Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދަ ޔޫއެސްއެސް ޖޯން މެކޭން

އެކްސިޑެންޓްވި އެމެރިކާ މަނަވަރުން ގެއްލުނު އެންމެންގެ ހަށިތައް ހޯދައިފި

ސިންގަޕޫރުގެ އިރުމަތީ އައްސޭރި ފަށުން މަނަވަރު އެކްސިޑެންޓްވީ ލައިބީރިއާގެ އޮއިލް ޓޭންކަރަކާ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 28 އޯގަސްޓު 2017 | ހޯމަ 07:12
އެކްސިޑެންޓްވި އެމެރިކާގެ ނޭވީ ބޯޓު

އެކްސިޑެންޓްވި އެމެރިކާގެ ނޭވީ ބޯޓު

ދާދިފަހުން އެެމެރިކާގެ ނޭވީ މަނަވަރު "ދަ ޔޫއެސްއެސް ޖޯން މެކޭން" އެކްސިޑެންޓްވި ހާދިސާގައި އޭގެން ދަތުރުކުރި މީހުންގެ ތެރެއިން ގެެއްލުނު 10 ސެއިލަރުންގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެމެރިކާގެ ނޭވީން ހޯމަ ދުވަހު ބުނެފިއެވެ.

ސިންގަޕޫރުގެ އިރުމަތީ އައްސޭރިފަށުން "ދަ ޔޫއެސްއެސް ޖޯން މެކޭން" ދަތުރު ކުރަނިކޮށް އެކްސިޑެންޓްވީ ލައިބީރިއާގެ އޮއިލް ޓޭންކަރަކާއެވެ. އެމެރިކާގެ ނޭވީގެ މަނަވަރު އެކްސިޑެންޓްވި އިރު އެ އުޅަނދު ދަތުރު ކުރަމުން ދިޔައީ ސިންގަޕޫރުގެ ބަނދަރަށް ވަނުމަށެވެ.

ސިންގަޕޫރުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދަކީ ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ކަނޑުގެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ. އެ ސަރަހައްދުން ގިނަ މުދާތަކެއް އަބަދުވެސް އެކިގައުމުތަކަށާއި އަދި ސިންގަޕޫރަށް ގެންދެއެވެ.

"ދަ ޔޫއެސްއެސް ޖޯން މެކޭން" އަކީ އެމެރިކާގެ ސެވަންތް ފްލީޓްގައި ހިމެނޭ މަނަވަރަކެވެ. މަނަވަރު ހަރަކާތްތެރިވާ މަރުކަޒަކީ ޖަޕާންގެ ޔޮކުސުކާއެވެ.

މަނަވަރު އެކްސިޑެންޓް ވި ހާދިސާ މިހާރު ތަހުގީގު ކުރަމުންދާއިރު "ދަ ޔޫއެސްއެސް ޖޯން މެކޭން" ނިސްބަތްވާ އެމެރިކާގެ ސެވަންތް ފްލީޓްގެ ކޮމާންޑަރު ވައިސް އެޑްމިރަލް ޖޯސެފް އޯކެއިން ވަނީ ހާދިސާއަށް ފަހު މަގާމުން ވަކިކޮށްފައެވެ.

އެކްސިޑެންޓްވި މަނަވަރު ބަނދަރުކޮށްފައި އޮތީ ސިންގަަޕޫރުގެ ޗަންގި ނޭވަލް ބޭސްގައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު