Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެޓަރނިޓީ ލީވް

މެޓަރނިޓީ ލީވްއާ ގުޅިގެން އަންހެނުންނަށް ވަޒީފާ ލިބުން ދަތިވެފައިވާ މައްސަލަ ހައްލު ކުރުމަށް ގޮތްތަކެއް ހޯދަނީ

23 ޖޫން 2025 | ހޯމަ 08:25

މި މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ވަނީ އައިސްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 23 ޖޫން 2025 | ހޯމަ 08:25
ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ.އަލީ ހައިދަރު ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ.އަލީ ހައިދަރު ވާހަކަދައްކަވަނީ

ވިހެއުމާއި ގުޅިގެން އަންހެނުންނަށް ލިބޭ ހަ މަަސް ދުވަހުގެ ޗުއްޓީގެ ސަބަބުން އަންހެނުންނަށް ވަޒީފާ ލިބުން ދަތިވެފައިވާ މައްސަލަ ހައްލު ކުރުމަށް ގޮތްތަކެއް ހޯދަމުންދާ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ކުރިއަށްދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ އަންހެނުން ވިހެއުމާ ގުޅިގެން ލިބޭ މެޓަރނިޓީ ލީވްގެ ސަބަބުން އަންހެނުންނަށް ވަޒީފާ ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އިންޓަވިއުތަކުގައި ވެސް ދަރިން ހޯދަން ވިސްނާތޯ ސުވާލު ކުރާ ކަމަށާއި، މި މައްސަލަ މަޖިލީހުގެ ކޮމެޓީއަށް ވެސް ހުށަހަޅާފައިވާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލަ ސަމާލުކަމަށް އައިސްފައިގޭތޯއާއި، ހައްލު ކުރުމަށް ކުރާނެ މަސައްކަތާ ގުޅޭގޮތުން މެންބަރު ޒިޔާދު ސުވާލު ކުރެއްވިއެވެ.

Advertisement - newsAdvertisement

މި ސުވާލުތަކަށް މިނިސްޓަރު ހައިދަރު ވިދާޅުވީ މި މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، މައްސަލަ ހައްލު ކުރުމަށް ކޮންސަލްޓޭޝަން މަސައްކަތްތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

އާދެ ތިއީ އަޅުގަނޑުމެންނަށް ވެސް ފާހަގަކުރެވިފައިވާ މައްސަލައެއް. ތި މައްސަލަ އަޅުގަނޑުމެން ކޮންސަލްޓޭޝަން މަސައްކަތްތަކެއް އެބަ ކުރަމޭ ތި މައްސަލަ ހައްލު ކުރުމަށް ގޮތްތަކެއް ހޯދަން އެނގޭތޯ.
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ.އަލީ ހައިދަރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ވިހެއުމުން އަންހެނުންނަށް ހަ މަސް ދުވަހުގެ ޗުއްޓީ ލިބޭ ގޮތަށް، އަދި ފިރިހެނުންނަށް އެއް މަސް ދުވަހުގެ ޗުއްޓީ ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. 8 މާރޗް 2019 ވަނަ ދުވަހު އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ސާލިހު އެކަން އިއުލާން ކުރެއްވުމާއެކު، ސަރުކާރުގެ ގިނަ ކުންފުނިތަކާއި، އަމިއްލަ އޮފީސް ގޮތުން އެގޮތަށް ޗުއްޓީދޭ އުސޫލު ބަދަލުކުރިއެވެ.

ނަމަވެސް މި ސަރުކާރާއެކު، މިހާރު ބައެއް ކުންފުނިތަކުން އަންހެން މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ދަނީ ދެކޮޅު ހަދަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފައިވެއެވެ. އަދި އައު މުވައްޒަފުން ނެގުމުގައި ވެސް މާބަނޑު އަންހެނުންނަށް ފުރުސަތު ނުދޭ ކަމާއި، އަދި އިންޓަވިއުގައި ދަރިން ހޯދުމާ ގުޅޭގޮތުން ސުވާލު ކުރާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް