Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިއްގަރު ދާއިރާ އެމްޑީޕީއަށް

ދިއްގަރު ދާއިރާގެ ގިނަ ރަށްތައް އޮތީ ކުދި އާބާދީތަކަށް ތަރައްގީ ގެނެސްދިން ފިކުރާއެކު: އިހުސާން

23 ޖޫން 2025 | ހޯމަ 13:47

މަދު ރަށެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ލިބިދާނެ ކަމާމެދު ސުވާލު އުފެދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 ޖޫން 2025 | ހޯމަ 13:47
ފަށާއިރު ޕްރޮގްރާމްގައި ދިއްގަރު ދާއިރާގެ ރައީސް މުހައްމަދު އިހްސާން ވާހަކަދައްކަވަނީ

ފަށާއިރު ޕްރޮގްރާމްގައި ދިއްގަރު ދާއިރާގެ ރައީސް މުހައްމަދު އިހްސާން ވާހަކަދައްކަވަނީ

ދިއްގަރު ދާއިރާގެ ގިނަ ރަށްތައް އޮތީ ކުދި އާބާދީތަކަށް ތަރައްގީ ގެނެސްދިން ފިކުރާއެކު ކަމަށާއި، ކުރިއަށް އޮތްތަނުގައި އެމްޑީޕީގެ ފިކުރު ވަރަށް ބޮޑަށް ފުޅާވާނެ ކަމަށް އެޕާޓީގެ ދިއްގަރު ދާއިރާގެ ރައީސް މުހައްމަދު އިހްސާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ މާޒީއަށް ބަލާއިރު، ދިއްގަރުގައި އެމްޑީޕީގެ ވެރިކަންތަކަށް ނަފްރަތުކުރާ ބަޔަކު ދިރިއުޅޭ ރަށެއް ކަމަށް ބުނެވިދާނެ ކަމަށާއި، ނަމަވެސް މިހާރު މަންޒަރާއި ހާލަތު ވަރަށް ބޮޑަށް ތަފާތުވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އިހުސާން ވިދާޅުވީ ދިއްގަރު ރައްޔިތުންގެ އަޑު އެހީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކަމަށާއި، ރައްޔިތުން އެދުނު ގޮތަށް ރަށުގެ ބިން ބޮޑު ކޮށްދީފައިވާ ކަމަށެވެ. ރައްޔިތުންގެ އަޑު އެހި ފިކުރާއެކު، އަބަދުވެސް ރައްޔިތުން ތިބޭނެކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ އެރަށުގައި އޮތީ މިހާރު އެމްޑީޕީ ފިކުރު ކަމަށާއި، އެއީ ތަރައްގީގެ ފިކުރު ކަމަށެވެ. އެފިކުރުގައި ރައްޔިތުންގެ އިހުސާސްތަކާއި، ޖަޒުބާތުތައް އަޑުއެހި ކަމަށާއި، ކުރިއަށް އޮތްތަނުގައި މިފިކުރު ދާނީ ފުޅާވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ކުދި އާބާދީތަކަށް ތަަރައްގީ ގެނެސްދިނީ އެމްޑީޕީގެ ފިކުރުން ކަމަށާއި، އެއަތޮޅުގެ ގިނަ ރަށްތަކުގައި އޮތީ އެފިކުރު ކަމަށެވެ. އަދި މަދު ރަށެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ލިބިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިއްގަރު ފަހަރުގައި އަޅުގަނޑުމެންނަށް ތަސްވުރު ކުރެވިފައި ހުރެދާނެ މާޒީގައި އެރަށަކީ އެމްޑީޕީގެ ވެރިކަންތަކަށް ނަފްރަތުކުރާ ބަޔަކު ދިރިއުޅޭ ރަށެކޭ. އެހެނެއް ނޫން މިހާރުގެ ހާލަތަކީ. މިރަށުގެ ކައުންސިލްއަކީ ވެސް އެންމެ މެންބަރެއް ފިޔަވައި ތިބޭނީ އަޅުގަނޑުމެންގެ އެމްޑީޕީގެ މެންބަރުން. ޑަބްލިޔުޑީސީގައި ވެސް ތިބޭނީ އެމްޑީޕީގެ މެންބަރުން. އަދި މިރަށުގެ އެންމެ ފަހުން ހިނގާދިޔަ އިންތިޚާބުތަކުގައި ބޮޑުތަނުން މިސަރުކާރުގެ ބޭފުޅުން އޮންނާނީ ބަލިކޮށްފައި. ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވެސް މިހާރު ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުންނެވި ފާއިތުވި ދުވަސްތަކުގައި ވަރަށް ދިގު މުއްދަތަށް އަތޮޅު މެންބަރުކަން ކުރެއްވި ބޭފުޅެއް. އެބޭފުޅާ ދިއްގަރުން އެންމެ ތަފާތު ބޮޑުކޮށް ބަލިވެވަޑައިގެންނެވި ފަހަރު. 2024 ވަނަ އަހަރުގެ އިންތިޚާބު
އެމްޑީޕީގެ ދިއްގަރު ދާއިރާގެ ރައީސް މުހައްމަދު އިހްސާން

އިހުސާން ވިދާޅުވީ މިސަރުކާރުގައި ދިއްގަރުގެ ތަރައްގީ ވެސް ހުއްޓިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ އަޑާއި ކަންބޮޑުވުންތައް ސަރުކާރާ ހިއްސާ ވެސް ނުކުރޭ ކަމަށެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި ހިތްހަމަ ނުޖެހޭ ކަންކަން ހިނގުމުން އެކަންބޮޑުވުންތައް ހިއްސާ ކުރެވޭ ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތް ރައީސްއަށް ދެންނެވޭ ކަމަށާއި، މެޖޯރިޓީއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވޭ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ދިއްގަރުގެ ދާއިރާއިން ތަފާތު ދައްކާނެ ކަމަށާއި، ރައްޔިތުންގެ އަޑު ނީވޭ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނާނެ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް