Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ4000 ހައުސިން ޔުނިޓް

ކުރީ ސަރުކާރުން އިމާރާތްކުރި 4000 ހައުސިން ޔުނިޓްތަކަކީ ރައްޔިތުންނަށް ލިބޭ ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަމެއް: މިނިސްޓަރު މުއްތަލިބު

20 ޖޫން 2025 | ހުކުރު 07:53

މި މަޝްރޫއުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދޭ، ކޮލެޓީ ވެސް ރަނގަޅު

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖޫން 2025 | ހުކުރު 07:53
ގެދޮރުވެރިޔާގެ ދަށުން ދޫކުރާ ފްލެޓެއް

ގެދޮރުވެރިޔާގެ ދަށުން ދޫކުރާ ފްލެޓެއް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި 4000 ހައުސިން ޔުނިޓްތަކަކީ ރައްޔިތުން ހިތްހަމަޖެހޭނެ، އެ ރައްޔިތުންނަށް ލިބޭ ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަމެއް ކަމަށް ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ފްލެޓުތަކުގެ މަސައްކަތްތައް ކުރިއަށްދާ ސަރަހައްދުގައި ހުންނަވައި މީޑިއާތަކަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މިމަޝްރޫއުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، ކޮލެޓީ ވެސް ރަނގަޅު ކަމަށެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ކޮންޓްރެކްޓަރާ ގުޅިގެން ވަރަށް ރަނގަޅަށް މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފްލެޓުތައް ނިމެމުންދާ ވަރަކަށް އެފްލެޓުތަކުގެ ހައްގުވެރިންނަށް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަން ފާހަގަކުރައްވައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ޖުލައި މަހުގެ ތެރޭގައި އެއްބަސްވުންތައް ހަދައި، ހަވާލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މިގޮތަށް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު ޕްރޮޖެކްޓްގެ ސްކޯޕްގެ ތެރޭގައި ހިމެނިފައިނުވޭ ފެނާއި، ނަރުދަމާ ކަރަންޓު ގުޅުމުގެ މަސައްކަތެއް. އެހެންވީމަ އަޅުގަނޑުމެން ސްޓެލްކޯއާއި، އެމްޑަބްލިޔުއެސްސީއާ ގުޅިގެން ވީހާ ވެސް އަވަހަށް ޚިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް މިގެންދަނީ. އެހެންވީމަ އެ ޚިދުމަތްތައް ގުޅި މަސައްކަތްތައް ނިމިފައި ހުރި ޓަވަރުތަކަށް މީހުން ވެއްދޭ ހިސާބަށްދާއިރުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެޓަވަރުތަކުން ފްލެޓުތައް ލިބިފައިވާ ފަރާތްތަކަށް އެގްރިމެންޓްކޮށްގެން އެފަރާތްތަކަށް ފްލެޓުތަކަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެ. އެހެންވީމަ އަޅުގަނޑުމެން އުންމީދުކުރަނީ ޖުލައި މަސްތެރޭގައި އެގްރިމެންޓް ހެދުމުގެ މަސައްކަތާއި، އަދި ތަން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް. ދެން މިއީ އެއް ފަހަރާ ކުރިއަށް ގެންދެވޭނެ ކަމަކަށްވުރެ ބޮޑަށް މަސައްކަތް ނިމެމުންދާ ވަރަކަށް ހަވާލުކުރަމުން ގެންދެވޭނީ.
ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

މިނިސްޓަރު މުއްތަލިބު ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން 4000 ފްލެޓު ދޫކޮށް، އެތަންތަނުގައި މީހުންނަށް ދިރިއުޅެވޭނެ ކަމަށެވެ. އަދި އެ އަމާޒުގައި މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި، ރައްޔިތުންނަށް މިލިބޭ ފްލެޓުތަކަކީ ރަނގަޅު ފެންވަރެއްގެ ފްލެޓުތަކެއް ކަމަށާއި، ރައްޔިތުން ހިތްހަމަޖެހޭނެ ތަނެއް ކަމަށެވެ. މިއީ ރައްޔިތުންނަށް ފޯރުކޮށްދެވޭ އެކަށީގެންވާ ބޯހިޔާވަހިކަމެއް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

އެހެންވީމަ ހަގީގަތުގައި ވަރަށް ބޮޑެތި ވަރަށް ބައިވަރު މަސައްކަތްތަކެއް އެފްޑީސީންނާ ކޮންޓްރެކްޓަރު ކޮށްފައި މިހުރީ. އެފްޑީސީން ކޮށްފައިހުރި މަސައްކަތަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލައިގަނެ ޝުކުރު އަދާކުރަން. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް މިލިބިގެންދާ ފްލެޓުތަކަކީ ރަނގަޅު ފެންވަރެއްގެ ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގެ ރަނގަޅު ދިރިއުޅުމެއް އުޅުމަށް އެކަށީގެންވާ ބޯހިޔާވަހިކަމެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަނީ.
ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

މި 4000 ހައުސިން ޔުނިޓްތަކަކީ ކުރީ ސަރުކާރުގައި އިމާރާތްކޮށް، ސްޓަރަކްޗަރގެ ހުރިހާ މަސައްކަތެއް ނިންމާފައިވާ މަޝްރޫއެކެވެ. އަދި ފްލެޓު ލިބޭނެ މީހުންގެ ލިސްޓްވެސް ފައިނަލް ކޮށްފައިވެއެވެ. ނަމަވެސް މިސަރުކާރުން ފުރަތަމަ ވަނީ އެލިސްޓަށް ފްލެޓުތައް ދޫކުރުމަށް ދެކޮޅު ހަދައި، މައްސަލަތަކެއް ބަލާކަން ހާމަކޮށްފައިވެއެވެ. މިސަރުކާރަށް ދޮޅު އަހަރުވެގެން ދިޔައިރު ވެސް މި މައްސަލަ ނިންމިފައިނުވާތީ، އަދި ގާނޫނީ ގޮތުން ކުރެވޭނެ ކަމަކަށްނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ކުރީ ސަރުކާރުގެ ފްލެޓު ލިސްޓަށް ފްލެޓުތައް ދޫކުރަން ނިންމައި އެކަން 29 މެއި 2025 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް