެވެ. 

އިސްރާއީލް އިން ވަނީ، އީރާނާ ދެކޮޅަށް "އޮޕަރޭޝަން ރައިސިން ލަޔަން"ގެ ނަމުން ނަން ދީފައިވާ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. މި އޮޕަރޭޝަންގެ ދަށުން އިސްރާއީލް އިން ވަނީ، އީރާންގެ ނިއުކްލިއާ ފެސިލިޓީ އަކަށް އަމާޒުކޮށް ހަމަލާ ދީފަ އެވެ. 

އޭގެ ފަހުން ދެ ޤައުމުގެ ދެ މެދުގައި ވަނީ ގިނަ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. އީރާން އިން ވެސް ވަނީ، އިސްރާއީލާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަންގައި އީރާން އިން ވެސް ވަނީ އިސްރާއީލަށް ނުރައްކާތެރި ހަމަލާތަކެއް ދީފަ އެވެ.

އިސްރާއީލް ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން، އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އިސްރާއީލް އިން ކުރިއށް ގެންދިޔަ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. 

ދިފާއީ ވަޒީރު އާއި މޮސާޑްގެ އިސްވެރިޔާ ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ބައްދަލުވުމުގައި ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އީރާންގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލްތަކުގެ ނުރައްކާ ނައްތާލެވިފައިވާ ކަމަށެވެ. 

އަދި އިސްރާއީލްގެ އަސްކަރިއްޔާ އަށް، އީރާންގެ މައްޗަށް ވައިގެ މަހުން ފުރިހަމަ ބާރު ހޯދިފައިވާ ކަމަށާއި، އީރާންގެ އަސްކަރިއްޔާ ލީޑާޝިޕަށް ބޮޑެތި ގެއްލުން ތަކެއް ދީ، އީރާން ސަރުކާރުގެ އެތައް ލަނޑުދަނޑިތަކެއް ނައްތާލެވިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން ނަތަންޔާހޫ ބުނެފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލް އިން ފުރިހަމަ އަށް ތާއީދު ކުރާ ކަމަށާއި، އެކަން ބަލައި ގަންނަ ކަމަށެވެ. ނަމަވެސް، އެއްބަސްވުމާ ޚިލާފަށް އިސްރާއީލަށް ހަމަލާ ދީފި ނަަމަ، އޭގެ ބަދަލުގައި ނުރައްކާތެރި ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. 

އިޒްރޭލްއީރާންބެންޖަމިން ނަތަންޔާހޫނިއުކްލިއާ ހަނގުރާމައިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު