Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

އިސްރާއީލާއި އީރާންގެ ހަނގުރާމައާ ގުޅޭ ގޮތުން ސައުދީ ވަލީ އަހުދުގެ ފޯނު ކޯލުތަކެއް ޤައުމުތަކުގެ ވެރިންނަށް

23 ޖޫން 2025 | ހޯމަ 05:59

ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ޤަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ މެމްބަރު ޤައުމުތަކުގެ ލީޑަރުންނާ ވަކި ވަކިން ވާހަކަ ދައްކަވާފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖޫން 2025 | ހޯމަ 05:59
ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

އިސްރާއީލާއި އީރާނާ ދެމެދު މިހާރު ކުރިއަށް ދަމުން އަންނަ ހަނގުރާމައިގެ ތެރެއަށް އެމެރިކާ އިން ވަދެ، އީރާނަށް ހަމަލާ ދީފައި ވަނިކޮށް ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ޤައުމުތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިފި އެވެ. 

އެގޮތުން އާދިއްތަ ދުވަހު މުޙައްމަދު ބިން ސަލްމާން ވަނީ ސަރަހައްދުގެ ލީޑަރުން އަދި ބައިނަލްއަޤުވާމީ ލީޑަރުންނާ ވެސް ފޯނުން ގުޅުއްވައި ވާހަކަ ދައްކަވައި، އަދި މަޝްވަރާ ކުރުންތައް ކުރިއަށް ގެންދަވައިފަ އެވެ. 

ސައުދީގެ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ހާމަ ކޮށްފައިވާ ގޮތުގައި، ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ޤަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ މެމްބަރު ޤައުމުތަކުގެ ލީޑަރުންނާ ވަކި ވަކިން ވާހަކަ ދައްކަވައިފަ އެވެ. 

އޭގެ ތެރޭގައި ބަހްރެއިން، އޮމާން، ޤަތަރު، ކުވެއިތު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ލީޑަރުން ހިމެނޭ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ. އަދި އެ މަޝްވަރާތަކުގައި ވަނީ ޖީސީސީގެ މެމްބަރު ޤައުމުތަކުގެ އެއްބައިވަންތަކަމުގެ މުހިންމުކަން ވެސް ފާހަގަ ކުރައްވައިފަ އެވެ. 

މީގެ އިތުރުން އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން މެދު އިރުމަތީގެ މަޝްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، ސަރަހައްދުގެ ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށާއި، ހުރިހާ މައްސަލަތަކެއް ވެސް ޑިޕްލޮމަޓިކް ގޮތްތަކެއް މަތިން ޙައްލު ކުރުމަށް ވެސް ވަނީ ގޮވާލައްވައިފަ އެވެ. 

މީގެ އިތުރުން ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން، އަދި އިޓަލީގެ ބޮޑު ވަޒީރު ޖިއޯޖިއާ މެލޯނީއާ ވެސް ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްވަރާތަކުގައި ވެސް ވަނީ ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށާއި، ޑިޕްލޮމެޓިކް މަގުތައް ބޭނުން ކޮށްގެން މައްސަލަތައް ޙައްލު ކުރުމުގެ މުހިންމުކަން ފާހަގަ ކޮށްފަ އެވެ. 

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 މެއި 2017

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

26 މެއި 2017
މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި
21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން
21 މެއި 2017

އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް

21 މެއި 2017
އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް
30 އެޕްރީލު 2017

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ
09 އެޕްރީލު 2017

އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް

09 އެޕްރީލު 2017
އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
21 މާރިޗު 2017

ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި

21 މާރިޗު 2017
ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި
07 މާރިޗު 2017

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި

07 މާރިޗު 2017
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް