Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

އީރާާންގެ އިތުރު ދެ ކޮމާންޑަރަކު ޝަހީދު ކޮށްލާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި 

21 ޖޫން 2025 | ހޮނިހިރު 10:07

އޭނާ ޝަހީދު ކޮށްލާފައި ވަނީ، އޭނާގެ އުޅަނދަކަށް އަމާޒުކޮށް ދެެވުނު ހަމަލާއެއްގައި ކަމަށް ވެސް ވަނީ ބުނެފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2025 | ހޮނިހިރު 10:07
އީރާނުގައި ފާހަގަ ނުކުރެވޭ ތަނެއްގެ ބިމުގެ އަޑީގައި ހުރި މިސައިލް ސިޓީ

އީރާނުގައި ފާހަގަ ނުކުރެވޭ ތަނެއްގެ ބިމުގެ އަޑީގައި ހުރި މިސައިލް ސިޓީ

އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި، އީރާން ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރުޖީސީ)ގެ އިސް ދެ ކޮމާންޑަރަކު ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފި އެވެ. 

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، އީރާންގެ ވެރި ރަށް ތެހެރާން ގައި ދިން ހަމަލާއެއްގައި ބެންހަމް ޝަރިޔާސީ ނަމަކަށް ކިޔާ ކޮމާންޑަރަކު ޝަހީދު ކޮށްލާފައިވާ ކަމަަށެވެ. އަދި އޭނާ ޝަހީދު ކޮށްލާފައި ވަނީ، އޭނާގެ އުޅަނދަކަށް އަމާޒުކޮށް ދެެވުނު ހަމަލާއެއްގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ތެހެރާންގައި މި ހަމަލާ ދީފައި ވަނީ، އޭގެ ކުރިން ގޮން ޕްރޮވިންސްގައި ހުރި އެޕާޓްމަންްޓަކަށް ދިން ހަމަލާއެއްގައި އެހެން ކޮމާންޑަރަކު ޝަހީދު ކޮށްލާފައި ކަމަށް ވެސް ބުނެފައިެ އެވެ. 

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި ޝަރިޔާރީ އަކީ، މެދު އިރުމަތީގެ ސަރަހައްދުގައި ހުރި އީރާންގެ ގުޅުން ހުރި ޖަމާއަތަކަށް ހަތިޔާރު ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ މީހެކެވެ. އެގޮތުން ހިޒްބުﷲ ޖަމާއަތާއު، ހަމާސް ޖަމާއަތުގެ އިތުރުން، ޔަމަންގެ ހޫތީން އަށް މިސައިލްތަކާއި، ރޮކެޓުތައް ފޯރުކޮށްދޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

ޤުދުސް ފޯސް އަކީ 1982 ވަނަ އަހަރު ލުބުނާންގައި ހިޒްބުﷲ އުފެއްދުމާއި، ޣައްޒާގައި ހަމާސް އަށް އެހީތެރިވުމުގައި މުހިންމު ދައުރެއް އަދާކުރި ބާރެކެވެ. ނަމަވެސް ފާއިތުވި ދެ އަހަރު ތެރޭގައި އިސްރާއީލްގެ ހަމަލާތަކުގައި އީރާނާ ގުޅުންހުރި މި ނެޓްވޯކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

އިސްރާއީލް އިން، އީރާންގެ ދެ ކޮމާންޑަރަކު ޝަހީދު ކޮށްލާފައިވާ ކަމަށް ބުނެފައިވީ ނަމަވެސް، އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރުޖީސީ) އިން މި ދެ ކޮމާންޑަރުން ޝަހީދުވެފައިވާ ކަމަށް މިހާތަނަށް ކަށަވަރު ކޮށްދީފައި ނުވެ އެވެ.

އިސްރާއީލް އިން މީގެ ކުރިން ވެސް ވަނީ އީރާންގެ އައިއާރުޖީސީގެ އިސް ކޮމާންޑަރުންތަކެއް ޝަހީދުކޮށްލައިފަ އެވެ. އެގޮތުން މި ފަހުން އީރާންގެ ނިއުކްލިއާ ފެސިޓީ އަކަށް އަމާޒުކޮށް ދިން ހަމަލާގައި، އިސް ކޮމާންޑަރުންތަކެއްގެ އިތުރުން، ސައިންޓިސްޓުން ތަކެއް ވެސް ވަނީ ޝަހީދު ކޮށްލައިފަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
10 މާރިޗު 2017

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ
27 ފެބުރުއަރީ 2017

ތޯލިބާނުންގެ އިސް ކޮމާންޑަރަކު މަރާލައިފި

27 ފެބުރުއަރީ 2017
ތޯލިބާނުންގެ އިސް ކޮމާންޑަރަކު މަރާލައިފި
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް