Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

އެމެރިކާގެ ހަމަލާއާ ގުޅިގެން، ދިފާއުގައި އީރާން އިން ހުރިހާ އޮޕްޝަންތަކެއް ބޭނުން ކުރާނެ

އީރާންގެ އިސްތިޤުލާލާއި، މަސްލަޙަތު އަދި ޤައުމުގެ ރައްޔިތުންގެ ހިމާޔަތަށްޓަކައި ކުރެވެހެން ހުރި ހުރިހާ ކަމެއް އީރާނުން ކުރާނެ ކަމަށް ވެސް ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖޫން 2025 | އާދީއްތަ 06:25
އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އީރާނަށް އަމާޒުކޮށް އެމެރިކާ އިން ދިން ހަމަލާއާ ގުޅިގެން، އެކަމުން ދިފާއުވުމަށް އީރާން އިން ހުރިހާ އޮޕްޝަންތަކެއް ބޭނުން ކުރާނެ ކަމަށް، އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ.

އަރާގްޗީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެމެރިކާގެ އެ ހަމަލާތަކަކީ ނުރައްކާތެރި އަދި ދާއިމީ ނަތީޖާތަކެއް ނިކުންނާނެ ހަމަލާތަކެއް ކަމަށެވެ. އަދި އެ ހަމަލާތަކަކީ ބައިނަލްއަޤުވާމީ ގޮތުން ހެދިފައިވާ ޤާނުނުތަކާ ޚިލާފު ހަމަލާތަކެއް ކަމަށް ވެސް އަރާގްޗީ ވަނީ ވިދާޅުވެފަ އެވެ.

އަރާގްޗީ ވިދާޅުވެފައި ވަނީ އދ ގެ ޗާޓަރާ އެއްް ގޮތްވާ ގޮތުގެ މަތިން، އަމިއްލަ ޤައުމުގެ ދިފާއުގައި މަސައްކަތް ކުރުމުގެ ފުރުސަތު އީރާނަށް އޮންނާނެ ކަމަށެވެ. އެގޮތުން އީރާންގެ އިސްތިޤުލާލާއި، މަސްލަޙަތު އަދި ޤައުމުގެ ރައްޔިތުންގެ ހިމާޔަތަށްޓަކައި ކުރެވެހެން ހުރި ހުރިހާ ކަމެއް އީރާނުން ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އާދީއްތަ ދުވަހު އަރާގްޗީ މިހެން ވިދާޅުވެފައި މި ވަނީ، އީރާނަށް އަމާޒުކޮށް އެމެރިކާ އިން ދިން ހަމަލާއާ ގުޅިގެން، އޭގެ ރައްދުގައި އީރާން އިން ވެސް ހަމަލާތަކެއް ދޭނެ ކަމަށް ރިޕޯޓުތަކުގައި ބުނެފައި ވަނިކޮށެވެ. އަދި އެމެރިކާގެ ހަމަލާތައް ޤައުމުތަކުން ކުށްވެރި ކުރަމުން ވެސް އަންނަ ވަގުތެއްގަ އެވެ.

އެމެރިކާ އިން އީރާނަށް ހަމަލާ ދިނުމާ ގުޅިގެން، އީރާނާއި އެމެރިކާއާ ދެމެދު އޮތް ގުުޅުމަށް އިތުރަށް ބުރޫއަރާނެ ކަމަށް ސަރަހަައްދީ މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން ދެ ޤައުމުގެ ދެ މެދުގައި އިތުރު މައްސަލަތަކެއް ޖެހި، ސަރަހައްދީ ހަމަނުޖެހުމަކަށް މަގު ފަހި ވާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފަ އެވެ. 

ވަކިން ޚާއްސަކޮށް ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެ މެދުގައި އޮތް ދެބަސްވުންތައް އިތުރަށް ބޮޑުވެ، އެކަމުގެ ގުޅުން ވެސް ގޯސްވެދާނެ ކަމުގެ ބިރު އަންނަނީ ފާޅު ކުރަމުންނެވެ. 

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު