Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމްގެ ބޭސްފަރުވާ

ބޭސްފަރުވާ ލަސްވާނަމަ ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު ގާސިމަށް އެބައޮތް: ހޯމް މިނިސްޓަރު

ގެންނަ ޑޮކްޓަރުންނަށް އައި.ޖީ.އެމް.އެޗްގެ ވަސީލަތްތައް ބޭނުންކުރެވޭނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 28 އޯގަސްޓު 2017 | ހޯމަ 05:24
ހޯމް މިނިސްޓަރު އަޒްލީން އަހުމަދު

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު

ޤާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ލިބެންޖެހޭ ބޭސްފަރުވާގެ އިންތިޒާމްތައް ހަމަޖެއްސުމަށް ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަ ކުރުމަށް ވަގުތު ނަގާނަމަ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު ގާސިމް އިބްރާހިމް އަށް އެބަ އޮތް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

ސިއްރު ސިޓީއެއްގެ ގޮތުގައި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު ޝިހާން އަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީޤާސިމް އިބްރާހިމް ބެއްލެވި ޑޮކްޓަރުން އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންކަން ރައްޖެއިން ބޭރުން ހަމަޖެއްސުމަށް ލަފާދެއްވި ނަމަވެސް ކްރިމިނަލް ކޯޓުން ކުރެއްވި ހުކުމްގެ ކުރިން، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމަށް ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ޤާސިމް އިބްރާހީމް އެދިވަޑައިގެންފައި ނުވާ ކަމަށެވެ.

ނަމަވެސް މިމަހުގެ ސައްވީސް ވަނަ ދުވަހުގެރޭ، ކްރިމިނަލް ކޯޓުން ޤާސިމް އިބްރާހީމްގެ މައްޗަށް ކޮށްފައިވާ ހުކުމްގައި، ޤާސިމް އިބްރާހީމް ބެއްލެވި ޑޮކްޓަރާއި ހަވާލާދީ، ޤާސިމްގެ ބަލިހާލަތު ހުރިގޮތުންނާއި، ޑޮކްޓަރު ލަފާދެއްވި ޓެސްޓުތައް ހެދުމާއި، ލިބެންޖެހޭ ފަރުވާތައް ރާއްޖެއިން ބޭރުން ހޯދޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް، ކަމާއިގުޅޭ މުއައްސަސާތަކަށް އަމުރު ކޮށްފައިވާތީ، ޑޮކްޓަރުގެ ލަފާގައިވާގޮތުގެ މަތިން ޤާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ލިބެންޖެހޭ ފަރުވާލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އެންމެހާ އިޖުރާއަތްތައް ވީއެންމެ އަވަހަކަށް ފުރިހަމަ ކޮށްދެއްވުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ހޯމް މިނިސްޓަރު ވަނީ އަންގަވާފައެވެ.

ހަމައެހެންމެ ޤާސިމް އިބްރާހިމްގެ ސިއްޚީ ހާލުކޮޅާއި ބެހޭ ގޮތުން، ކޯޓުގެ ހުކުމްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކަންކަން ހަމަޖެއްސުމައްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާޢަތުތައް ހަމަޖެއްސުމުގައި ވަގުތު ނަގާނަމަ، އެކަންކަން ހަމަޖެހެންދެން ވެސް ޤާސިމްގެ ބޭސްފަރުވާގެ ކަންކަން ފުރިހަމައަށް ގެންދިއުމަށް ހޯމް މިނިސްޓަރ ވަނީ މިސީޓީގައި އަންގަވާފައެވެ. އަދި އެކަމަށްޓަކައި ރާއްޖެއިން ބޭރުން ޑޮކްޓަރުން ނުވަތަ ސުޕަޝަލިސްޓުން ގެންނަވަން ޤާސިމް ބޭނުން ފުޅުވެލައްވާނަމަ، މީގެ ކުރިން ވެސް އެތަނަވަސްކަން ހުރި ފަރާތްތަކަށް އެފުރުސަތު ތަނަވަސްކޮށް ދެއްވާފައިވާ ފަދައިން، ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ގެނައުމުގެ އިޚްތިޔާރު ޤާސިމަށް ދެއްވުމަށް ހޯމް މިނިސްޓަރު ވަނީ އަންގަވާފައެވެ.

އެގޮތުން އެފަދަ ގޮތަކަށް ގެންނަ ޑޮކްޓަރުންނަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގެ ވަސީލަތްތައް ބޭނުންކުރުމާއި، އިތުރު ވަސީލަތްތައް ޤާއިމް ކޮށްގެން ވެސް ޤާސިމް އިބްރާހީމަށް ފަރުވާދެވޭނެ ފުރުސަތު އޮތްކަން އަންގަވައި ދެއްވުމަށް މިނިސްޓަރު އަޒްލީން އަހްމަދުގެ ސީޓީގައި ކަރެކްޝަނަލް ސަރވިސްއަށް ވަނީ އަންގާފައެވެ.

ޣައިރު ހާޒިރުގައި ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ބުރާސްފަތި ދުވަހުގެ ރޭ ކުރި ހުކުމުގައި ބުނެފައި ވަނީ، ގާސިމްގެ މައްޗަށް ސާބިތުވާ ކުށުގެ އަދަބު ތަންފީޒު ކުރަމުންދިޔަ ނަމަވެސް، އަދި ޤާސިމްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބު ތަންފީޒުކުރުމަކީ، ރާއްޖެއިން ބޭރުން ހެދުމަށް ޤާސިމް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ޓެސްޓްތައް ހެދުމާއި، ލިބެން ޖެހޭ ފަރުވާ ޤާސިމަށް ލިބުމަށް އޮތް ހުރަހަކަށްވެގެން ނުވާނެ ކަމަށެވެ.

ގާސިމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނިކޮށް ޣައިރު ހާޒިރުގައި ކުރި ހުކުމުގައި ވަނީ އެ ފަރުވާތައް ޤާސިމަށް ރާއްޖެއިން ބޭރުން ހޯދޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރު ކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީން ވަނީ ކޯޓުގެ ހުކުމަށް ކިޔަމަންވެ ވީހާ ވެސް އަވަހަކަށް ގާސިމް އަށް ރާއްޖެއިން ބޭރުން ފަރުވާ ހޯއްދެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ސަރުކާރަށާއި މުއައްސަސާތަކަށް ގޮވާލާފަ އެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ކަރެކްޝަނުން ތަންފީޒް ކުރަމުން ދަނީ ހުކުމުގެ އެއްބައި ކަމަށާއި އަނެއް ބައި ތަންފީޒް ކުރަމުންނުދާ ކަމަށެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް

15 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު